އެމްޑީޕީ އެއްފަރާތްކޮށް ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް އިއުލާންކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ އެކުލަވާލާނެ ކެބިނެޓެއް އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ ނުލައި އިއުލާންކޮށްފި އެވެ.

ފޭސްބުކު ލައިވް މެދުވެރިކޮށް އެ ކެބިނެޓް މިއަދު އިއުލާން ކުރެެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

ޖުމްހޫރީ ޕާޓީގެ ޝެޑޯ ކެބިނެޓްގައި އެމްޑީޕީއަށް އެއްވެސް ޖާގައެއް ދީފައިނުވާ އިރު ދެން ހިމެނެނީ އަދާލަތު ޕާޓީ އާއި ރައީސް މައުމޫނަށް ތާއިދު ކުރައްވާ ބޭފުޅުންނެވެ.

1. ރައީސުލްޖުމްހޫރިއްޔާ: ގާސިމް އިބްރާހީމް
2. ނައިބު ރައީސް: ޑރ. މުޙައްމަދު ޖަމީލް އަހުމަދު
3. ފޮރިން މިނިސްޓަރު: ދުންޔާ މައުމޫން
4. ފިނޭންސް މިނިސްޓަރު: ޑރ. މުހުމޫދު ޝައުޤީ
5. ޑިފެންސް މިނިސްޓަރު: އަލީ ވަހީދު
6. ހޯމް މިނިސްޓަރު: އަބްދުﷲ ރިޔާޒް
7. ޓުއަރިޒަމް މިނިސްޓަރު: ކާނަލް މުޙައްމަދު ނާޒިމް
8. ހައުސިން އެންޑް އެންވަޔަރަމެންޓް މިނިސްޓަރު: ޝައިޚް އިމްރާން އަބްދުﷲ
9. އާޓްސް އެންޑް ކަލްޗާ މިނިސްޓަރު: ޔުމްނާ މައުމޫން
10. ޕްލޭނިންގް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު: ޑރ. އަބްދުﷲ މައުސޫމް
11. އިކޮނަމިކް މިނިސްޓަރު: މުޙައްމަދު ރަޝީދު
12. ބަންޑާރަ ނައިބު: ނޫރުއްސަމާލް އަބޫބަކުރު
13. އިސްލާމިކް މިނިސްޓަރު: އަލީ ޒާހިރު
14. އެޑިއުކޭޝަން މިނިސްޓަރު: ޑރ. އާސިމް އަހުމަދު
15. ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ޑރ. އަހުމަދު އިޔާޒް
16. ހެލްތް މިނިސްޓަރު: ޑރ. ޝާހް މާހިރު
17. ޖެންޑާ މިނިސްޓަރު: ސިދާތާ ޝަރީފް
18. ޔޫތު މިނިސްޓަރު: މުޙައްމަދު މަލީހް ޖަމާލް
19. ޓްރާންސްޕޯޓްސް މިނިސްޓަރު: އަމީން އިބްރާހީމް
20. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު: ޑރ. ހުސައިން ރަޝީދު ހަސަން
21. ހިއުމަން ރިސޯސް އެންޑް ލޭބާ މިނިސްޓަރު: އަބްދުﷲ ކަމާލުއްދީން
22. އެންވާރަމަންޓް އެންޑް އެނާޖީ މިނިސްޓަރު: މުޙައްމަދު ފަޔާޒް

ޖުމްލަ 20 ވުޒާރާއެއްގެ މައްޗަށް އެކުލެވޭ ގޮތަށް ގާސިމް އިއުލާން ކުރެއްވި ކެބިނެޓަކީ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓަށް ވުރެ މަތިބަރު ކެބިނެޓެކެވެ. ރައީސް ޔާމީންގެ ކެބިނެޓުގައި ހިމެނެނީ 15 މިނިސްޓަރުންނެވެ.

ގާސިމް މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހަމަޖެއްސުމަށް ހުށަހަޅުއްވާނެ ކަމަށެވެ. ފާރިސް އާއި އެކު މަޖިލީހުގެ ނައިބު ރައީސަކަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ނަން ހުށަހަޅާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކެބިނެޓަކީ އެ ޕާޓީއާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ލަފާކުރެވޭ ބޭފުޅުން ހިމަނައިގެން އެކުލަވާލާފައިވާ ކެބިނެޓެއް ކަމަށެވެ.

comment ކޮމެންޓް