ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

ހުޅުމާލެ އެކްސިޑެންޓުގައި މަރުވި މުހައްމަދު ސޮބާހު ހުސައިން ---

ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވީ މީހާ މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވީ މަގުމަތިން ހިނގާފައިދިޔަ 24 އަހަރުގެ ޒުވާނެކެވެ. މަރުވިއިރު އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދިޔައީ ފަރުވާ ދެމުންނެވެ. އެކްސިޑެންޓްގައި އޭނާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ''ސަން'' އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް އެ ހިސާބުގަނޑުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. އެ ހާދިސާގައި މަރުވީ އެ ހިސާބުން ހިނގަފައި ދިޔަ ޒުވާނާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި މަރުވި މުހައްމަދު ސޮބާހު ހުސައިން ---

އެ ހާދިސާގައި އަނިޔާވި 18 އަހަރުގެ ދެެ ޒުވާނުންނަށްވެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އަނެއް ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ މީޑީއާ އޮފިޝަލް އާޝިޔާ ސާލިހް ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ ޒުވާނުންގެ ހާލު ސީރިއަސް ނޫން ކަމަށެެވެ.

comment ކޮމެންޓް