މެލޭޝިއާގައި އުޅޭ ދިވެހިންނަށް ބޭއްވި ގުރުއާން މުބާރާތުގެ އެއްވަނަ އުމްނާއަށް

މެލޭޝިއާގައި އުޅޭ ދިވެހިންނަށް ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓުވިޓާ

މެލޭޝިއާގައި އުޅޭ ދިވެހިންނަށް އަމާޒުކޮށްގެން އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ ފާތިމަތު އުމްނާ ބިންތި މުހައްމަދު ހޯދައިފިއެވެ.

"މޯލްޑިވްސް ރަމަޟާން ގުރުއާން މުބާރަތު"ގެ ނަމުގައި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ބޭއްވި އެ މުބާރާތުގައި އެއްވަނައަށް ހޮވުނު އުމްނާއަށް ވަނީ އިނާމެއްގެ ގޮތުގައި ތައްޓާއި މެޑަލްގެ އިތުުރުން 750 މެލޭޝިއާ ރިންގެޓާއި އަދި ހަނދާނީ ލިޔުން އަރުވައިފައެވެ.

އެ މުބާރާތުން ދެވަނައަށް މަރިޔަމް އަމްނާ ބިންތި މުހައްމަދު ހޮވިފައިވާ އިރު، ތިންވަނަ ހާސިލްކޮށްފައިވަނީ މާޔަން ބިންތި މުހައްމަދު ސާލިހެވެ.

މެލޭޝިއާގައި އުޅޭ ދިވެހިންނަށް ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޓުވިޓާ

ގުރުއާން މުބާރާތް ބާއްވައިފައިވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންގެ ތެރެއިން އުމުރުން 15 އަހަރުން ދަށުގެ ދަރިވަރުންނަށެވެ. އެ މުބާރާތުގައި 15 ދަރިވަރުން ބައިވެރިވިއެވެ.

ހިތުން ކިޔެވުމާއި ބަލައިގެން ކިޔެވުމުގެ ފަސް ކެޓަގަރީއަކަށް ބަހާލައިގެން ބޭއްވި އެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ މެލޭޝިއާގައި ކުޑަކުދިންނަށް ގުރުއާން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ދެ އުސްތާޒުން ކަމަށްވާ މުހައްމަދު އަމީން އަދި ޒަކަވާން ބިން އަބްދުއްރައްޒާގު ބިން އަލް ހަލަބީއެވެ.

comment ކޮމެންޓް