ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ޝޫޓިން ފަށައިފި

ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކުޅަދާނަ އެއް ބަތަލާ، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ޝޫޓިން ފަށައިފި އެވެ.

ރ. އިނގުރައިދު އަށް އިއްޔެ ބައެއް ތަރިން ފިލްމުގެ ޝޫޓިންނަށް ވަނީ ފުރައިފަ އެވެ.

ވަރުގަދަ ކާސްޓަކާ އެކީ ފިލްމުގެ ޝޫޓިންނަށް އިއްޔެ ގިނަ ތަރިންތަކެއް ފުރި އިރު ނިއުމާ ސަން އަށް ބުނީ ރ. އަތޮޅުގެ އުނގޫފާރުގައި ވެސް ފިލްމުގެ ބައެއް މަންޒަރުތަކެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޫމިން ފުއާދުގެ ޑައިރެކްޝަނަކަށް އުފައްދާ އެ ފިލްމުގެ ހުރިހާ އިންޑޯ މަންޒަރެއް ނަގާނީ އިނގުރައިދޫގަ އެވެ.

"ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެ 25 ދުވަހުން. ހުރިހާ އިންޑޯ މަންޒަރުތަކެއް އިނގުރައިދޫގައި ނަގާގޮތަށް އޮތީ. އުނގޫފާރުގައި ވެސް މަންޒަރެއް ނަގާގޮތަށް. މާލޭގައި އައުޓްޑޯ މަންޒަރުތައް،" ކާމިޔާބު ބަތަލާ ސަން އަށް ބުންޏެވެ.

އެ ފިލްމުގެ ރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީ އެވެ.

"މި ފިލްމަކީ އަޅުގަނޑަށް އަޅުގަނޑުގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ފިލްމެއް. ފަހަރެއްގައި މިދާއިރާއަށް ވެސް ވަރަށް ހާއްސަ ފިލްމަކަށް ވެދާނެ. މިއީ އަޅުގަނޑު އެކްޓަރެއްގެ ގޮތުގައި ފެންނަ ފަހު ފިލްމު. ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމަކަށް މި ފިލްމް ވެގެންދާނެ،" ނިއުމާ ކުރިން ބުނެފައިވެ އެވެ.

comment ކޮމެންޓް