އަމީތު، އިންތި، ފައިސަލް އަދި އަލީ ނަޒީރުގެ މައްސަލަ ފައިލްކޮށްފި

އަލީ ނަޒީރު، އިމްތިޔާޒް ފަހުމީ، މުހަންމަދު އަމީތު އަދި ފައިސަލް ނަސީމްގެ މައްސަލަ ފުލުހުން ވަނީ ފައިލް ކޮށްފައި-- ސަން ފައިލް ފޮޓޯ

މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މަޑުއްވަރީ ދާއިރާގެ މެންބަރުު މުހަންމަދު އަމީތު އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރުގެ މައްސަލަ ފުލުހުން ފައިލް ކޮށްފިއެވެ.

އެ މައްސަލަ ފުލުހުން ފައިލް ކޮއްފައިވަނީ ޕީޖީއިން ދައުވާ ނުކުރަންނިންމައި ފޮނުވާލާފައިވާތީ އެވެ.

މިކަންވަނީ ޕީޖީ އޮފީހުގެ އޮފިސަލަކު "ސަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މި ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުއްލި ހާލަތު އިއުލާންކޮށްފައިވަނިކޮށް މ. ކުނޫޒްގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި މީހުން މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެވެ.

އެ މަައްސަލާގައި ކުރިން އެމީހުންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވެއެވެ.

comment ކޮމެންޓް