ނޭމާއަށް އަނެއްކާވެސް އަނިޔާވެއްޖެ!

ބްރިޒެލްއާއި ސްވިޓްޒަލޭންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ބްރެޒިލުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތް އިރު، އެޓީމަށް އެންމެ ބޮޑު މާޔޫސްކަމެއް ކުރިމަތިވީ ނޭމާގެ ފިޓްނަސްއާ ދޭތެރޭގައެވެ.

ފެބްރުއަރީ މަހު ޕީއެސްޖީއަށް ކުޅުނު މެޗެއްގައި ފައިގެ ކުޑަހުޅުގެ ކަށިކޮޅެއް ބިންދައިގެން ދިއުމުން ނޭމާ ފައިގެ ސާޖަރީއެއް ހަދާފައިވާ އިރު، އޭނާއަށް ވޯލްޑް ކަޕަށް ފިޓުވެވުނީ ކަނޑައެޅުނު މުއްދަތަށްވުރެ އަވަހަށް ފިޒިއޯގެ މަސައްކަތް ކޮށްގެންނެވެ.

ބްރެޒިލުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު އިރު، އެ މެޗުގައި ނޭމާއަށް ވަނީ ގިނަ އަދަދަކަށް ފައުލް ކޮށްފައެވެ. ބްރެޒިލުން މިއަދު ކުރި ފަރިތަކުރުންތަކުގެ ވަކި ހިސާބަކުން ނޭމާ ޓީމުގެ އެހެން ކުޅުންތެރިން ދޫކޮށްދާތަން ފެނިފައިވާ އިރު، ގިނަ ބަޔަކު ނޭމާގެ ފިޓްނަސްއަށް އިންތިޒާރު ކުރަމުންދެއެވެ.

ބްރެޒިލްގެ ޓީމުން ބުނެފައި ވަނީ ފަރިތަކުރަމުން ދަނިކޮށް ނޭމާގެ ފަޔަށް ތަދެއް އެރި ކަމަށާއި ކުޑަކޮށް ތަދުވި ނަމަވެސް ނޭމާ ފިިޒިއޯ ކައިރިއަށް ދިޔައީ އިތުރު ރިސްކެއް ނުގެމަށް ކަމަށެވެ. އަދި މިއަދު އެއްކޮށް ނޭމާ ފިޒިއޯއާއެކު ހޭދަކޮށް، އޭނާ ދެން ފަރިތަކުރަން ފަށާނީ މާދަމާ ކަމަށްވެސް ޓީމުން ބުނެފައިވެއެވެ.

ބްރެޒިލުން ގްރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގައި ކޮސްޓަ ރީކާއާ ދެކޮޅަށް ނުކުންނަނީ މާދަމާ އަނެއް ދުވަހު ހަވީރުއެވެ.

comment ކޮމެންޓް