އައްޑޫގައި އަންހެނެއްގެ މައްސަލާގައި ދެ ބައެއްގެ މެދުގައި މާރާމާރީ ހިންގައިފި

މާރާމާރީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި -- ޕޮލިސް ފައިލް ފޮޓޯ

އައްޑޫ ސިޓީ ހިތަދޫގައި ގުރޫޕަކުން ގެއަކަށް ވަދެ މާރާމާރި ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ އެފަދަ ރިޕޯޓެއް މިރޭ ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިނގީ އަންހެނެއްގެ މައްސަލައިގައެވެ. ޒަހަމްވި ޒުވާނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ވަނީ ލިބޭގޮތް ނުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި މައްސަލާގައި ހިމެނޭ ގުރޫޕުން ގެއަކަށް ވަދެ ހިންގި މާރަމާރީގައި އެ ގޭގެ ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އިތުރު ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫގައި މާރާމާރީއެއް ހިންގި އިރު މިރޭ ވަނީ ގއ. ދާންދޫގައި ވެސް ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.

comment ކޮމެންޓް