މި އަހަރުގެ "އިފްތާރް މެނޫ"ތައް ވެސް ތައްޔާރުވެއްޖެ

ހޮޓަލް ޖެން ---

ރަމަޟާން މަސް އައިސް ބައްދަލުކޮށްފި އެވެ. ދިވެހިންގެ ދިރިއުޅުން ޒަމާނުއްސުރެ އޮތްގޮތުން ރަމަޟާން މަހަކީ އަޅުކަމާ އެއްވަރަށް ކެއުން ވެސް ގިނަ މަހެކެވެ. ހާއްސަކޮށް ރޯދަ ވީއްލާ ވަގުތަކީ ސުފުރާތައް ފަޅުފިލާ ވަގުތެކެވެ.

ގޭގެ ސުފުރާގެ އިތުރުން ނަން މަޝްހޫރު ބޮޑެތި ރެސްޓޯރެންޓުތަކަށް ވެސް ރޯދަ ވީއްލާ ވަގުތަކީ ނިކަން ބާރުބޮޑު ވަގުތެކެވެ. ރޯދަ ވީއްލުން ޒަމާނީވެ އިފްތާރަށް ބަދަލުވި ނަމަވެސް ދިވެހިން ރޯދަ ވީއްލުމަށް ކެފޭ ރެސްޓޯރެންޓްތަކަށް ދިއުމަށް ކުރާ ހަރަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މި އަހަރު ވެސް ކެފޭ ރެސްޓޯރެންޓުތައް ވަނީ ރޯދަމަހަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. ރޯދަ ވީއްލާ ވަގުތަށް ދިވެހިންނަށް ކަމުދާނެ ތަފާތު ރަހަތައް މިހަފަރު ވެސް ލިބޭނެ އެވެ. މީގެ ތެރެއިން ބައެއް ރެސްޓޯރެންޓްތަކުގެ މެނޫ އަށް ކުޑަކޮށް ބަލާލާނަމެވެ.

ހޮޓެލް ޖެން: ޖެންގެ އިފްތާރު ހަމަޖހިފައި އޮންނާނީ ލައިމް ރެސްޓޯރެންޓުގަ އެވެ. ރަހަމީރު އިންޓަނޭޝަނަލް ޑިޝްތައް، ހާޢްސަކޮށް މެދުއިރުމަތީގެ ރަހަތައް މިފަހަރު ޖެންއިން ލިބޭނެ އެވެ. ޖެންގެ މެނޫތަކަށް މިފަހަރު ނަން ދީފައި ވަނީ ވެސް އެކިވައްތަރުގެ ކަދުރުގެެ ނަމުންނެވެ.

ޖެންގެ ރޯދަވީއްލުމުގެ އަގަށް ބަލާއިރު ބޮޑު މީހަކަށް 540 ރުފިޔާގެ އިތުރަށް ޓެކްސް އަދި ހަ އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް 270 ރުފިޔާގެ އިތުރަށް ޓެކްސް ޗާޖުކުރާ އިރު ހަ އަހަރުންގެ ދަށުގެ ކުއްޖެއް ނަމަ އެއްވެސް އަގެއް ނުނަގަ އެވެ.

ޖެންއިން ރޯދަ ވީއްލާ މީހުންނަށް ތަފާތު ޑިސްކައުންޓްތަކާއި ހާއްސަ އިނާމުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ބަލާއިރު ގޯލްޑަން ސާކަލް މެންބަރުންނަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

"އިފްތާރް އެޓް ޖެން"ގެ ނަމުގައި ޖެންގެ ރޯދަވީއްލުން ކުރިއަށް ގެންދާއިރު ރޯދަ ވީއްލަންދާ ކޮންމެ ފަރާތަކަށް ހާއްސަ ކޫޕަނެއް ލިބޭނެ އެވެ. އެގޮތުން ރަމަޟާން މަސް ނިމުމަށް ފަހު ނަގާ ގުރުއަތުން ހޮވޭ ހަ ފަރާތަކަށް ހާއްސަ އިނާމުތަކް ވަނީ ކަނޑައަޅައިފަ އެވެ.

ސްކޫޓް އެއާލައިން އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ އެއްވަނަ އިނާމަކީ ސިންގަޕޫރު ދެކޮޅު ޓިކެޓާ އެކު ސިންގަޕޫރުގައި ހުންނަ ހޮޓެލް ޖެންގެ ހޮޓަލުގައި ދެ މީހަކަށް ތިން ދުވަހުގެ ހުރުން ބްރޭކްފާސްޓް އާއެކު އެވެ. ދެވަނަ އިނާމަކީ މެލޭޝިއާ ދެކޮޅު ޓިކެޓާއެކު އެގައުމުގައި ހުންނަ ހޮޓެލް ޖެން ރެސްޓޯރެންޓުގައި ދެމީހެއްގެ ހުރުން (ބްރޭކްފާސްޓް އާއެއެކު) އެވެ. ތިންވަނަ އަށް ހޮވޭ ފަރާތަކަށް ލިބޭނީ ފިލިޕީންސް ދެކޮޅު ޓިކެޓު ދެމީހަކަށް އަދި މެނީލާގައި ހުންނަ ޖެންގެ ހޮޓެލްގައި ދެ މީހަކަށް ތިން ދުވަހުގެ ހުރުން، ބްރޭކް ފާސްޓާއެކު އެވެ.

ހަތަރު ވަނައަށް ހޮވޭ ފަރާތަކަށް މެލޭޝިއާގެ ދެކޮޅު ޓިކެޓާ އެކު ކުއާލަލަންޕޫރުގައި ހުންނަ ޓްރޭޑާސް ހޮޓެލްގައި ދެމީހެއްގެ ހުރުން ތިންދުވަހަށް ބްރޭކް ފާސްޓާ އެކު ލިބޭނެ އެވެ. ފަސްވަނައަށް ހޮވޭ ފަރާތަކަށް ލިބެނީ ހޮންކޮންގްގެ ދެކޮޅު ޓިކެޓާ އެކު އެގައުމުގައި ހޮޓެލް ޖެންގައި ދެމީހެއްގެ ހުރުން، ތިން ދުވަހަށް ބްރޭކްފާސްޓާ ޢެކު އެވެ. ފަސް ވަނައަށް ލިބެނީ ޗަައިނާ ދެކޮޅު ޓިކެޓް، ސޯންޔަންގައި ހުންނަ ހޮޓެލް ޖެންގައި ދެމީހެއްގެ ހުރުން ތިން ދުވަހަށެވެ.

މި ހަ ޑެސްޓިނޭޝަނަށް ދަތުރުކުރުމަށް ޓިކެޓް ހަމަޖައްސައިދޭނީ ސްކޫޓް އެއާ ލައިނުންނެވެ.

ހޮޓެލް ޖެންގެ އިފްތާރުގައި ކަސްޓަމަރުންނަށް ކަމުދާނެ ކޮލެޓީ ރަނގަޅު ކާނާ ހުންނާނެ ކަމުގެ ޔަގީންކަން އެ ހޮޓަލުންދެ އެވެ. ހޮޓެލް ޖެންގެ އިފްތާރުގެ ހާއްސަ އަނެއް ކަމަކީ އިފްތާރު ވައުޗަރެވެ. އެހެން މީހަކަށް ރޯދަވީއްލުމެއް ދެން ބޭނުން ނަމަ އަވަހަށް ޖެންގެ އިފްތާރު ވައުޗަރު ގަންނާށެވެ.

ދަ ކިޗަން: މިއީ މިހާރު މާލޭގައި އެންމެ ނަން ހިނގާ އެއް ރެސްޓޯރެންޓެވެ. ހިތިގަސްމަގުގައި ހުންނަ މި ފެމެލީ ރެސްޓޯރެންޓުގެ މިއީ ފުރަތަމަ ރޯދަމަހެވެ.

ދަ ކިޗަންގެ ތިން މެނޫއެއް އެބައޮތެވެ. މެނޫ އޭ އަދި ބީގެ އަގު އުޅެނީ 300 ރުފިޔާގަ އެވެ. މެނޫ ސީގެ އަގަކީ 359 ރުފިޔާ އެވެ. ކިޗަންގެ މެނޫގައި ވެސް ދިވެހިންނަށް ކަމުދާނެ ހެދިކާގެ ބާވާތްތަކާއި ރޮށި، ރިހަ، އިންޓަނޭޝަނަލް ކުޒީންގެ ބާވަތްތައް ވަނީ ހިމަނައިފަ އެވެ.

ޘޫމް: އަރަބިއަން ސްޓައިލްގެ މި ރެސްޓޯރެންޓުން ރޯދަ ވީއްލަން ވެސް އަބަރި ރަހަތައް ލިބޭނެ އެވެ. ޔަމަން، އިރާގް އަދި ސީރިއާގެ ރަހަތަކާ އެކު ޘޫމްގެ އިފްތާރު ޕެކޭޖުތައް އުޅެނީ 195 ރުފިޔާ އާއި 210 ރުފިޔާ އާ ދެމެދުގަ އެވެ.

ކޮންމެ ރޯދަމަހެއްގެ ރޯދަ ވީއްލާ ވަގުތަކީ ރެސްޓޯރެންޓުތަކަށް ބާރުބޮޑު ވަގުތެކެވެ. އަވަހަށް ކުރިއާލައި ރިޒަވޭޝަން ހެއްދުމުން ނޫނީ ގިނަ ފަހަރު ޖާގައެއް ނުލިބެ އެވެ. އެއް އިރަކު 200 އަށް 150 އަށް ލިބުނު ރޯދަވީއްލުންތައް އިފްތާރަށްވެެ، 500 އިން މައްޗަށް އެރި ނަމަވެސް ދިވެހިންނަށް ފަރުވާލެއްނެތެވެ.

comment ކޮމެންޓް