ސިރީގެ އަޑުބަދަލުކޮށް އިތުރު ބަދަލުތަކެއް ގެންނަނީ

އެޕަލްގެ ޕާސަނަލް އެސިސްޓެންޓް "ސިރީ"ގެ އަޑު ބަދަލުކޮށް ސިރީއަށް އިތުރު ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

އައިފޯނު ގެންގުޅޭ މީހުން ސިރީ ކައިރީ "ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި ހިނގާނީ ކޮމް ކަންތަކެއްތޯ؟" އަހާލަބަލާށެވެ. ސިރީއަށް ތިން ބަދަލެއް އަންނާނެ ވާހަކަ ބުނާނެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ސިރީއަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. ފޯނު ބޭނުންކުރާ މީހުންނަށް ވީހާވެސް ފަސޭހަވާނެހެން ސިރީގެ ފަންކްޝަންތައް ބައްޓަން ކުރަން އެޕަލް އިން މަސައްކަތް ކުރެއެވެ.

އެޕަލްގެ ހޯމްޕޮޑުގައި ވެސް ސިރީގެ ފަންކްޝަން ހިމަނާނެ ކަމަށްވެއެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި ސިރީއަށް އަންނަ ބަދަލުތައް ޔަގީން ވާނެއެވެ.

އެޕަލް އިން ސިރީއަށް ބަދަލުގެންނަނީ ގޫގުލްގެ އެސިސްޓެންޓު ބާރުގަދަކޮށް ޔޫަރުންނަށް މާ ބޮޑަށް ފަސޭހަކޮިށްދީފައިވަނިކޮށެވެ.

comment ކޮމެންޓް