ކަރަންގެ އަންހެނުން ބައިގެން ހިނގައްޖެ

ކާމިޔާބޫ ޓީވީ ޑްރާމާ "ޔޭހޭ މޮހޮއްބަތޭން"ގެ ލީޑު އެކްޓަރު ކަރަން ޕަޓޭލްގެ އަންހެނުން އަންކިތާ ބަރްގަވާ ބައިގެން ހިނގައްޖެ އެވެ.

އަންކިތާ ބައިގެން ދިޔަކަން ދެމަފިރިންގެ ސްޕޯކްސްޕާސަން، އަދި އަންކިތާގެ ބައްޕަ ވެސް ވަނީ އިންޑިއާ ނޫސްތަކަށް ކަށަވަރުކޮށްދީފަ އެވެ.

އަންކިތާ ބައިގެން ދިޔަ އިރު އޭނާގެ ބަނޑަށް ހަތަރު މަހެވެ.

ދެމީހުންގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިީ ކަރަންގެ ދެމަފިރިންނަށް ވަރަށް ހިތްދަތި ދުވަސްކޮޅެއް ކަމަށާއި ހަޤީޤަތް ގަބޫލުކުރަން ކަރަން އާއި އަނިކިތާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.

އަދި ދެމަފިރިންނަށް ޕްރައިވެސީ ދިނުމަށް އޭނާ ވަނީ އެންމެންގެ ކިބައިން އެދިފަ އެވެ.

ކަރަން އާއި އަންކިތާ ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ.

comment ކޮމެންޓް