މޭގަންގެ ބައްޕައަށް ހާޓްއެޓޭކެއް ޖެހި ކައިވެނީގައި ބައިވެރި ނުވެވޭނެ

މޭގަން ބައްޕައާއެކު---

އަންނަ ހޮނިހިރު ދުވަހަކީ އިނގިރޭސިވިލާތަށް ބޮޑު ދުވަހެކެވެ. ޕްރިންސް ހެރީ އާއި މޭގަން މާކަލް ގެ ކައިވެނި ކުރެވޭ ދުވަހެވެ. އެ ދުވަހުގެ އިންތިޒާރުގައި ދުނިޔެ އާއި އިނގިރޭސި ވިލާތް އޮތްއިރު، މިހާރު މިވަނީ ކައިވެނީގެ ހަފްލާއަށް ކުޑަ ބަދަލެއް ގެންނަން ޖެހިފައެވެ.

މޭގަން ގެ ބައްޕަ ތޯމަސް މާކަލް އަށް މީފެ ދެ މަސްކުރިން ހާޓް އެޓޭކެއްޖެހި އަދިވެސް ހާލު ރަނަގޅު ނުވާތީ މި ހަފްލާގައި ބައިވެރިވެވެން ނެތްކަަމަށް ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ހަބަރުތައް ބުނާގޮތުން ކައިވެނީގެ ހަފްލާއަށް ދިއުމަށް ތޯމަސް ވަނީ ތައްޔާރުވެފައެވެ. ނަމަވެސް މަތިންދާބޯޓުގައި ދަތުުރު ކުރެވޭވަރަށް އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހިތާމައިގެ މި ދަނޑިވަޅުގައި މޭގަން އަށް ޕްރިންސް ހެރީގެ އެހީތެރިކަން ލިބެމުންއަންނަ ކަމަށް ހަބަރުތައް ބުނެއެވެ.

ކެންސިންޓަން ޕެލަސް އިން ވަނީ މޭގަންގެ އަމިއްލަ ޒާތީ ދިރިއުޅުމަށް އިހްތިރާމު ކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.

comment ކޮމެންޓް