ހުޅުމާލޭގައި ދެވަނަ އެކްސިޑެންޓެއް ހިނގައި، އެކަކުގެ ހާލު ސީރިއަސް

ހުޅުމާލޭ މަގެއްގެ މަތި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ޒަޚަމްވެ އެކެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

ހުޅުމާލޭގައި މިރޭ 9:00 އެހައިކަންހާއިރު އެކްސިޑެންޓެއް ހިނގައިގެން ދެ މީހަކު ޒަޚަމް ވެގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަން ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވަނީ "ސަން" އަށް ކަށަވަރު ކޮއްދެއްވާފައެވެ.

އާޝިޔާ ވިދާޅުވީ އެ އެކްސިޑެންޓުގައި ދެމީހުން ޒަޚަމް ވެފައި ވާކަމަށާއި އެކެއްގެ ހާލު ސީރިއަސް ކަމާށެވެ.

މިއީ ހުޅުމާލޭގައި މިއަދު ހިނގި ދެވަނަ އެކްސިޑެންޓެވެ. ފުރަތަމަ ހިނގި އެކްސިޑެންޓުގައި ދުވަސް ވީ މީހަކަށް ސީރިއަސް އަނިޔާ ތަކެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް