ގަމު ރީޖިނަލް ހޮސްޕިޓަލުގައި ތެލެސީމިޔާ ވޯޑެއް ގާއިމުކުރަން ދިރާގުން އެހީ ފޯރުކޮށްދީފި

ލާމު ގަން ރީޖަނަލް ހޮސްޕިޓަލުގައި ތެލެސީމިޔާ ވޯޑެއް ގާއިމުކުރަން ދިރާގުން އެހީ ފޯރުކޮށްދިނުން -- ފޮޓޯ/ ދިރާގު

ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ތެލެސީމިއާ ވޯޑެއް ގާއިމު ކޮށްދިނުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރާގުން ބުނީ، އެ ކުންފުނިން ގަން ރީޖަނަލް ހޮސްޕިޓަލްގައި ތެލެސީމިއާ ވޯޑް ގާއިމު ކޮށްދިނުމުގެ ގޮތުން ވޯޑަށް ބޭނުންވާ ބައެއް މުހިންމު މެޑިކަލް އިކުއިޕްމަންޓާއި އާލާތްތައް ހަދިޔާ ކޮށްދީފައިވާނެ ކަމަށެވެ.

ދިރާގުގެ ފަރާތުން އެ އިކުއިޕްމަންޓުތައް ހަވާލުކޮށްދެއްވީ ދިރާގު ލ. އަތޮޅު ރީޖަނަލް އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު އަހުމަދު އަލީއެވެ. ހޮސްޕިޓަލް ގެ ފަރާތުން އިކުއިޕްމަންޓުތަކާ ހަވާލުވީ ހޮސްޕިޓަލްގެ ޑައިރެކްޓަރު އަބްދުލް ހަންނާނެވެ.

ދިރާގުން ބުނީ، ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ. އަދި އެ ކުންފުނިން އެކި ގޮތްގޮތަށް ކުޑަކުދިން ހިމާޔަތް ކުރުމާއި ކުޑަކުދިންގެ ތައުލީމާއި ތަރައްގީއަށް މަސައްކަތްކުރާ އެކި ޕްރޮގްރާމް ތަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވާނެކަމަށްވެސް ދިރާގުން ބުންޏެވެ.

ސްލޫކް ތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ކްލާސްތަކަށް އެހީފޯރުކޮށްދިނުމުގެ އިތުރުން މޯލްޑިވްސް އޯޓިސަމް އެސޯސިއޭޝަން، ކެއަރ ސޮސައިޓީ، އާކް، ފަދަ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ތަފާތު ޖަމްއިއްޔާތަކާ އެކު ކުޑަކުދިންގެ ހައްގުގައި އެކި ޕްރޮގްރާމްތައް ހިންގާފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް