އުރީދޫގެ "އެންޖޯއި ދަ އިންޓަނެޓް" ކެމްޕެއިނުގައި މެސީއާއެކު ދުވުންތެރިޔާ އާތިފް!

އުރީދޫގެ އައު ކެމްޕެއިން "އެންޖޯއި ދަ އިންޓަނެޓް" ކެމްޕެއިންގެ މަންޒަރެއްް

އެ އިސްތިހާރު ފެށިގެން އަންނަ އިރު ފުޓްބޯޅަ ތަރި އަދި އުރީދޫގެ ބްރޭންޑް އެމްބެސެޑާރ ލިއޮނަލް މެސީ އިންނަނީ ފުރަން އައިސް އެއާޕޯޓެއްގެ ވެއިޓިންގ އޭރިއާގައެވެ. އެތާ އިނދެ ފޯނާ ކުޅެން ފަށައެވެ. ފޯނުން ފެންނަނީ ދުނިޔޭގެ އެންމެ ވަރުގަދަ މުވާސަލާތީ ކުންފުނި އުރީދޫގެ ލޯގޯއެވެ. އެ ލޯގޯ އެރުމަށްފަހު ދެން ފެންނަނީ މެސީގެ އެނިމޭޓެޑް ކެރެކްޓާއެކެވެ.

އެއާއެކު ކުއްލިއަކަށް ފެންނަނީ ރާއްޖޭގެ ކާމިޔާބު ދުވުންތެރިއާ އަހްމަދު އާތިފް (އާތި) ސެލްފީއެއް ނަގާ މަންޒަރެވެ. އޭނާ ސެލްފީ ނަގަމުން ދަނިކޮށް ފަހަތުން މެސީ ފެންނަން ހުރެއެވެ. މިއީ އުރީދޫއިން އާންމު ކުރި "އެންޖޯއި ދަ އިންޓަނެޓް" ކެމްޕެއިނާ ގުޅުގެން ނެރުނު އިސްތިހާރުގެ ފުރަތަމަ ބައިގައި ފެންނަ މަންޒަރެވެ.

މި ކެމްޕެއިންގައި އުރީދޫއިން ދައްކައިދޭން ބޭނުންވަނީ އިންޓަނެޓްގެ ބޭނުންތެރިކަމާއި އެއީ ކިހާ މަޖާ ކަމެއް ކަމެވެ. އަދި އިންޓަނެޓްގެ ބޭނުން ހިފައިގެން މުނިފޫހިފިލުވަން ކުރެވިދާނެ ކަންކަމެވެ. އެ އިސްތިހާރުގައި މެސީ ވަނީ ހޮލީވުޑްގެ މޮޅު އެކްޝަންސްއާއި ބޮލީވުޑްގެ ނެށުން ވެސް ދައްކާލަފައެވެ. މީގެ އިތުރުން ޑިޖިޓަލް ވޯލްޑްގެ ތެރެއިން އޮންލައިންކޮށް ވިޔަފާރި ކުރުމާއި ސޯޝަލް މީޑިއާގެ ފަހިކަމާއި އަދި އެކަކު އަނެކަކުގެ ދިރިއުޅުން އުރީދޫ ޑިޖިޓަލް ވޯލްޑް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ގޮތް ދައްކުވާދީފައެވެ.

އެ އިސްތިހާރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫގެ އެމްބެސެޑަރުންނާއި ސޯޝަލް މީޑިއާގައި މަޝްހޫރު މީހުން ފެނިގެންދާއިރު އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރު އާތިފްއަށް އިސްތިހާރުން ފުރުސަތު ލިބުމާއި ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ ލިއޯ މެސީއާ އެކު ކުރިއަށްގެންދިޔަ މި ކެމްޕެއިނުގައި، އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރ އަހުމަދު އާތިފް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީލިބުނު އުފަލެއް ކަމަށެވެ.

"އާތިފްއަކީ ރާއްޖޭގެ ގިނަބައެއްގެ މަގްބޫލުކަންލިބިފައިވާ، އައު ކަންތައްތަކާއި ކުރިމަތިލާން ވަރަށް ކެރޭ އެތްލީޓެއް. އަދި މި ކެމްޕެއިނަށް، ޚާއްސަގޮތެއްގައި ޗެކްރިޕަބްލިކްގެ ޕްރާގް އާއި ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ ޝޫޓިންގެތެރޭގައި، އާތިފްގެ ފަރާތުން ލިބުނު އެއްބާރުލުމަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން." ނިޔާޒް މިއަދު "ސަން"އަށް ވިދާޅުވިއެވެ.

އެ ކެމްޕެއިނާއި ގުޅޭ ގޮތުން މެސީ ބުނެފައިވަނީ މިއީ ވަރަށް ފުރިހަމަ ކެމްޕއިނެއް ކަމަށާއި މި ކެމްޕއެިން ތެރެއިން ޑިޖިޓަލް ވޯލްޑްގެ މަޖާކަމައި ފުރިހަަކަން ފެނިގެންދާނެ ކަމަށެވެ. މެސީ ބުނެފައިވަނީ އުރީދޫ ނެޓްވޯކްގެ ތެރެއިން އެ ކުންފުނިންވަނީ މުނިފޫހި ފިލުވުމާއި އުފާވެރިކަން އިނގިލިތަކުގެ ކުރިއަށް ގެނެސްދީފައި ކަމަށާއި މި ކެމްޕެއިންގެ ސަބަބުން އިތުރު ބަޔަކަށް އުރީދޫގެ ޑިޖިޓަލް ވޯލްޑް ތަޖުރިބާކުރުމަށް ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް