Sun Online

ތަފާތު ލޯތްބެއް - 18

ލިޔުނީއައިޝާ ނަސީމް

ކައިޒާނަށް ހޭލެވުނީ މަޑުމަޑުއަތްވެއް މޫނަށް އެޅެންފެށުމުންނެވެ. ދެލޯ ހުޅުވާލުމާއިއެކު މިއޮވެވުނީ ކާރުތެރޭ އޮށޯވެލައިގެންކަން އެނގުނެވެ. އަތުގައި ސިގްރެޓެކެވެ. ހާސްކަމާއިއެކު ފުންމައިގެން ތެދުވެ ބަލައިލެވިއްޖެއެވެ. އޭނަ މިއޮތީ ކޮންތާކުހެއްޔެވެ. މިއީ ކާކުގެ ކާރެއް ހެއްޔެވެ. އިރުކޮޅެއްފަހުން ވިސްނުމާއިއެކު ކަރުގައި އޮތް ފަށް ދަމައިގެންފާ އަތުކޮޅަށް ހޫރުވާލައިފިއެވެ. ސިގްރެޓްވެސް އެއްލާލިއެވެ. މިހުރިހާކަމެއް ކުރަނީ "ޖޯން" ކަން އެގޭއިރުވެސް ޖޯން ބަލިކޮށްލުމުގައި ކާމިޔާބެއްނުވެއެވެ.

"އައިމް ސޯ ހެލްޕްލެސް. ކިހިނެއް ހަދާނީ....." ކައިޒާން ތެދުވެގެންގޮސް ނާޔަލްގެ ގޭގެ ދޮރުގައި ޓަކިދޭންފެށިއެވެ.

އިރުކޮޅަކުން ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފިއެވެ. ދޮރުމަތީގައި ހުރީ ކެމީލާއެވެ. އައިސްޕެކެއް މޫނުގައި ޖައްސާލައިގެން ހުރިއިރު ރޮއިރޮއި ދެލޯދުޅަވެ ނޭފަތާއިއެކު ރަތްކުލަ އަރާފައިވިއެވެ. ހާސްކަމާއިއެކު ކައިޒާންއަށް ކެމީލާގެ ދެކޮނޑުގައި ހިފާލެވުނެވެ.

"އާ ޔޫ އޯކޭ؟ ކިހިނެއްވެފަ ތިހިރީ އޯ ގޯޑް. ޔޫ އާ ކްރައިން......ވަޓްސް ރޯންގް ސްވީޓްހާޓް. ......." ކައިޒާން ހާސްކަމާއިއެކު މަޑުމަޑުން ތަޅުވައިގަންނަމުން އަހާލުމުން ކެމީލާއަށް ބާރަށް ރޮވުނީއެވެ. ކައިޒާން ކެމީލާ ގެނެސް މޭގައި ޖައްސާލިއެވެ. ބުރަކަށީގައި ފިރުމަން ފެށީ ޅަކުއްޖަކު ރުއްސަން މަސައްކަތްކުރާހާ ލޯބިންނެވެ.

ނާޔަލް ޕަމްޕްކިން ލާޓޭ ތަށްޓެއް ހިފައިގެން ބޭރަށް ނުކުތުމާއިއެކު ފެނުނު މަންޒަރުން ބާރުކޮށްލެވުނީ އަތުގައިވާ މަގަށެވެ. ތަންކޮޅެއް ބޯ ނޫންނަމަ އެތަށިވެސް އަތުތެރެއަށް ތެޅިގެން ދިޔައީހެވެ. ހިފައިލެވުނީ ދިރޭ އެއްޗެއްނަމަ ޗަސްވާހާ ބާރަށެވެ. ކެމީލާ އާދައިގެ ކަމަކާއި އެހާ ގަދަޔަށް ރޮއި މައްސަލަޖައްސާތީ ވަކިން ގަދަޔަށް ފޫހިވެ މޫނުމަތީގައިވާ ހިނިތުންވުން ފިލާ ކޮލު ކަށިގަނޑަށް އެނގުންވާހާ ބާރަށް ދަތްތަކަށް ބާރުކޮށްލެވިއްޖެއެވެ. ހަމައެކަނި ރުޅިގަދަވެ ހިތްހަމަނުޖެހުނީ ނާޔަލްއެއް ނޫނެވެ. ކައިޒާންއަށްވެސް ނާޔަލް ފެނުމާއެކު ކެމީލާ އެއްފަރާތް ކޮށްލާފަ އޭނައާއި ދިމާލަށް ހިނގައިގަތެވެ. ނާޔަލްގެ މޭގައި އަތްއަޅާ ކޮށްޕާލައިފިއެވެ.

"ބުނޭ ކެމީލާއަށް ކީއްކުރީ. ވަޓް ހޭވް ޔޫ ޑަން ޓު ހާ......" ކައިޒާން ހަޅޭއްލަވައިގަތެވެ. އޭރު އެލޮލުގައި ކަރުނަތިކިތައް ވިދައެވެ. ކެމީލާގެ ރުއިމުން ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ކައިޒާންގެ ހިތަށް ކެތްވަނީއެއް ނޫނެވެ. އޭނަގެ ހިތްވެސް ކުދިކުދިވަނީއެވެ. ކެމީލާގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެއްޓޭތަން ދެކޭކަށްވެސް އޭނައަށް ކުޅަދާނައެއްނޫނެވެ.

"ކާމް ޑައުން ބްރަދާ. ވެގެން އުޅޭގޮތެއް ނޭގި ތިހެން ގަޔަށް އަތްލީމަ ފަހުން ހިތާމަކުރަން ޖެހިދާނެ. ހަމަ ރީއްޗަށް އަހާލެވިދާނެ ދޯ ކިހިނެއްވީހެއްޔޭ. އަދި ކައިއަށް ރަގަޅަށް އިނގޭނެ ކައިގެ ހާލަތު. އަމިއްލަ ނަފުސް ކޮންޓްރޯލް ނުކުރެވޭމީހަކަށް ތިމާ އަތުން ފައިން ގޯހެއް ހެދިޔަސް ރޭކާލާނެތަ. އަމިއްލަ ނަފުސާއި އެ ސުވާލުކޮށްބަލަ. އެންމެ ކުރިން ކެމީލާ މިގެއަށް ގެނައީ ޖޯން........." ނާޔަލް ހުރީ ހަމަޖެހިލާފައެވެ. އެންމެ ފަހު ޖުމްލަ ބުނެލާފައި ނުލަފާ ގޮތަކަށް ހީލުމުން ކައިޒާންއަށްވެސް ކަރުތެރެއިން އަޑެއް ލައްވާލެވުނެވެ. މޭގައި މީހަކު ހިފާ ބާރުކޮށްލިފަދަ ގޮތެއްވިއެވެ. އަމިއްލަ އަތަށްވެސް ބަލައިލެވުނެވެ. ގަޑިއެއްވެސް ނެތެވެ. ކަރުގައި އަޅާ ފަށެއްވެސް ނެތެވެ. އަމިއްލަ ނަފުސާއިމެދު ވިސްނާލުމަށްފަހު ދެން ބަލައިލެވުނީ ކެމީލާއަށެވެ. ޖޯން ކެމީލާއަށް ކީއްކުރީހެއްޔެވެ. ދިނީ ކޮން އަނިޔާއެއް ހެއްޔެވެ. އޭރުވެސް ކެމީލާ ރޮއިރޮއި ހަމަ ހިނދެނީއެވެ. ރޮމުން ރޮމުން ދުވެފައި ނުކުމެ އެކުއްޖާ ޖައްސައިލީ ފައްތަރުމަތީގައެވެ. އެހާ ބާރަށް އެގޮތަށް ރޯނީ ބޮޑުކަމެއް ވެގެންކަން ހިތަށްއެރުމާއިއެކު ކައިޒާންގެ ހިތަށް އައީ އެންމެ ނުބައި ޚިޔާލުތަކެވެ. ޖޯން އަނެއްކާ އެކުއްޖާގެ އިއްފަތްތެރިކަން ނަގައިލީ ބާވައެވެ. އެފަދަ ކަމަކަށް ޖޯން ފަހެއް ނުޖެހޭނެއެވެ.

ކައިޒާން ކެމީލާގެ ކައިރީ އިށީނދެ ކެމީލާގެ ކޮނޑުގައި އަތް ވަށައިލަމުން މާފަށް އެދުނެވެ.

"އައިމް ސޮރީ ބޭބީ ގާލް. އެވާހަކަ ދައްކާނީ ފަހުން ހަމަޖެހިލައިގެން. އަހަންނަށް އެނގޭ މި މައްސަލައިގެ ސީރިޔަސްކަން. އެކަމަކު.... ފޮގިވް މީ "

"ސޮރީ އޭ ނުބުނޭ. ޕްލީޒް.." ކެމީލާ ކިތަންމެވަރަށް ރުއިން ހުއްޓާލަން މަސައްކަތްކުރިޔަސް ނުހުއްޓުނެވެ. ނާޔަލްގެ ހަރުކަށިކަމާއި ކެހިވެރިކަން ހަމަ ހައިރާންކޮށްލައިފިއެވެ. ކައިޒާންއަށް އޮޅުވާލިގޮތް ވެސް ދެކެބަލާށެވެ. ހަގީގީ ފިރިހެނަކު ފަދައިން ތިމާ ކުރިކަމެކޭ ކިޔާފައި އެއްބަސްވާކަށްވެސް ނުކެރުނެވެ. ފިރިހެންކަމަށް ހެދިގެން އުޅުނަސް ބޮޑު ފިނޑިއެކެވެ. ޖޯންގެ ބޮލުގައި އެ ފާފަ އަޅުވައިލީއެވެ. ކައިޒާން ކައިރީ އެވާހަކަ ދައްކައިފިއްޔާ އޭނަ ދެން ހަދާނެ ގޮތެއް އެނގެނީއެއް ނޫނެވެ. މަސްލަހަތަށްޓަކައި އެންމެ ރަނގަޅުވާނީ އެކަން ހަދާން ނައްތާލުމެވެ. އަވަހަށް ހޮސްޓެލްއަށް ބަދަލުވުމެވެ. ނަމަވެސް އޭނަ ކައިޒާން މަތިން ހަދާން ނައްތާލުން އެހާ ފަސޭހަވާނެހެއްޔެވެ. ނާޔަލް ބުނިފަދައިން ކައިވެނި ކެންސަލްކުރުމަކީ އެއީ ފަސޭހަ ކަމަކަށް ވާނެހެއްޔެވެ. ނުވާނެއެވެ. އެއަށްވުރެ ބޮޑަށް ކައިޒާންދެކެ ލޯބިވެވިއްޖެއެވެ.

ކެމީލާ ކާރުގައި ބައިންދާފައި ނާޔަލްއާއި ދިމާލަށް އެއްޗެކޭ ބުނެވުނުކަމަށްޓަކާ މާފަށް އެދެން ކައިޒާން ބޭނުންވިއެވެ. އެބައަންނަމޭ ކިޔާފައި ކައިޒާން ފަތްތަރު މަތިން އެރިއެވެ. އޭރު ނާޔަލް އިނީ ސިޓިންރޫމްގައި ވީޑިއޯ ގޭމްކުޅޭށެވެ. ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ.

"ނާޔަލް އައި ނީޑް ހެލްޕް....."

"ކޮން ކަމަކާ......" ނާޔަލް އަހާލައިފިއެވެ.

"މިއަދުވެސް މިގެއަށް އާދެވުނީ ކިހިނެއްކަމެއް ހަނދާނެއްނުވި. ހޭލެވުނުއިރު ނުދަންނަ ކާރެއްގައި މިތާ.... އައި ވޯންޓް ޓު ގެޓް ރިޑް އޮފް ހިމް. މިހާ މެރިޖް ކައިރިވެފައިވާއިރު ބޭނުމެއްނޫން އެ މޮންސްޓާގެ އުދަގޫ ފޯރާކަށް. އަދިވެސް ކެމީލާއަކަށް އަހަރެންގެ މި ސިއްރެއް ނޭނގޭނެ. މިހާ ޑާކް ސައިޑެއް އަންގާކަށް ހިތެއްނޭދޭ. އެކަމަކު މިހާރު ހީވާން ފަށައިފި އޭނަގެ ސަބަބުން އަހަންނާއި ކެމީލާ މައްސަލަޖެހިދާނެހެން. ސަބަބަކީ ހީޒް ނަތިން ލައިކް މީ. އައި ނޯ ދިސް މަޗް. ހީ ލައިކްސް ވައިލެންސް ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ހީޒް ނޯ ޖެންޓްލްމޭން. ޖޯންގެ ނަމުގައި ހުރެ އޭނަ ކުރާ ކޮންމެކަމެއް އެޅެނީ އަހަރެންގެ ބޮލުގައި.............." ކައިޒާންގެ ދެލޮލުން ހިތާމައިގެ އަސަރުފެނިލިއެވެ.

ނާޔަލްއަށް ކައިޒާންގެ ހިތުގެ ހާލަތު އަންދާޒާކުރެވުނެވެ. ލޯބިވާ އަންހެނުންނާއިއެކު އުފާވެރި ހަޔާތެއް ބޭނުންނުވާނީ ކާކުހެއްޔެވެ. ކައިޒާންއަށް އަންހެނަކަށް އެފަދަ ހަމަޖެހޭ ދިރިއުޅުމެއް ހޯދައެއް ނުދެވޭނެއެވެ. އެކަމަށް ކައިޒާންވަނީ ނުކުޅެދިފައެވެ. އެބަލިން އެއްކޮށް ރަގަޅުވުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. މަލްޓިޕްލް ޕާސަނެލިޓީ ޑިސްއޯޑާއާއި ހަގުރާމަކުރާ އިންސާނުންނަށް ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ އުދަގޫތައް އެހެންމީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. ހަގީގަތުގައި ނަފްސާނީ ޑޮކްޓަރެކޭ ކިޔައިގެން ދުވަސްކޮޅަކަށް އޮޅުވާލައިގެން ކައިޒާންގެ ކޭސް ނެގިޔަސް އޭނަ ކިޔަވަނީ އަދި އެހެން ރޮގެއްގައެވެ. ނަފްސާނީ ކަންތައްތަކާއި ބެހޭގޮތުން އޭނައަށް އެނގިފައިވަނީ މަދު އެއްޗެކެވެ. ގިނަފަހަރު ޖެހެނީ އެކުވެރިންނަށް ގުޅައިގެން އަހާށެވެ.

ކެމީލާ ސޯފާމައްޗަށް އެއްލާލާފައި އޮތް ގިންކޯ ފަތުގައި ކަނޑާ ނަގާފައިވާ ލަފުޒެއް ފެނި ނާޔަލް ހިނި އަންނަގޮތްވިއެވެ.

"އައި ހޭޓް ޔޫ ނާޔަލް...."

އޭނަ އެފަތް ނެގިއެވެ. އެފަތް ލެމިނޭޓްކޮށްފައި ހަނދާނަކަށް ބާއްވާނީއެވެ. ހަޔާތަށް އައިސްފައިވާ އެތައް ރީތި އަންހެންކުދިންނާއި ބަލާއިރު ހުރިހާ ގޮތަކުންވެސް ކެމީލާ ތަފާތެވެ. އޭނައާއިހެދި އެހެން އަންހެންކުދިން ދީވާނާވެ މޮޔަވާއިރު ކެމީލާ ދިމާ އިދިކޮޅެވެ. ކިޔަވައިގެން ތިބި ރީތި އަންހެންކުދިންނެވެ. މުއްސަނދި ކުދިންނެވެ. އެކުދިންނަށްވުރެ ޚާއްސަކަމެއް ކެމީލާގެ ހުރީހެއްޔެވެ. އޭނައަކީ ދުވަހަކުވެސް އެހާވަރުން މީހަކާއި އިނދެގެން ދަރިން ހޯދުމުގެ ޚިޔާލުކުރާމީހެއް ނޫނެވެ. ބޭނުންވާ އަންހެންކުއްޖަކާއިއެކު އެންމެ ރެއެއް ހޭދަކުރެވުމާއިއެކު އެކުއްޖަކު ދެކެ ފޫހިވެއެވެ. އެހާ ބޭނުންވެ ކޮންމެ ގޮތަކުންވެސް ކެމީލާ ހާސިލުކުރުމުގެ އެދުން ހިތުގައި ވާ ސަބަބަކީ ކެމީލާ ނޫނެކޭ ބުނިކަމަށްޓަކައެވެ. އޭނައަށް ނޫނެކޭ ބުނެފައި އަންހެންކުއްޖަކަށް ސަލާމަތުން ދެވޭނެކަމަށް ހީވަންޏާ އެއީ ކުށްހީއެކެވެ.

ކެމީލާ ގެއަށް ގޮސްފައި އެތައް ފަހަރަކު އަނގަމަތި ދޮވުނެވެ. ފޮހުނެވެ. ތަދުވެގެންގޮސް ލޭ ފޭބިއިރުވެސް ރޮއިރޮއިހުރެއެވެ. އެހާވަރަށް ނާޔަލްދެކެ ރުޅިއާދެވިއްޖެއެވެ. އިންސާނަކަށް އަނެއް އިންސާނަކު ދެކެ ނަފްރަތުކުރެވޭނީ މިވަރަށެވެ. އެހާ ރުޅި އާދެވިއްޖެއެވެ. އެހާ ފޫހިވެއްޖެއެވެ. ދުވަހަކު ހިތް ހެވެއްނުކުރާނެއެވެ. އޭނައަކީ ހަމައެކަނި ކައިޒާންގެ މިލްކަކަށްވާނީ އެހެން މީހަކު ނުބީހެންޏާއެވެ. ތިއީ ހަމަ އެކަނި މަގޭ މީހެކޭ މަގޭ މިލްކެކޭ ދެން ކައިޒާންއަށް ބުނެވޭނެ ހެއްޔެވެ. ބުނެވޭކަށް ނެތެވެ. ނާޔަލްވަނީ އެ ޝަރަފު ހޯދާފައެވެ. އޭނަ ބީހުމުގެ އުފާ ހޯދާފައިވާއިރު ދެން ހަމައެކަނި ކައިޒާންގެ މީހަކަށް ވެވިދާނެހެއްޔެވެ. އާއެކެވެ. ވެވިދާނެއެވެ. އަދި އެކުރެވުނީ ކުޑަ ކަމެކެވެ. ނޫނެކެވެ. އެވަރުވެސް ނާޔަލްއަށް ހައްގެއް ނޫނެވެ. ގަދަކަމުން ކުރިކަމެއް ހަމަ ވާނީ އިއްފަތްތެރިކަމަށް އަރައިގަތީކަމަށެވެ. ސިކުނޑީގައި ދެފަރާތަށް ކިރެމުންދާ ޚިޔާލުތަކުން އޮޅުން ބޮޅުންވެ އަނެއްކާ ރޮވެންފެށިއެވެ. ނާޔަލްގެ އެ ނުބައި ރަހުމެއްނެތް އަމަލުގެ ސަބަބުން ހިތް ބިރުގަތުމުގެ އިތުރަށް އެހެންމީހުންނަށް އޮތްހާ އިތުބާރު ގެއްލިއްޖެއެވެ. އެވަރުންވެސް އަމިއްލަ ނަފުސްވެސް ކުށްވެރިކުރެވުނެވެ. ހުރިހާ ކަމެއް ދިމާވީ އޭނަ ފިރިހެނުންނާއިއެކު އުޅޭތީއެވެ. ވާހަކަދައްކާތީއެވެ. ނާޔަލްގެ އިންޒާރު ހަދާންވެފައިވެސް ހިތް ރޫ ރޫއަޅައިލިއެވެ. ކައިވެނި ކެންސަލް ނުކޮށްފިއްޔާ ފަހުން ހިތާމަކުރަން ޖެހިދާނެއޭ އޭނަ ބުނަނީ ކީއްވެހެއްޔެވެ. ނޫނެކެވެ. އޭނަ ނާޔަލްދެކެ ބިރުން ކައިޒާންއާއި ވަތްކެއް ނުވާނެއެވެ. ނާޔަލް ކަންތައް ކުރިގޮތުން ނާޔަލް ފެންނަ ހިސާބަށްވެސް ދެން ނުދާނީއެވެ. ލަދެއް ހަޔާތެއްނެތް ފިރިހެނެކެވެ. ދުވަހަކު ނުވާހާ ފޫހިވެއްޖެއެވެ. ގަދަކަމުން އޭނައާއި ބެހުނީއެވެ. އެކަހަލަ މައްސަލަތަކުގައި ހިމޭނުން ތިބެން ހަދައިގެން އެފަދަ މީހުންނަށް ދެވޭ ހިތްވަރެކެވެ. ނާޔަލް އިތުރަށް އެއްވެސް އިންޒާރެއް ކުރިޔަސް އޭނަ ކައިޒާން ކައިރީ ބުނާނީއެވެ.

ކެމީލާ ކައިޒާންއާއިއެކު ހިނގާލަންދިޔައެވެ. ކޮންމެ ދިމާލަށް ހިނގިކަމުގައިވިޔަސް ވަށައިގެން ފެންނަ ކޮންމެ މަންޒަރެއް އެހާ ހިތްގައިމެވެ. ދެމީހުން ހިނގަމުންގޮސް އިށީދެލީ ފަތްތަކުގެ މަތީގައެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. ކައިވެނި ކުރަން ނިންމާފައިވީއިރުވެސް ކައިޒާން އޭނަގެ އިހުސާސްތަކަށް ގަދަރުކުރެއެވެ. އޭނަ ހިތްހަމަނުޖެހޭކަން އެނގޭތީ ނާޔަލް ކުރިކަހަލަ ކަމެއް ކުރާކަށް ނޫޅެއެވެ.

"އައި ހޭވް ޓު ޓެލް ޔޫ ސަމްތިން..ސަމްތިން ސީރިޔަސް. ޕްރޮމިސް މީ ދެޓް ޔޫ ވޯންޓް ލީވް......." ކައިޒާން ކުއްލިއަކަށް ބުނެލިއެވެ. ކެމީލާ ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން ކައިޒާންގެ އަތަށް ފިތާލައިފިއެވެ. ކުޑަކޮށް ހިނިތުންވެލިއިރު ކައިޒާން ކޮންމެފަދަ ވާހަކައެއް ބުންޏަސް ހިތުގައިވާ ލޯތްބަށް ބަދަލު ނާންނާނެކަން ވިސްނުނެވެ.

"ޓެލް މީ ޕްލީޒް..."

"އެނގޭތަ މަލްޓިޕަލް ޕާސެނެލިޓީ ޑިސްއޯޑާ ކިޔާ ނަފްސާނީ ބައްޔެއް؟ " ކައިޒާން ސުވާލުކުރިއެވެ. ކެމީލާ އާއެކޭ ބުނެލުމުން ކައިޒާން ކެމީލާގެ ކޮނޑުގައި މަޑުމަޑުން އަތް ޖައްސައިލިއެވެ.

"ޖޯންއަކީ ކާކުކަން އެނގެން ބޭނުންވާނެކަން އަހަންނަށް އެނގޭ. ޖޯންއާއި ދެކުދިން ދިމާވެފައި އޮވެދާނެކަހަލަ ސިޗުއޭޝަންތަކެއް އައިސްފި. ޖޯންއަކީ އަހަންނޭ ބުނެފިއްޔާ ގަބޫލުކުރާނަންތަ؟ ހީ ލިވްސް އިން މައި މައިންޑް. ބައެއްފަހަރު އަހަރެން ޖޯންއަށް ބަދަލުވޭ. އައިމް ޑޭންޖަރަސް. ނޫން އަދި މިބުނެވުނީ ރަގަޅަކަށް ނޫން. މިބުނީ ޖޯން ވަރަށް ނުރައްކާވާނެއޭ. މެރީކުރުމުގެ ކުރިން އެކަން އެނގެންޖެހޭތީ މިބުނީ. އަހަންނަކީ ކާކުކަން އަންގަން ބިރުން ހުރީ ހަގީގަތް އެނގުމުން ރުޅިއައިސްދާނެތީ. އައިމް ނޮޓް ނޯމަލް. ޖޯންއަކަށް އަހަރެންގެ ބާރެއް ނުފޯރާ. އެގޮތަށް ސްވިޗްވާއިރު ޖޯން ކުރާ ކަންތައްތަކެއް ނުވެސް އެނގޭ. ހީ ކެން އީވަން ކިލް. އަހަންނަށް އެނގުމުގެ ތެރޭގައެއްނޫން ކެމީލާދެކެ ލޯބިވެވުނީ. ލޯބިނުވާން ދުރުގައި ހުންނާން މަސައްކަތްކުރިން. އެކަމަކު މި ބަސްނާހާ ހިތަށް ލޯބިވެވިއްޖެ. ކައިވެނިވުމުގެ ކުރިން މި ސިއްރުން އެނގެން ޖެހޭނެތީ މިބުނީ. މިހުރިހާ މައްސަލަތަކާއެކު އަހަރެން ދެކެ ލޯބިވާނަންތަ. އަހަންނާއިއެކު އުޅެވިދާނެތަ..............." ކައިޒާންގެ ވާހަކަތައް އަޑުއަހަން ކެމީލީ އިނީ ހައިރާންވެ އަންތަރީސްވެފައެވެ.

"ސުބުހާނަﷲ..........." ކެމީލާ އަނގަމަތީ އަތްއެޅިއިރު ދެލޯ ބޮޑުވެ އެސްފިޔަ ޖަހައިލަން ނޭގި ކައިޒާންއަށް ބަލަމުން ދިޔައީ ދަސްކުރާފަދަ ނަޒަރަކުންނެވެ. އަލަށް ކައިޒާން ފެނުމުން ބަލާހާ ފުންނަޒަރަކުންނެވެ.

"ޔޫ މީން.......ތިއީ ކައި........... އަދި ޖޯން...."

"ހެހެ ޓޫ ހަޒްބެންޑްއިން ލިބެން އުޅެނީ. އިޓްސް ގޯނަ ބީ އެ ޑިފެރެންޓް ލަވް ސްޓޯރީ. ތެދަށް ބުނަންޏާ ޖޯންއަށް ވުމަށްފަހު އޭނަ ކުރާ ކަންތަކެއް ހަނދާނެއްނުހުރޭ. އެކަމަކު އަހަރެންގެ ހުރިހާ ޕާސެނެލެޓީއެއް އަދި ޗައިލްޑްހުޑް މެމޮރީސްތަކެއް އޭނައަށް އެނގޭ. ހީޒް ދަ ޑޮމިނެންޓް ޕާސެނެލިޓީ. އެހެންވެ އޭނަ ދުރުކޮށްލަން ފަސޭހައެއްވެސް ނުވާނެ. އައި ހޯޕް މި ކޮންޑިޝަންއިން އަރައިގަނެވޭނެކަމަށް....."

"ވަރަށް ކޮންފިއުޒްވި. ހިތަށް އެރި ކައި ޖޯން ސިއްރުކުރަން އުޅެނީ ކީއްވެބާވައޭ. މިހާރު މިއެގުނީ....." ކެމީލާ ހިނިތުންވެލިއެވެ. " ޖޯން އިޒް ޕާޓް އޮފް ޔޫ...."

"ދަ ޑެވިލް އިން މީ....." ކައިޒާން ބުނެލިއެވެ.

"ހީޒް ނޮޓް ދެޓް ބޭޑް...." ކެމީލާ ޖޯންއާއި ދިމާވި ދުވަސްތައް ކިޔައިދިނެވެ. ނަމަވެސް ޖޯންއާއި ނޯޔާ ގުޅުމެއް އޮންނަކަމާއިމެދު ޝައްކުވާ ވާހަކަ ސިއްރުކުރިއެވެ. އޭރުން ކައިޒާން އެކަމާއި ވިސްނަން ފަށާފާނެއެވެ. ޖޯން ނޯޔާއާއި ގުޅުމެއް އޮންނަންވީ އޭނައަށް ނޭގޭ ސިއްރެއް ޖޯންއަށް އެނގޭތީ ބާވައެވެ.

ކެމީލާއިނީ އަދިވެސް އެ ވާހަކަތައް ނަގައިގަންނަން ދަތިވެފައެވެ. ފާޑެއްގެ ޝޮކެއްގައެވެ. އެންމެ ކުރިން ޖޯންއާއި ދިމާވި ދުވަސްހަދާންވިއެވެ. ވީއިރު އޭނަގެ ލޯބިވާ ކައިޒާންއަކީ ހާދަ ނާދިރު އަދި ޚާއްސަ ޒުވާނެކެވެ. އެހެން އާއްމު ޒުވާނުންނާއި ތަފާތުވުމުން މާ ގަދަޔަށް ލޯބިވެވުނެވެ. ތަފާތު ލޯތްބެއް ވެވުނީއެވެ. ހަމަ ކުއްލިއަކަށް ޖޯންއަށްޓަކާވެސް އެހިތުގައި ޚާއްސަ ކުލުނަކާއި ލޯތްބެއް އުފެދިއްޖެއެވެ. ކައިޒާންއަށް ބޭވަފާތެރިވެވުނީ އެއްނޫނެވެ. އެއީވެސް ކައިޒާންއެވެ. ޖޯންއަކީ ކައިޒާންއެވެ. ކައިޒާންއަކީ ޖޯންއެވެ. ކެމީލާއަށް މަޖާވެސް ވިއެވެ. މިއީ ކޮންފަދަ ލޯތްބެއް ހެއްޔެވެ. މިކަހަލަ ލޯތްބެއްގެ ވާހަކަ އެހެން ތާކުން އަޑުއަހާފައެއް ނުވެއެވެ. މަލްޓިޕްލް ޕާސެނެލިޓީ ޑިސްއޯޑާގެ ވާހަކަ ކޮންމެވެސް ވަރަކަށް އަޑު އަހާފައިވީނަމަވެސް އެފަދަ ޒުވާނެއްދެކެ ލޯބިވެގެން ކައިވެންޏާއި ހަމަޔަށް ހިގައިދާނެކަމަކަށް ހިޔެއްނުކުރެއެވެ. ކެމީލާގެ އުފާވެރިކަން ފަނޑުވެ ހިނިތުންވުން ގެއްލުނީ ނާޔަލްގެ އިންޒާރު ހަދާންވެފައެވެ. ނާޔަލްގެ ގޯނާތައް ދޭތެރެއަކުން އޭނަގެ އުފާވެރިކަން ފެނަށް ހަދާލައެވެ. މިވާހަކަތައް ދައްކަންވީ ކާކާއި ކަމެއް ނުވިސްނުނެވެ. ނާޔަލް ހުއްޓުވަން އެބަޖެހެއެވެ.

ކައިވެނި ފަސްކުރެވިދާނެއެވެ. އެކަމަކު ބަހަނާއެއް ދައްކަން ޖެހޭނެއެވެ. ކެމީލާ ކައިޒާން ކައިރީ ބުނީ ބައްޕަގެ ވަލީނެތި ކުރާ ކައިވެނި ކައިވެންޏަކަށް ނުވާނެކަމުގައެވެ. ބައްޕަގެ ސިޓީއެއް އެހާ އަވަހަށް ނުލިބިދާނެތީ ޑިސެމްބަރަށް ފަސްކުރުން ކިހިނެއްވާނެތީ ބުނެލިއިރު ކައިޒާންގެ ދެލޮލަށް ވެރިވި މޮޅިވެރިކަން ކެމީލާއަށް ފާހަގަކުރެވުނެވެ. ކައިޒާންގެ ހިތަށް ދަތިކޮށްގެން އޭނަގެ ހިތްވެސް ރޮއްވައިލިއެވެ. ހިތާހިތުން އޭނަ ރޮމުން ދިޔައެވެ. ދެލޯ ފެންކަޅިވެގެން ދިޔުމާއިއެކު ކައިޒާންގެ ކޮނޑުގައި ބޯ އަޅާލެވިއްޖެއެވެ. އެ އަނިޔާވެރި ނާޔަލް އޭނަގެ ދިރިއުޅުމުގެ ހުރިހާ އުފާތަކެއް ފޭރިގަންނަނީއެވެ. އެކަމަށް އޭނައަށް ލިބިފައިވަނީ ކޮން ހައްގެއް ހެއްޔެވެ. އިރާދަކުރެއްވިއްޔާ އޭނަ ގެ ހަޔާތަށް އެ ނުލަފާ ނާޔަލްގެ ހިޔަނިވެސް ދެން އެޅިޔަކަ ނުދޭނެއެވެ. ކައިޒާން އެދުނީ ބައްޕަގެ ފޯނު ނަމްބަރަށެވެ. ކެމީލާ ފޯނު ހާވާލާފައި ބައްޕަގެ ނަމްބަރު ދިނެވެ. ބައްޕަ ނޫނެކޭ ބުނެފިއްޔާ ދެން ކޯޓުންވެސް ކައިވެނި ކުރެވިދާނެ ނޫންހެއްޔެވެ.

ކޮޓަރީގައި އެކަނިވުމާއިއެކު ކެމީލާ ލެޕް ހުޅުވާލިއެވެ. ކައިޒާންގެ ކޭސްފަދަ ފިލްމެއް ނޫނީ ޑްރާމާއެއް ފެނޭތޯ ބަލައިލުމާއިއެކު ކޮރެއަން ޑްރާމާއެއް ފެނުނެވެ. "ކިލް މީ ހީލް މީ" ނަމުންވެސް ބަލައިލާ ހިތްވާފަދަ ގޮތެއް ހުއްޓެވެ. ކޮރެއަން ޑްރާމާ ބަލަބަލާފައި އޭނަގެ ކޮއްކޮ އުލާ ވަރަށް ފޯރި އައިސްގެން އުޅޭތަން ފެނެއެވެ. ޔޫ ޓިއުބުން ފިލްމުތައް ނުފެންނާތީ ޖެހުނީ ޑައުންލޯޑްކޮށްލާށެވެ. އެހެން ޚާއްސަ ސައިޓުތަކުންވެސް ކޮރެއަން ޑްރާމާތައް ބެލެން ހުރެއެވެ. އެހާވަރުން މި ޑްރާމާ ބަލަން ބޭނުންވީ ކައިޒާންގެ ހާލަތު ދެނެގަތުމަށެވެ. އެމީހަކާއިއެކު މުޅި އުމުރު ވޭތުކުރަން ޖެހިފައިވާ ލޯބިވެރިޔާއާއިއެކު އުޅެން ފަސޭހަވާނީ ހުރިހާކަމެއް އެނގިގެންނެވެ.

ކެމީލާ އުލާއަށް މެސެޖްކޮށްލިއެވެ. މާމަގެ ހާލު އެހިއެވެ.

"ހޭއި ދޮންތި. އައި ވޯޒް ޓްރައިން ޓު ކޮންޓެކްޓް ޔޫ. ބުނަން ވާހަކައެއް. ވީހާވެސް އަވަހަކަށް އަހަރެން ތިކޮޅަށް ގެންދެބަލަ ޕްލީޒް. ޕްލީޒް ޕްލީޒް. މިގޭގައި ހުންނާކަށް ނުކެރޭނެ."

"ކީއްވެ؟ " ކޮއްކޮއާއި ވާހަކަދެއްކުނު ކަމުގެ މޮޔަހީވިއެވެ. އޭނަ އުލާ ގެންނާނީ ކިހިނެއްހެއްޔެވެ. ޓިކެޓްގެ އަގު ބަލައިލިޔަސް ބިރުން ފިތް ކަނޑައިގެންދާ ވަރުވެއެވެ. ނިއުޔޯކަށް އާދެވިފައި މިހިރީ އޭނަގެ ނަސީބު ރަގަޅުކަމުންނެވެ. ނަމަވެސް އާއިލާ އެންމެން މިކޮޅަށް ގެނެވޭނެ ތަނަވަސްކަމެއް ނެތެވެ.

"އަރީން ބުނީ ރޭޕްކޮށްލާނަމޯ. ނޫނީ ދޮންތަ ކައިރީ އަންނަން ބުނާށޯ. އިންނަން ރަން ކިޔާފައި ނޫންހެއްޔޯ ފިލާފައި އެހެރީ. ހީ އިޒް ތްރެޓްނިން މީ. އައި ތޯޓް ޔޫ އާ ސެލްފްލެސް އެންޑް ދަ ބެސްޓް ސިސް އިން ދަ ވޯލްޑް. އެކަމަކު ހެޔޮތަ އަރީން ކޮންމެ ގޮތެއް ހަދައިލިޔަސް. ޔޫ އާ ސޭފްއެއްނު.........." އުލާ ވިސްނާލާފައި ޖަވާބު ލިޔުނެވެ. ހަގީގަތް އޮޅުވައިލީ އޭނައަށް ކުރި ލިބޭނެ ގޮތަށެވެ. އަރީން އަންގާފައި އޮތީ މާމަ ބަލިވެގެން އައިސީޔޫގައި އެޑްމިޓްކޮށްފައިވާކަމަށް ބުނެ ވީހާ އަވަހަށް މާލެ އައުމަށް އެންގުމަށެވެ. އޭނަ ޓިކެޓްވެސް ފޮނުވާދޭނެކަމުގައި ބުންޏެވެ. އުލާވަނީ އޮޅުވާލައިގެން ޓިކެޓަށްވީ ފައިސާ ހޯދާފައެވެ.

"އޯ މައި ގޯޑް.. އޯކޭ އެބަބަލަން އިނގޭ." ކެމީލާ ކަންބޮޑުވިވަރުން އެހެން ހުރިހާކަމެއް އެއްފަރާތް ކޮށްފައި އުލާއަށް އެހީވާން ނިންމިއެވެ. މާކަސްވަނީ އޭނައަށް މިމަހު ފަންސަވީސް ހާސް ޑޮލަރު ދޭނެކަމަށް ބުނެފައެވެ. އަޖައިބުހާ ބޮޑު މުސާރައެކެވެ. ޖޫލްއާއިއެކު ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލިޔަސް އެހާ ބޮޑު އެއްޗެއް ހައްގުކަމަކަށް ހިތެއްނުބުނެއެވެ. ނަމަވެސް އުލާ ސަލާމަތްކުރަން އިންތިހާއަށް ފައިސާ ބޭނުމެވެ.

ކައިޒާން ނާޔަލްއާއި ބައްދަލުކޮށްލާފައި ކޮންމެވެސް ވަރަކަށް ކައިވެންޏާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. ދީނުގައި އަންހެންކުއްޖާގެ ބައްޕަގެ ފަރާތުން ވަލީ ހޯދަން ކޮންމެހެން ޖެހޭކަމަށް ބުނެ ޔާސިރުގެ ފޯނު ނަމްބަރު ދިނެވެ. މިނަމްބަރަށް ގުޅާލާފައި ވާހަކަދައްކަން އެދުނެވެ.

"ނާޔަލް. އެނގެއެއްނު އަހަންނަށް ދިވެހިން ވާހަކަދައްކަން ނޭގޭކަން. މާކްއަކަށްވެސް ނޭގޭ. ނަސީބެއް ނާޔަލްއަށް ކޮށިކޮށް ނަމަވެސް ދިވެހި ވާހަކަ އެނގޭކަން. ޔާސިރުއަށް ގުޅާފައި ކެމީލާއާއި ކައިވެނިކުރަން ވަރަށް އަވަހަށް ބޭނުންވާކަން ބުނޭ............" ކައިޒާން އެދުނެވެ.

ކައިޒާން އެތާ ހުއްޓާ އޭނަ ޔާސިރުއަށް ގުޅިއެވެ. ވާހަކަދެއްކިއެވެ. އިރުކޮޅެއްވާންދެން ނާޔަލް ދެއްކި ވާހަކަތަކަށްފަހު ނާޔަލް ފޯނު ކަނޑާލިއެވެ.

"ސިޓީ ޕޯސްޓްކޮށް ދޭނަމޭ ބުނީ. ދެން ޖެހޭނީ ކައިގެ މައުލޫމާތު އޭނައަށް ފޮނުވަން. ލައިކް ޕާސްޕޯޓް ނަމްބަރާއި އެއްޗެހި. ކައި ޕާސްޕޯޓް މަށަށް ވައިބާކޮށްލާ އިނގޭ. އަހަރެން ހުރިހާކަމެއް އެރެންޖުކުރާނަން. ނޯ ވޮރީސް ޕްރިޓީ ބޯއި..........." ނާޔަލް ކައިޒާންގެ ދެކޮލުގައި މަޑުމަޑުން ޖަހައިލިއެވެ.

"މިކަން ހުއްޓުވަން ޖެހޭ........" ނާޔަލް ހިތާހިތުން ދަތްކުނޑިވިކައިގަތް ނަމަވެސް އޭނަ ހުރީ ހިނިތުންވެލައިގެންނެވެ.

އަރީންއަށް ވާނުވާ ނޭގިގެން އުޅެނިކޮށް އުލާ އޭނަގެ މާމައާއިއެކު އެމެރިކާއަށް ފުރަންވެގެން ދަތުރުހަދަން ފެށީ ނިކަން ސިއްރުންނެވެ. ޔާސިރުކައިރީ ސިއްރުން އުލާ އެ ވާހަކަދެއްކީއެވެ. މަންމަ ޒާދީއައި ރައްޓެހިވެގެން އުޅޭކަމަށް ބުނެ ފަނި ހަދާފައި އޭނަ ބައްޕަ ކައިރީ ބުނީ އަރީން އޭނައާއި ބެހެން އުޅެނީކަމުގައެވެ. ދޮންތަ އެމެރިކާގައި ވަޒީފާއެއްގައި ހުރެގެން އޭނައާއި މާމަ އެކޮޅަށް ގެންދަން ބޭނުންވާތީ މަންމައަށް ސިއްރުން ފުރަން އުޅޭކަމުގައި ބުނުމުން ޔާސިރުވެސް އެކަމަށް އެހީތެރިވާންފެށިއެވެ. އަނެއްކޮޅުން މާލެއަށް މަޝްހޫރު ޖަވާހިރު ވިޔަފާރިވެރިއަކު އެމެރިކާ މީހަކާއި އިނދެގެން ލިބިފައި ތިބި ދަރިންތަކެއްގެ ކުއްޖަކުވަނީ ކެމީލާއާއި އިންނަން އަހާފައެވެ. އޭނައަށް ގުޅާފައި ވަލީ ހޯދަން އެދިފައި އޮތުމުން އޭނަ އެ ޕާސްޕޯޓު ކޮޕީއާއިގެން ރިޒޯޓަށްގޮސް އެކުވެރިއަކު ލައްވާ ސިޓީވެސް ލިޔުއްވިއެވެ. ކެމީލާއާއި އުލާ އުފަލުގައި އުޅުނިއްޔާ އޭނައަށްވެސް ލިބޭ ހިތްހަމަޖެހުމަކަށްވާނެއެވެ. އުލާ އަތަށް ސިޓީ ދިނީމަ ޕޯސްޓްނުކުރިޔަސް ވެދާނެ ނޫންހެއްޔެވެ.

ކައިވެނިކުރަން ހަމަޖެހިފައި އޮތީ ނޮވެމްބަރު ފަނަރަވަނަ ދުވަހު ނަމަވެސް އެކައިވެނި ފަސްކޮށްލެވުނެވެ. ޔާސިރުގެ ސިޓީ ލިބުންވެސް ލަސްވަނީއެވެ. އެޚަބަރު އިވި އެންމެ ބޮޑަށް އުފާކުރީ ކައިޒާންގެ އާއިލާއިންނެވެ. އެމީހުން އަދި ހުއްޓުވަން ނޫޅެނީސް ކެމީލާއަށް ދެރަގޮތެއް ނަހަދަނީސް ކައިޒާން އެއޮތީ އެކަން ފަސްކޮށްލާފައެވެ. ނޫންނަމަ ފެންނާނީ ކެމިލާއަށް ކޮންމެވެސް ކަހަލަ އެކްސިޑެންޓެއް ދިމާވިތަނެވެ. ނިއުޔޯކްގައި އުޅޭ މުސްލިމް އަންހެންކުދިންނަށް އެކަހަލަ ދީނީ ހަމަލާތައް އައުމަކީ ހަމަ ވެދާނެކަމެއް ނޫންހެއްޔެވެ.

ނޮމްވެބަރު މަހުގެ ހަތަރުވަނަ ބުރާސްފަތި ދުވަހަކީ ތޭންކްސްގިވިން ޑޭއެވެ. ރާއްޖޭމީހުންނަށް އަންނަ އީދުދުވަސްފަދައިން އެމީހުން އެދުވަސް ގަދަޔަށް ފާހަގަކުރެއެވެ. ޗުއްޓީ ހަދައިލަން އެކިކަންކޮޅުތަކުގައި ތިބޭ މީހުން އާއިލާއާއި އެކުވެރިންނާއިއެކު ހޭދަކޮށްލަން އާދެއެވެ. ޖެހިގެން އަންނަ ހުކުރުދުވަހަކީ "ބްލްކް ފްރައިޑޭ"އެވެ. އެދުވަހު އެމެރިކާގެ ބާޒާރުތައް އޮންނަނީ ސޭލްސް އަޅުވާފައެވެ. އެންމެން ބާޒާރުކުރުމާއިގެން އުޅޭ ދުވަހެކެވެ. ކްރިސްމަސްގެ ބާޒާރުކުރުން އެހިސާބުން އެއޮތީ ނުރަސްމީކޮށް ފެށިފައެވެ. ނަތާލީމެންގެ ގޭގައި އާއިލީމީހުންގެ އެއްވުމެއް އޮތެވެ. ރޯސްޓްކޮށްފައިވާ ޓާކީ މޭޝްޑް ޕޮޓޭޓޯ ކްރެކްޑް ޕެޕާ ޑިނާ ރޯލްސް ޕަމްޕްކިން ޕައިފަދަ އެތައް ރަހަމީރު ކެއުންތަކުން ސުފުރާމަތި ފަޅުފިލުވާލާފައިވިއެވެ. ރޭގަނޑު ކެއުމަށް އެގެއަށް ކައިޒާންއާއި ކެމީލާއަށްވެސް ދައުވަތުދީފައިވިއެވެ. ކެމީލާ އައީ ޖޫލް އަތުގައި ހިފާލައިގެންނެވެ. ފަހަތުން ކައިޒާންއާއި މާކަސްއެވެ. އެތައް ބަޔަކަށް ދައުވަތު ދެވިފައިވިއެވެ. ކެމީލާއާއި ކައިޒާން އެކީ އުޅޭތަން ފެނި އާއިލީ އަންހެންވެރިން ހިތްހަމަނުޖެހިފައިވާކަން އެރޭވެސް ކެމިލާއަށް އިހުސާސްކުރުވާ ވަރުކުރިއެވެ. ކެމީލާ ދެރަވިއެވެ. ކައިޒާން އާދައިގެ އާއިލާއަކަށް ނިސްބަތްވިނަމައެވެ. އޭނަފަދައިން އާދައިގެ ޒުވާނަކަށްވިނަމައެވެ. ކައިޒާންހާ ރަގަޅު ޒުވާނެއް ދުވަހަކު ހަޔާތަށް އަންނާނެކަމެއް ނޭގެއެވެ. މުއްސަންޖަސް އެހާ ހިތްތިރިއެވެ.

ނާޔަލް ފެނުމުން ކެމީލާ ހުރީ އުދަގޫވެފައެވެ. އޭނައަށް ނުބަލަން މަސައްކަތްކުރިއެވެ. ރަސްމީކޮށް އޭނައާއި ކައިޒާންގެ އެންގޭޖެމެންޓް ނިންމާފައިވަނިކޮށް ނާޔަލްގެ ހުރި ނުލަފާކަމުން އެދެމީހުންގެ ދިރިއުޅުން ހަލާކުކޮށްލަން ރާވަނީއެވެ.

ކެއުމަށްފަހު އޮތީ ހަދިޔާ ބަދަލުކުރުމެވެ. ކޮންމެ މީހަކުވެސް އަނެކަކަށް ހަދިޔާދިނެވެ. ނަތާޝާއާއި ނޯޔާވެސް ކެމިލާއަށް ޕާރުސަލެއްދިނެވެ. ކެއުން ނިންމާލާފައި ނޯޔާ ކެމީލާ ކޮޓަރިއަށް ގެންގޮސް މާ ބުކޭއެއް ދިނެވެ. މިއީ އޭނަގެ ދޮންބެގެ ހަދިޔާއެއްކަމަށް ބުނުމުން އޭގައި ހިފަން ދެކޮޅުހެދިއެވެ.

"ނަންނި. ނާޔަލް ލޯބިވެގެނެއްނޫން އުޅެނީ. ހަމަ ރީއްޗަށް އެކަން އެނގޭ. ނޫނެކޭ ބުނީތީ ގޮތްދައްކަންވެގެން ކުރަން އުޅޭ ކަމަކާއި ވައްތަރުވަނީ. ނަންނި އަހަރެންގެ ބެސްޓްފްރެންޑްކަމަށް ވަންޏާ ދޮންބެއަށް ވިސްނައިދީ. މިހާ ބޮޑު ލަނޑެއް ދޭކަށް ނުވާނެ. އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުވެގެންދާނީ. އައި ލަވް ކައި. އައި ލަވް ހިމް އެލޮޓް ނަންނި. އަހަރެން ބޭނުމީ ކައިއާއިއެކު ދިރިއުޅުމެއް ފަށަން....... ..." ކެމީލާގެ ދެލޮލުން ފެނުނީ އާދޭހުގެ ކުލަވަރެވެ.

"ބުނެފާނަން ވާހަކައެއް. މިހެން ނުބުނެ ވޭތޯ ވަރަށް ދުވަހު މަސައްކަތްކުރިން އާންޓް ނަތާޝާ އެއްގޮތަކަށްވެސް ގަބޫލެއްނޫން ކައި އާއި ކަންމި ގުޅެން. ކޮންމެ ގޮތެއް ހަދާފައިވެސް އެމީހުން އެކައިވެނި ހުއްޓުވާނެ. އާންޓް ވަރަށް އެހެންކަހަލަ ވާނެ. އެމީހުން ބޭނުމެއްނުވާނެ ރާއްޖޭ އަންހެންކުއްޖެއް ކައިއާއި ގުޅެން. ޕްލީޒް ލީވް ހިމް. ކައްމިއަށް ހެޔޮއެދޭވަރުން މިބުނެލީ. އެޓްލީސްޓް ދޮންބެގެ ގާލްފްރެންޑަކަށް ހުއްޓަސް ކައްމިއަށް ލިބޭ ފައިދާތައް މާ ބޮޑުވާނެ. އެކަމަކު ކައިގެ އެއްނޫން. ކައި ސީރިޔަސްވީމަ ދެން ޖެހޭ މައްސަލަތައް ގިނަވާނީ. ދޮންބެ ކޫލްވާނެ. މެރީކުރާކަށް ނުވިސްނާނެ. ހަމައެކަނި ގާލްފްރެންޑްގެ ގޮތުގައި ހުއްޓަސް ކައްމި ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެ.." ނޯޔާ ބުނެލިއެވެ.

"އެނގޭތަ ދޮންބެގެތައް އެތަން މިތާ. ދަ ހެމްޕްޓަންސްގައިވެސް ހުރޭ ސަމަރ ގެއެއް. ބީޗަށް އެރިލާ ކިހާ ރޮމެންޓިކްވާނެ. އަދި މެންހޭޓްންގައި ހުންނަ ޕެންޓްހައުސް ރީތިކަމާއިއެކު ސެންޓްރަލްޕާކާއި އެހެން އިމާރާތްތައް ފެންނައިރު ހަމަ ހެވަންލީ. މުޅި ނިއުޔޯކް އޮންނާނީ ފެންނަން. އެންމެ ރެއެއް އެތާ ނިދައިލިޔަސް ހަމަ ސްކައިގަ ނިދާލުން ކަހަލަ. ޕެންޓްހައުސްއެއްގައި އެކަނިމާއެކަނި އޮންނަން އެ ޝަރަފު ހޯދާލަން ޖެހޭނެ. އެންމެ ފަސޭހަވާނީ ދޮންބެއާއި ގުޅުނީމަ......" ނޯޔާ ނާޔަލްގެ މުއްސަދިކަން ހާމަކޮށްދޭން މަސައްކަތްކުރިއެވެ. "ހީ ގެޓްސް ވަޓް އެވާ ހީ ވޯންޓް. ސަބަބަކީ ހީޒް އެ ވިނާ ދޯ"

"ވިނާސްއިންނާއި ގުޅޭނީ އެކަހަލަ އަންހެންކުދިންނާއި. ނިއުޔޯކްއިން މިފެންނަނީނު މުޅިންވެސް ރީތި މޮޑެލް ކުދިން. އަހަރެން ބޭނުމެއްނޫން މުއްސަދިކަމެއް. ނަންނިއަކަށް ނޭގޭނެ. ކައިޒާންގެ މަންމަ ގަބޫލުނުވެއްޖެއްޔާ އަދި ނާޔަލް މަންމަ ގަބޫލުވާނެހެން ހީވޭތަ. ގާލްފްރެންޑެއްގެ ގޮތުގައި ނޫޅެވޭނެ. އެންމެ ރަގަޅުވާނީ ފިރިހެނުންނާއި ދުރުގައި އުޅެ ކިޔަވާ ނިމިގެން ރަށަށް ދިޔައީމަ................" ކެމީލާ އިސްޖަހައިލިއެވެ.

ނޯޔާ ކިތަންމެ ބޭނުންވިޔަސް އޭނަ ނާޔަލްއަކާ ނުގުޅޭނެއެވެ. ދިރިއުޅުމަކީ ކުޅޭ ކުޅިވަރެއްކަމަށް ހީކޮށްގެން އުޅޭ މީހުންނަކާއި އަމުދަކުން ގުޅެން އޭނަގެ ޚިޔާލަކުނެތެވެ. ނާޔަލް މަޖަލަކަށް ރައްޓެހިވާނެ އެތައް މިލިއަން އަންހެނުނެއް ދުނިޔޭގައި އެތިބީއެވެ. އަދި އެމެރިކާއިން އެފަދަ ކިތަންމެ ކުދިންނެއް ނާޔަލްފަދަ މުއްސަންޖަކަށް ލިބުމަކީ އެއްވެސް ކަމެއްނޫނެވެ. ނާޔަލްގެ ނެތީ ކޮންކަމެއް ހެއްޔެވެ؟ އެމީހުން ބޭނުންވާނެ ހުރިހާ ސިފަތަކެއް އެކުވެފައިވެއެވެ. ކެމީލާއަށް ނާޔަލްގެ ޓައިޕް ކަމުނުދަނީއެވެ. އޭނައަކީ އެމީހުން ކުޅެން ބަހައްޓާފައި ހުރި ބުދެއްނޫނެވެ. އޭނަ އޭނަގެ އަމިއްލަ ހާލަށް ދޫކޮށްލާށެވެ. ނާޔަލް ކުރި ނުބައި ކަންތައްތައް ހަނދާންވާ ކޮންމެ ފަހަރަކު ކެމީލާގެ ހިތުގައި ނަފްރަތުގެ އާވި އަންދަން ފަށައެވެ. ނާޔަލް އޭނަގެ ލޮލަށް ނުދެއްކެވުމަށް އެދި ދުޢާކުރެވެއެވެ.

ރާއްޖެއަށް ދެވޭކަށްވެސް ނެތެވެ. އެކޮޅުންވެސް އޭނައަށްޓަކާ ދުޝްމިނުންގެ އަނދަވަޅުތަކެވެ. މުޅި އާއިލާ އެކަމުން ސަލާމަތްކުރަން ކޮންމެވެސް ކަހަލަ ހިތްވަރެއްކުރަން ޖެހޭނެއެވެ.

ކައިޒާން މެސެޖްކޮށްލާފައި އެދުނީ ގޭގެ ގޭޓާއި ހަމަޔަށް އައިސްދިނުމަށެވެ. ގެއާއި ކުޑަތަންކޮޅަކަށް ދުރަށް ދެވުނުއިރު ކެމީލާހުރީ ފިނިގަދަވެގެން ރޫރޫއަޅައަޅައެވެ. ތަންކޮޅެއް އާދައިގެ ހެދުމެއް ލައިގެން ހުރެވުނީއެވެ. އެކަން ވިސްނިފާ ކައިޒާން އޭނަ ލައިގެން ހުރި ޖެކެޓް ބާލުވާފައި ކެމިލާ ލައްވާދިނެވެ. ކެމީލާއާއި ދެމީހުން ޖައްސައިލީ އުސްކޮށް ހުރި ދިމާލެއްގައެވެ. ވާދީއެއްހެން ތިރިއަށް އޮތް ދިމާލުގައި އޮތީ ފެހިވިނަގަނޑެވެ.

"މިއީ ރޯލިންގް ހިލްސް.......މިތަނުން ކުޑައިރު އަހަރެމެން ތިރިއަށް ފުރޮޅާލައިގެން ދަން. ވަރަށް މަޖާކަމަކަށްވަނީ.. މިހާރުވެސް ޓްރައިކުރެވިދާނެ..ދެމީހުން އެއްކޮށް........" ކައިޒާން ކެމީލާގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ.

"ނޫން ނޫން ނުކެރޭނެ."

"އައި ނޯ. މެރީނުކޮށް ގައިގޯޅިވާން ބޭނުންނުވާކަން ހަނދާނުގައި ބަހައްޓައިގެން މިހިރީ. އައި ރެސްޕެކްޓް ޔޯ ފީލިންގްސް ލަވް. ވަރަށް އުފާވޭ ދިރިއުޅުމަށް މިކަހަލަ އަންހެންކުއްޖެއް އައީމަ. ޖޫލްވެސް ގިނަ ކަންތައްތަކެއް ދަސްކޮށްފި. ކާން ފަށާއިރު ބިސްމިކިޔާ. ގެއަށް ވަންނައިރު ސަލާމް ގޮވާ. ނިދަން އަރާފައި ޝަހާދަތް ކިޔާ. ދުޢާކުރޭ އިޓްސް ސޯ ކިއުޓް. ކައްމިއަށް އެނގޭތަ. އަހަރެމެން މުސްލިމުންނަށްވެފައި މިތިބީ ހަމަ އެކަނި ނަމެއްގައި . ކިޔެވީ ކްރިސްޓިއަން ކޮލެޖުން. އުޅުނީ އެމީހުންނާއިއެކު އަދި ބެސްޓްފްރެންޑެއްގެ ގޮތުގައި އެހެރަ މާކަސްއަކީވެސް ކްރިސްޓިއަނެއް. ޑޭން ނާޔަލް ޒެވިޔާ ދާނިޔަލް މިއިން އެކަކުވެސް އެހާވަރުން ދީނަށް ނޫޅޭނެ. އެކަމަކު އެންމެންވެސް އަޚުލާގު ރަގަޅު ދީނީ ބައިވެރިން ހޯދަން ވިސްނި. އަހަރެމެންގެ މުޖުތަމައުގެ ގޮތުން ދީނާއި ދުރުން އުޅެވުނީ ދީނާއި ބެހޭ މާބޮޑުކަމެއް ނޭނގޭ. ބަޓް ކުޑައިރުއްސުރެ މަންމަމެން ބުނެދީފައިވޭ އަހަރެމެންނަކީ މުސްލިމުންކަން. ވީ ބިލީވް އިން މެނީ ތިންގްސް. އެކަމަކު ދީނުގައި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކުރެވޭ. ލައިކް ޕްރޭއިން. ރޯދަ ހިފުން.......އެހެންވެކަން ނޭގޭ ނަފްސާނީ މައްސަތައް ބޮޑުވަނީ؟ " ކައިޒާން އަހައިލިއެވެ. ކެމީލާއާއިއެކު ހުރިހާ ވާހަކައެއް ހިއްސާކުރެވުމުން ހިތަށް އަޖައިބެއްފަދަ ހަމަޖެހުމެއްލިބެއެވެ. މޫޑު އެހާވެސް ރަގަޅުވެދެއެވެ.

(ނުނިމޭ...)

ގުޅޭ ޓެގު

ތަފާތު ލޯތްބެއް
infinity loading...
×
DB released 01.