ގަމާއި ސައުތު އެފްރިކާ އާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ސްރީލަންކަން އެއާލައިންސްއިން ގަމަށް ޖެއްސި ފުރަތަމަ ފްލައިޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

އައްޑޫ ސިޓީގެ ގަމާއި ސައުތު އެފްރިކާ އާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް ސަން އަށް ވިދާޅުވީ މި ދަތުރުތައް މި އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ދަތުރުތައް ފެށުމަށް، ސައުތު އެފްރިކާގެ ޓްރެވަލް އެޖެންސީ އަކުން ރާއްޖެ އައިސް ހޮޓެލްތައް ބަލައި ބުކިންވެސް ހައްދާފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ދަތުރުތައް ކުރާނީ ސައުތު އެފްރިކަން އެއާލައިނުން ކަމަށެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ޝެޑިއުލް ދަތުރުތައް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ސްރީލަންކަން އެއާލައިންސް އެވެ. ސްރީލަންކަން އިން ހަފްތާ އަކު ތިން ފްލައިޓް އައްޑޫ އަށް ބާއްވައެވެ.

ގަން އިންޓަނޭޝަނަލްގެ އެމްޑީ ލަތީފް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަހަރަކު 120 ޕްރައިވެޓް ޖެޓް ޖައްސާ ކަމަށެވެ.

comment ކޮމެންޓް