އިންޑިއާގެ ރީތީގެ ރާނީއަކަށް ތަމިލް ނާޑޫގެ އަނުކްރީތީ

މިސް އިންޑިއާ 2018 އަނުކްރީތީ---

އިންޑިއާގެ ރީތީގެ ރާނީއަކަށް ތަމިލް ނާޑޫ ސިޓީގެ އަނުކްރީތީ ވާސް ހޮވިއްޖެއެވެ.

"މިސް އިންޑިއާ 2018" ހޮވުމަށް ރޭ މުމްބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަނުކްރީތީއަށް ތާޖް ހަވާލުކޮށްފައިވަނީ އިންޑިއާއަށް މިސް ވޯލްޑްގެ ތާޖު ހޯދައިދީފައިވާ މަނޫޝީ ޗިއްލަރެވެ.

އުމުރުން 19 އަހަރުގެ އަނުކްރީތީއަށް މިސް އިންޑިއާގެ ތާޖް ހަވާލުކޮށްފައިވަނީ ފައިނަލް ބުރުގައި އަނުކްރީތީގެ ވާދަވެރިންނާ ވާދަކޮށްގެންނެވެ. އޭނާ އަކީ ޗެންނާއީގެ ލޮޔޯލާ ކޮލެޖުން ޕްރެންޗް އިން ޑިގްރީ ހާސިލު ކުރަމުން އަންނަ ހުނަރުވެރި ދަރިވަރެކެވެ.

ފައިނަލް ރައުންޑްގައި އަނުކްރީތީއާ ކޮށްފައިވާ ސުވާލަކީ ކާމިޔާބީއާއި ނާކާމިޔާބީގެ ތެރެއިން ހަޔާތަށް އެންމެ ރަނގަޅު ޓީޗަރަކީ ކޮބައިތޯ ކަމަށެވެ.

އަނުކްރީތީގެ ޖަވާބު ވަރަށް ފުރިހަމަ ކަމަށް ގިނަ ބަޔަކު ދެކުނެވެ.

"މި މަގާމަށް އަހަރެން އައިސް މިހުރީ ގިނަ ކަންތައްތަކެއް ތަޖުރިބާކޮށް ނާކާމިޔާބުވެގެން. ނާކާމިޔާބުވާނަމަ އަމާޒާ ހިސާބަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތް ކުރާނެ. ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ހިތްވަރާ ކެތްތެރި ކަމާ އެކީ މަސައްކަތް ކުރާނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނެ. ހުރިހާ ކަމެއް ކަޑައްތު ކުރުމަށް ވަރަށް މަސައްކަތް ކުރަން ޖެހޭ. ގިނަ ހުރަސްތަކެއް ކުރިމަތިވާނެ. ހިސާބަށް ވާސިލުވުމަށް އެހީތެރިކަން ލިބުނީ ހަމައެކަނި މަންމަގެ ފަރާތުން،" އޭނާ ބުންޏެވެ.

އިންޑިއާގެ ރީތީގެ ރާނީ އަކަށް އޭނާ ހޮވުމާއެކު ދެން އޭނާ ތައްޔާރު ވާނީ މިސް ވޯލްޑް 2018 ގައި އިންޑިއާ ތަމްސީލުކުރުމަށެވެ.

މިސް އިންޑިއާގެ ދެވަނައަށް ހަރްޔާނާއަށް ނިސްބަތްވާ މީނާކްޝީ ޗޯދްރީ ހޮވިފައިވާއިރު ތިން ވަނައަށް ގޮސްފައިވަނީ އަންދްރާ ޕްރަދޭޝްގެ ޝްރެއާ ރާއޯ އެވެ.

ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން އެ ހަފްލާގައި ވަނީ ބައިވެރިވެފައެވެ. އަދި ބޮލީވުޑްގެ ބައެއް ތަރިން ވަނީ އެ ހަފްލާގައި އައިޓަމްތައް ހުށަހަޅައިފައެވެ.

comment ކޮމެންޓް