ރަތަފަންދޫން ކަރަންޓް ކެނޑޭ މައްސަލަ އަދިވެސް ހައްލުނުވޭ

ގދ. ރަތަފަންދޫ --- ފޮޓޯ/ ރަތަފަންދޫ ސްޕޯޓްސް ކުލަބް

ގދ. ރަތަފަންދޫން ކަރަންޓް ކެނޑޭ މައްސަލަ ދިގުލައިގެން ގޮސް މިހާރު ކޮންމެ ދުވަހަކު އެތައް ފަހަރަކު ކަރަންޓް ކެނޑޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފު އަސްލަމް "ސަން"އަށް މިއަދު ވިދާޅުވީ އެ ރަށުން ކަރަންޓު ކެނޑޭތާ މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ކަރަންޓް ކެނޑޭތީ ރައްޔިތުންނަށް އެތައް ދަތިތަކަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ.

"ކޮންމެ ދުވަހަކު ދިހަ ބާރަ ފަހަރު އެބަ ކަރަންޓް ކަނޑައިގެންދޭ. ކުއްލި ކުއްލިއަށް ކަރަންޓް ކަނޑައިގެންދާތީ ވަރަށް ބޮޑަށް ގެއްލުންވޭ އާންމު ރައްޔިތުންނަށް،" ހުނައިފު ވިދާޅުވިއެވެ.

https://sun.mv/104594

އޭނާ ވިދާޅުވީ ކަރަންޓް ކެނޑޭތީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައްވެސް ނުދެވޭ ކަމަށާއި އެދޭ ހައްލެއް ލިބޭނެ ދުވަހެއްވެސް ނޭންގޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ހެނދުނުވެސް ދެ ފަހަރެއްގެ މައްޗަށް ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށާއި ރޭ ވެސް ދެ ފަހަރެއްގެ މަތިން ކަރަންޓް ކަނޑައިގެން ދިޔަ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރަތަފަންދޫއިން ކަރަންޓް ކެނޑެނީ އެ ރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ 160 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވެގެންނެވެ.

އެކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް