ބޮޑުފޮޅުދުއަށް ނަގޫރޯޅިއެއް އަރައި ބައެއް ގެތަކަށް ގެއްލުންވެއްޖެ

ބޮޑުފުޅަދޫއަށް ނަގޫރޯޅިއެއް އަރައި ގެއެއްގެ ފުރާޅު އެއްލާލައިފައި-- ފޮޓޯ: ކައުންސިލް

އއ. ބޮޑުފޮޅުދުއަށް ރޭ ނަގޫރޯޅިއެއް އަރައި ބައެއް ގެތަކަށް ގެއްލުން ވެއްޖެއެވެ.

ބޮޑުފޮޅުދޫ ކައުންސިލްގެ ޑިރެކްޓަރު އަހުމަދު އުމަރު "ސަން"އަށް ވިދާޅުވީ ނަގޫރޯޅި އެރީ ރޭ 22:20 ހާއިރު ކަމަށެވެ.

އުމަރު ވިދާޅުވީ އެ ހާދިސާގައި އެއް ގެއެއްގެ ފުރާޅު އެއްލާލައި އެހެން ގެއެއްގެ ބަދިގޭގެ ފުރާޅާއި ކޮޓަރީގެ ޓިނުތައް ހަލާކުވުމުގެ އިތުރުން އެހެން ގެއެއްގެ ބަދިގޭގެ ދުންހޮޅީގެ ފުރާޅު އެއްލާލައިފައިވާ ކަމަށެވެ. އެ ހާދިސާގައި ދެގެއަކުން ގަހެއް ވެއްޓުނު ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެ ހާދިސާގައި ހަ ގެއަކަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

ބޮޑުފޮޅުދުއަށް ނަގޫރޯޅިއެއް އަރައި ގެއަކަށް ގެއްލުންވެފައި-- ފޮޓޯ: ކައުންސިލް

ބޮޑުފޮޅުދޫ ކައުންސިލުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށާއި އަދި ލިބުނު ގެއްލުންތައް މިހާރު ޑިޒާސްޓާ މެނޭޖްމަންޓުން ބަލަމުންގެންދާ ކަމަށެެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިހަފުތާގައި ވިއްސާރަ ކުރަމުންދާ އިރު، އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް މިއަދު ވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

comment ކޮމެންޓް