ފޭސްބުކް ނޮޓިފިކޭޝަން އިންސްޓަގްރާމަށް، ޔޫޒަރުން ރުޅިގަދަވަނީ

އިންސްޓަގްރާމުގެ އެންމެ ފަހުގެ އަޕްޑޭޓަކީ އިންސްޓަގްރާމު ބޭނުންކުރާ މީހުން މާ ގަޔާވާ އަޕްޑޭޓަކަށް ނުވިއެވެ.

ޕޭރެންޓް ކުންފުނި ފޭސްބުކްގެ ނޮޓިފިކޭޝަންތައް ވެސް އިންސްޓަގްރާމަށް އަންނަ މި އަޕްޑޭޓު ލިބުނު މީހުން މިހާރު ތިބީ ރުޅިގަދަވެފައެވެ.

އިންސްޓަގްރާމުގައި ފޭސްބުކްގެ އައިކަން އާއެކު ފޭސްބުކްއަށް ނޮޓިފިކޭޝަން އަންނަ ކަން އިންސްޓަގްރާމު މެދުވެރިކޮށް އަންގައިދެއެވެ. ފޭސްބުކް އައިކަން އަށް ފިތާލުމުން ފޭސްބުކް އެޕްލިކޭޝަން ހުޅުވޭއިރު ފޭސްބުކް އާ ކިންކް ނުކޮށް ހުންނަ މީހުންގެ ޕްރޮފައިލުން ފެންނަ އައިކަން އަށް ފިއްތާލުމުން ފޭސްބުކް ހުޅުވަން ބޭނުންވާކަމަށްބުނެ ނޮޓިފިކޭޝަނެއް އާދެއެވެ.

ހަބަރުތައް ބުނާގޮތުން މިއީ އިންސްޓަގްރާމުން "ޓެސްޓަކަށް" ކުރި ކަމެކެވެ. މިއީ ދާއިމީކޮށް ހުރިހާ ޔޫޒަރުންނަށް ލިބޭނެ ފީޗާ އެއް ކަމެއް އަދި ނުބުނެއެވެ.

މި އަޕްޑޭޓާމެދު ގިނަ މީހުން ހިތްހަމަ ނުޖެހި، އެކަމާމެދު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ޓްވީޓާގައި އެކަމާމެދު ހިތްހަމަ ނުޖެހުން ފާޅުކުރި މީހަކު ބުނީ ފޭސްބުކް ޑިލީޓްކޮށްލިތާ މަސްދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އެކަމަކުވެސް ފޭސްބުކްގައި ތިބި ރައްޓެހިންގެ ހަބަރުތައް ދޭން އިންސްޓަގްރާމުން އެބަ ބޭނުންވާ ކަމަށެވެ.

comment ކޮމެންޓް