މައުމޫން ފައުންޑޭޝަނުން ހުޅުވާލި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މައުމޫން ފައުންޑޭޝަނުން ދިން ސްކޮލާޝިޕް ލިބުނު ހަ މީހުންނާ އެކު ރައީސް މައުމޫން ---- ފޮޓޯ: މައުމޫން ފައުންޑޭޝަން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ހިންގަމުންގެންދަވާ މައުމޫން ފައުންޑޭޝަންގެ ފަރާތުން ހުޅުވާލި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މައުމޫން ފައުންޑޭޝަން އިން މިއަދު ނެރުނުު ބަޔާނުގައި ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެ ފައުންޑޭޝަންގެ ފަރާތުން ދެމުންގެންދާ ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މައުމޫން ފައުންޑޭޝަން އިން މި އަހަރު 10 ސްކޯލާޝިޕެއް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެ ފައުންޑޭޝަނުން މި އަހަރު ހުޅުވާލައިފައި ވަނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސިޓީން ފަސް ދާއިރާއަކުން ކިޔެވުމުގެ ފުރުސަތުތަކެވެ. އޭގެ ތެރޭގައި ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް ކޮމްޕިޔުޓާ އެޕްލިކޭޝަން، ބެޗްލާ އިން ބަޔޯ ޓެކްނޮލަޖީ، ބަޔޯ ކެމިސްޓްރީ ޖެނެޓިކްސްގެ އިތުރުން ބެޗެލާ އޮފް ފިޒިއަތޮރޮޕީ އާއި މާސްޓާސް އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ހިމެނެ އެވެ.

ހުޅުވާލި ސްކޯލާޝިޕްތަކަކީ ޕާޝިއަލް ސްކޯލާޝިޕްތަކެއް ކަމަށް ވެސް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.

comment ކޮމެންޓް