މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން: ޖެންޑާ

މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނި--

މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 108 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 37 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ޖެންޑަ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ ބާވަތްތަކުގެ ތެރެއިން ޖިސްމާނީ ހާނިއްކައިގެ 30 މައްސަލަ އަކާއި އިހުމާލުވުމުގެ 20 މައްސަލައިގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ނުވަ މައްސަލައާއި ނަފްސާނީ ހާނީއްކައިގެ ހަ މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލައިގެ އިތުރުން ކުދިންގެ ޖިންސީ ނާޖާއިޒު ފައިދާ ނެގުމުގެ އެއް މައްސަލަ ހިމެނޭ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 9 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 7 މައްސަލައާއި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް