މޭޑޭގައި ފުލުހަކަށް ހަމަލާދީގެން ޖަލަށްލީ ލަބާން، މިިނިވަންކޮށްފި

މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށް ލީ ލަބާން: ލަބާނަށް ރައީސް ޔާމީން ވަނީ މާފުދެއްވައި މިނިވަން ކޮށްފައި ---

މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށްލާފައިވާ، އީގަލްސްގެ ކުރީގެ ޒުވާން ގޯލް ކީޕަރު އިބްރާހިމް ލަބާން ޝަރީފް، ޕެރޯލް ގާނޫނުގެ ދަށުން ޝަރުތަކެއް ކުރިމަތިކޮށް މިނިވަން ކޮށްފިއެވެ.

ލަބާނަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ލަބާން މިނިވަން ކުރީ ޖަލު ހުކުމުގެ ތިން އަހަރު ފުރިހަމަ ކުރުމުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް އަހްމަދު ލުގުމާން ސަންއަށް ވިދާޅުވީ، ލަބާން ޖަލުން ދޫކޮށްލާފައި ވަނީ، ޕެރޯލް ގާނޫނުގެ ދަށުން ޝަރުތުތަކަކާ އެކު ކަމަށެވެ. ނަމަވެސް އެ ޝަރުތުތައް މިވަގުތު ހާމަކުރެވެން ނެތްކަމަށް ވިދާޅުވިއެވެ.

ލަބާން ހައްޔަރުކޮށްފައި ވަނީ އޭނާގެ އުމުރުން 19 އަހަރުގަ އެވެ. ޖަލަށްލީ އިރު ލަބާން އަކީ މޮޅު ގޯލް ކީޕަރެއް ނަމަވެސް ޖަލަށް ލީ ފަހުން އޭނާ ބުނެފައި ވަނީ ފުޓުބޯޅަ ނުކުޅޭނެ ކަމަށެވެ.

ޖަލުގައި ލަބާން ހޭދަ ކުރި ދުވަސްވަރު ލަބާންއަކީ މާފުށީ ޖަލުގެ އިމާމުގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޖަލަށްލީ އިރާ އަޅާ ބަލާއިރު ލަބާނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އާއިލާއިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ލަބާންގެ އިތުރުން މޭޑޭގައި ޖަލަށްލީ މީހުންގެ ތެރޭން ނާސިރާ އަލީއަށް ވެސް ރައީސް ޔާމީން މިދިޔަ އަހަރު ވަނީ މާފު ދެއްވައި މިނިވަން ކޮށްދީފަ އެވެ.

comment ކޮމެންޓް