ކުޅިރަހައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް "ބޮން ޗިލީ" މާކެޓަށް ނެރެފި

ތިން ވަނަ އެފްއެންޑްބީ ޝީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ސަނީ އެންޓަޕްރައިޒެސްއިން ކޯބޭ ބްރޭންޑްގެ "ބޮން ޗިލީ" ރާއްޖޭގެ މާކެޓަށް ނެރެފިއެވެ.

ބޮން ޗިލީއަކީ ކެއުމުގެ އެމީހަކު ބޭނުންވާ ވަރަކަށް ކުޅި ރަހަ ހެޔޮވަރު ކުރުމުގެ ގޮތުން ބޭނުން ކުރުމަށް އުފައްދާފައިވާ ޗިލީ ފްލޭކްސް ޕްރޮޑަކްޓެކެވެ.

ބޮން ޗިލީ ރާއްޖޭގެ މާކެޓަށް ނެރެފައިވަނީ، ހައިރައިޒްއިން އިންތިޒާމުކޮށްގެން ނޭޝަނަލް އާޓް ގެލަރީގައި މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެފްއެންޑްބީ ޝޯގެ ތެރެއިންނެވެ.

ސަނީ އެންޓްޕްރައިޒެސްއަކީ އެފްއެންޑްބީ ޝޯގެ މެއިން ސްޕޮންސާއެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ސަނީ އެންޓަޕްރައިޒަސްގެ އޮފިޝަލަކު ބުނީ، ރޯދަމަހާއި ދިމާކޮށް އެ އެފްއެންޑްބީ ޝޯގެ ތެރެއިން ރާއްޖޭގެ މާކެޓަށް ނެރުނު އެ އުފެއްދުމުގެ ތިން ލެވެލްއެއް ހުންނާނެ ކަމަށެވެ. އޭގެ ކޮންމެ ލެވެލްއެއްގައިވެސް ހުންނާނީ ތަފާތު ކުޅިކަމެއް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"އެކި ބޭފުޅުންނަށް ކެއުމުގައި ކުޅިކަން ބޭނުންވާނީ އެކި ވަރަށް. ކުޑަކޮށް ކުޅިކޮށް ކާ މީހުންނާއި، ވަކިވަރަކަށް ކުޅި ނުވަނިސް ނުކާ މީހުންވެސް އުޅޭނެ. އެހެން ކަމުން އަޅުގަނޑުމެންގެ މި ގެނެސްދޭ ޕްރޮޑަކްޓްގެ ސަބަބުން އެމީހަކު ބޭނުންވާ ވަރަށް ކުޅި ހެޔޮވަރު ކޮށްލެވޭނެ. ޓޭކްއަވޭ ކާއެއްޗެހިވެސް އެމީހަކު ބޭނުން ވަރަކަށް ކުޅިކޮށްލެވޭނެ،" ސަނީ އެންޓަޕްރައިޒްގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ އުފެއްދުމެއް ރާއްޖޭގެ މާކެޓަށް މިހާތަނަށް ނެރެފައި ނުވާކަމަށެވެ.

މިފަހަރުގެ އެފްއެންޑްބީ ޝޯގައި ރޯދަމަހާ ދިމާކޮށް އެގްޒެބިޓަރުންގެ ފަރާތުން އައު އުފެއްދުންތައް މާކެޓަށް ނެރުމުގެ އިތުރުން ޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަންތަކެއްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް