ޝިލްޕާ ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފި

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ---

ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ، ދެވަނަ ދަރިފުޅަށް ބަނޑުބޮޑު ކަމަށް ދެކެވެމުންދާ ވާހަކަ އަށް އޭނާ ރައްދު ދީފި އެވެ.

ޝިލްޕާ ހޮސްޕިޓަލްގެ ލެބޯޓްރީއެއްގެ ތެރެއިން ނުކުންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުން ގިނަ ބަޔަކު އަންނަނީ އޭނާ ބަނޑުބޮޑުތޯ ސުވާލުކުރަމުންނެވެ.

އެ ސުވާލަށް ޖަވާބު ދޭން ބަތަލާ ކުރި ޓްވީޓްގައި ބުނެފައި ވަނީ އެކަހަލަ އެއްވެސް ކަމެއް ނުވާ ކަމަށެވެ. "ހެލްތު ޗެކް ކޮށްލަން ދިޔައީ. ޗެކަޕެއް ހަދާލަން. އެއްވެސް ހާލަތެއްގައި ބަނޑުބޮޑުވެގެނެއް ނޫން. ހުރިހާ އެންމެން ވެސް ބޮޑީ ޗެކަޕް ވާނެ ހަދަން،" އޭނާ ކުރި ޓްވީޓްގައި ބުންޏެވެ.

އުމުރުން 43 އަހަރުގެ ޝިލްޕާގެ ހަ އަހަރުގެ ފިރިހެން ކުއްޖަކު ހުރެ އެވެ.

ޝިލްޕާ ބޮލީވުޑަށް ތައާރަފްވީ ޝާހްރުކް ޚާން އަދި ކާޖޮލް އާ އެކީގަ އެވެ. އެއީ 1993 ވަނަ އަހަރުގަ އެވެ.

"ބާޒީގަރް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ވަނީ ގިނަ އަދަދެއްގެ ފިލްމާއި ލަވަ ކުޅެދީފަ އެވެ.

ދަޅްކަން، މޭކިލާޅީ ތޫ އަނާރީ، ރިޝްރޭ، ޕިރް މިލޭނގޭ ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ޝިލްޕާ ފަހަކަށް އައިސް ފެންނަނީ ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް