ރައީސްގެ އީދު ސަލާމް ކުރެއްވުން ރަސްރަނި ބަގީޗާގައި

މީގެ ކުރިން ބޭއްވި އީދު ސަލާމު ކުރުމުގައި ކުޑަކުއްޖަކު ސަލާމް ކުރައްވަނީ--- ފޮޓޯ: ރައީސް އޮފީހުގެ ތަރުޖަމާނު/ޓްވިޓާ

ރައީސްގެ ދެކަނބަލުން ބާއްވަވާ އީދު ސަލާމްކުރެއްވުން ފިތުރު އީދު ދުވަހު ރަސްރަނި ބަގީޗާގައި އޮންނާނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އީދު ސަލާމްކުރައްވާނީ އީދު ދުވަހު ހެނދުނު ނުވަޔަކުން 11އަށް ކަމަށެވެ.

އީދު ސަލާމުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރި ވެވޭނެ ކަމަށާއި ކުޑަކުދިންނާއެކު ވީހާވެސް ގިނަ އާއިލާތަކުން އީދު ސަލާމުގައި ބައިވެރި ވުމުގެ ދައުވަތު ރައީސްގެ ދެކަނބަލުން ދެއްވާ ކަމަށް ތަރުޖަމާނުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ފިތުރު އީދާއި އަޟްހާ އީދާ ދިމާކޮށް ރައީސްގެ ދެކަނބަލުން އީދު ސަލަމް ކުރައްވައެވެ. އަދި އީދު ސަލާމުގައި އާންމުންގެ ގިނަ ބަޔަކު ބައިވެރިވެސް ވެއެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު އީދު ދިމާވަނީ މި ހަފްތާގެ ހުކުރު ދުވަހާއެވެ.

comment ކޮމެންޓް