ރައީސްގެ ދެކަނބަލުން އީދު ހަދިޔާ ބައްސަވަނީ

ރައީސްގެ ދެ ކަނބަލުން ދެއްވާ އީދު ހަދިޔާ ތައްޔާރު ކުރުމުގައި މެމްބަރުން، އަދި ބައެއް ބޭފުޅުން ހަރަކާތްތެރިވަނީ-- ފޮޓޯ/ ޓްވީޓާ

ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުންގެ ފަރާތުން މާދަމާ އީދު ހަދީޔާ ބައްސަވާ ގޮތަށް މަޖައްސައިފި އެވެ.

އީދު ހަދީޔާ ބައްސަވާނީ ރައީސްގެ ދެ ކަނަބަލުން ކުރިއަށްގެންދާ އީދު ސަލާމް ކުރެއްވުމަށް ފަހު އެވެ. އީދު ސަލާމް ކުރުން އޮންނާނީ އީދު ނަމާދަށް ފަހު ހެނދުނު 9:00 އިން 10:00 އަށް ރަސްރަނި ބަގީޗާގަ އެވެ.

ރައީސްގެ ދެ ކަނބަލުން ދެއްވާ އީދު ހަދިޔާ ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވަނީ ވިދާޅުވެފަ އެވެ. އެ ހަދިޔާތަކަކީ ސިޔާސީ އެއްވެސް މަގުސަދެއް އޮވެގެން ބަހާ އެއްޗެއް ނޫން ކަމަށާއި އެއީ އިޖްތިމާއީ ކަމެއްގެ ގޮތުގައި ކުރިއަށްގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސްގެ ދެ ކަނބަލުން ދެއްވާ އީދު ހަދިޔާގައި އާއިލާތަކަށް އަދި ކުޑަކުދިންނަށް ބޭނުން ކުރެވޭ ފަދަ އެއްޗެހި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީދު ހަދިޔާ ތައްޔާރު ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑީއާގައި ދައުރުވަމުންދާއިރު އެ ހަދިޔާތައް ތައްޔާރުކުރުމުގައި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން އަދި ކުންފުނިތަކުގެ އިސްވެރިންދަނީ ބައިވެރިވަމުންނެވެ.

comment ކޮމެންޓް