ވޯލްޑް ކަޕާ ދިމާކޮށް އެސްޓީއޯ އިން ޚާއްސަ ޕްރޮމޯޝަނެއް

ވޯލްޑް ކަޕާ ދިމާކޮށް އެސްޓީއޯ އިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި --- ފޮޓޯ: އެސްޓީއޯ

މިމަހު ރަޝިއާގައި ބާއްވާ ވޯލްޑްކަޕާ ދިމާކޮށް އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ވޯލްޑް ކަޕް ފެސްޓް"ގެ ނަމުގައި މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ އިލެކްޓްރޯނިކްސް އަދި ރީޖަނަލް ފިހާރަތަކުން ކުރާ ކޮންމެ 500 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ޕްރޮމޯޝަން ނިމުމުން ބާއްވާ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް އެސްޓީއޯ އިން ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން އެއްވަނަ އަށް 50،000 ރުފިޔާގެ އަގު ހުރި ޑެލްގެ އޮޕްޓިޕްލެކްސް ކޮމްޕިއުޓަރު ސިސްޓަމްއަކާއި ޑެލް ކާވްޑް މޮނީޓާ އަދި ޖޭބީއެލް ސައުންޑް ބާ އެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ދެވަނައަށް ހޮވޭފަރާތަކަށް ޖުމްލަ 30،000 ރުފިޔާގެ އަގުހުރި ހިޓާޗީ 65 އިންޗި ޓީވީ، ޖޭބީއެލް ސައުންޑް ބާ އަދި އެސްޖޭ ކެމްގެ އެކްޝަން 4k ކެމެރާ އެއް އަދި ތިންވަނަ އަށް ހޮވޭފަރާތަކަށް 20،000 ރުފިޔާގެ އަގުހުރި ވާވޭ މޭޓް 10 ޕްރޯ ފޯނަކާއި އެޑިފަޔާ ސްޕީކަރެއް ލިބޭނެ ކަމަށް އެސްޓޯ އިން ބުންޏެވެ.

މީގެ އިތުރުން ބައްލަވައި ގަންނަވާ ކޮންމެ ޕްރޮޖެކްޓަރަކާ އެކު 24 އިންޗީގެ ފިލިޕްސް ޓީވީއެއް ވެސް މި ޕްރޮމޯޝަނުގެ ދަށުން ލިބޭނެ އެވެ.

މިޕްރޮމޯޝަން އަށް ހާއްސަކޮށްގެން އެސްޓީއޯ އިލެކްޓްރޯނިކްސް އާއި ރީޖަނަލްސް ފިހާރަތަކުގައި ވިއްކާ މުދާ އަގުހެޔޮކޮށްފައިވާ އިރު، ވޯލްޑް ކަޕް އަށް ޚާއްސަ ކޮށް ޓީވީ އަދި ޕްރޮޖެކްޓަރު ވެސް ހެޔޮ އަގެއްގައި ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް