ވަށަފަރު ބޭރުތޮށީގެ މަސައްކަތް ނިންމާލައިފި

ހއ. ވަށަފަރު ބަނދަރު -- ފޮޓޯ/ އެމްޓީސީސީ

ހއ. ވަށަފަރު ބޭރު ތޮށީގެ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

މި މަސައްކަތާ ގުޅޭ ގޮތުން އެމްޓީސީސީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ހެޑް ރިޓަޔާޑް ކޮމިޝަނަރ އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވިދާޅުވީ އެ ރަށުގައި ކުރަން ހަވާލު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ބޭރު ތޮށްޓަށް އިތުރުކުރެވުނު ބައި ހަދާ ނިންމާފައިވާ ކަމަށާއި ދެން ކުރިއަށްދާނީ ފަޅު ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.

ހުޝާމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ނެރު ބައްތި ބެހެއްޓުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމައި ސަރުކާރާ ހަވާލުކުރެވޭނެ ކަމަށެވެ.

ވަށަފަރު ބަނދަރު ހެދުމުގެ މަޝްރޫއުއަށް ސަރުކާރުން ވަނީ ޖުމްލަ 36،002،544.75 (ތިރީސް ހަ މިލިއަން ދެހާސް ފަސް ސަތޭކަ ސާޅީސް ހަތަރު ރުފިޔާ ހަތްދިހަ ފަސް ލާރީ) ހަރަދުކޮށްފައެވެ.

comment ކޮމެންޓް