މިދިޔަ އަހަރު ދިވެހި ފައިސާގެ 1.7 މިލިޔަން ބާ ނޫޓު ނައްތާލި

މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ފައިސާގެ 1.7 މިލިޔަން ބާ ނޫޓު ކަރުދާސް ނައްތާލާފައި ވާކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ރަން ދިހަފަހެއް ސީރީޒްގެ ޕޮލިމާ ކަރުދާސް ނޫޓުތައް ބޭނުންކުރަން ފެށުމާ އެކު، މީގެ ކުރިން ރާއްޖޭގައި ބޭނުންކުރި ދެ ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ އަދި 100 ރުފިޔާގެ އިތުރުން 500 ރުފިޔާގެ ކަރުދާސް ނޫޓުތައް ވަނީ އުވާލައިފައެވެ.

އެމްއެމްއޭއިން ނެެރުނު 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވާގޮތުން، މިދިޔަ އަހަރުގެ ތެރޭގައި 1،726،000 ކަރުދާސް ނޫޓު ވަނީ ނައްތާލައިފައެވެ. އޭގެ ތެރޭގައި ކުރީގެ ކަރުދާސް ނޫޓުތަކުގެ ޑިނޯމިނޭޝަންތަކުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ބަދަލު ހޯދުމަށް ހުށަހެޅި ކަރުދާސް ނޫޓު ހިމެނެއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޯގަސްޓް 10 ވަނަ ދުވަހުން ފެށިގެން ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ފަސް ރުފިޔާ ނޫޓު އާންމުކޮށް ބޭނުންކުރަން ފެށުމާ ގުޅިގެން، އެ ތާރީޚާ ހަމައަށް ދައުރުކުރުމަށް ނެރުނު ކުރީގެ ފަސް ރުފިޔާގެ ކަރުދާސް ނޫޓުގެ ތެރެއިން އެމްއެމްއޭއަށް ބަދަލުހޯދުމަށް މިދިޔަ އަހަރު ހުށަހެޅި ފަސް ރުފިޔާގެ ނޫޓުތައް ވެސް ނައްތާލި ނޫޓުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެހެން ނަމަވެސް އެކަށީގެންވާ އަދަދަށް ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ބާ ނޫތު އެމްއެމްއޭއަށް ލިބިފައި ނުވާތީ، އެ ސީރީޒްގެ ނޫޓެއް މިދިޔަ އަހަރު ނައްތާލާފައި ނުވާކަމަށް އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ވެއެވެ.

މިދިޔަ އަހަރު 1.7 މިލިޔަން ކަރުދާސް ނޫޓު ނައްތާލިކަމަށް އެމްއެމްއޭއިން ބުނި ނަމަވެސް، އެއީ ކިހާވަރެއްގެ ފައިސާއެއް ކަމެއް އެމްއެމްއޭއިން ހާމައެއް ނުކުރެއެވެ.

https://sun.mv/89810

އެމްއެމްއޭއިން ބާ ނޫޓު ނައްތާލުމުގެ މަސައްކަތް ކުރަނީ އެމްއެމްއޭއިން ގެންގުޅޭ ނޫޓު ނައްތާޅުމާ ބެހޭ ސިޔާސަތުގައި ކަނޑައަޅާފައިވާ ވަކި އަދަދަކަށް ނޫޓު ހަމަވުމުންނެވެ.

އަދި ބާ ނޫޓު ނައްތާލުމުގެ މަސައްކަތް ކުރާނީ އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފުންގެ އިތުރުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއްގެ ހާޒިރުގައެވެ.

އެމްއެމްއޭއިން 2016 ވަނަ އަހަރުގެ ތެރޭގައި ބާ ނޫޓުގެ ގޮތުގައި 3.3 މިލިޔަން ރުފިޔާގެ ނޫޓު ނައްތާލިއެވެ.

comment ކޮމެންޓް