ރޯދަ މަހު ބަރުދަން އިތުރުވިޔަ ނުދިނުމަށް ސަމާލުވޭ!

ރޯދަ މަހަކީ ބައެއް މީހުންގެ ބަރުދަން ވަރަށް ބޮޑުތަން އިތުރުވެގެންދާ މަހެކެވެ. ރޯދަ މަހުގެ ކެއިން ބުއިމުގެ ކަންތައް ހުންނަ ގޮތުން ހަށިގަނޑަށް ދޭންވާ ސަމާލުކަން އެންމެ އެދެވޭ ގޮތުގައި ނުދެވެއެވެ. ނަމަވެސް ބަރުދަން ކޮންޓްރޯލުނުވެ، އަރައިގެން ދިއުން ހުއްޓުވުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. ސިއްހަތަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީއެވެ.

ރޯދަ ވީއްލާ ވަގުތު ކެއުން ކޮންޓްރޯލު ކުރާށެވެ. މަދުން ކެއުމަކީ ހަށިގަނޑަށް ކެލޮރީ އެތެރެވާ މިންވަރު މަދުކޮށްދޭނެ ކަމެކެވެ.

ރޯދަ ވީއްލާ ވަގުތުން ފެށިގެން ހާރު ކެއުމާ ހަމައަށް ކެއުން ކޮންޓްރޯލު ކުރާށެވެ. މި ވަގުތުގައި މާގިނައިން ކެއުމަކީ މީހާ ލޮޑުވެ ހެލިފެލިވެ އުޅެން ދަތިވާނެ ކަމެކެވެ. މީގެ އިތުރުން މާ ތެޔޮ ގިނަ ކާނާ އާއި ކެލޮރީ ގިނައިން އެކުލެވޭ ކާނާ ރޯދަ މަހު ކާނަމަވެސް ބަރުދަން އިތުރުވެ ހަށިގަނޑު ފަލަވާނެއެވެ. އެހެންކަމުން، މިފަދަ އާދަތަކުން ދުރުވުން މުހިއްމެވެ.

ރޯދައަށް ނުހުންނަ ވަގުތުތަކުގައި އަބަދު ކެއުމުގެ ބަދަލުގައި ކޮންމެވެސް އެހެން ކަމެއްގައި ޝާމިލުވާށެވެ. ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަށް ސަމާލުވާށެވެ. ކެއިން ބުއިމުގައި ހަށިގަނޑަށް ފައިދާހުރި ކާނާއާއި ބުއިންތައް ހިޔާރު ކުރާށެވެ. ރޯދަމަސް ނިމޭއިރު ސިއްހަތަށް ބުރަކަމެއް ނާންނާނެއެވެ.

comment ކޮމެންޓް