މޫސުން އަދިވެސް ގޯސް، ހއ. އިން ވ. އަތޮޅާ ދެމެދަށް ވައިޓް އެލާޓް

ރާއްޖެއަށް އަދިވެސް މޫސުން ރަނގަޅު ނުވާކަމަށް މެޓް އޮފީހުން ބުނޭ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދުވެސް މޫސުން އިތުރަށް ގޯސްވެދާނޭ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ވައިޓްއެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ، މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 15:00އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނޭ ކަމަށެވެ. އެގޮތުން، އެލާޓް ނެރެފައިވާ ވަގުތުގައި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްގަޑިއަކު އެވްރެޖްގޮތެއްގައި 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ބުނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާ ކަމަށެވެ.

ވައިގަދަވެ ކަނޑުތައް (ހާއްސަކޮށް އުތުރާއި މެދުތެރޭގައި) ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ވެސް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް