ނޮޅިވަރަންފަރުގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެ

ނޮޅިވަރަންފަރުގައި ހިނގި އެކްސިޑެންޓުގައި އަންހެން މީހާއަށް ލިބިފައިވާ ބޮޑެތި ޒަޚަމްތައް ---

ހދ. ނޮޅިރަންފަރުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެއެވެ.

ނޮޅިވަރަންފަރު ބަނދަރު ސަދަރަހައްދުގައި ހިނގި އެ އެކްސިޑެންޓުގައި ބޮޑެތި ޒަޚަމްތަކެއް ލިބުނީ އުމުރުން 34 އަހަރުގެ އަންހެނަކަށެވެ.

އެ އަންހެން މީހާގެ އާއިލާގެ މެމްބަރަކު "ސަން" އަށް ކިޔައިދިން ގޮތުގައި މިރޭ 7:30 އެހައިކަންހާއިރު އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން އަންހެން މީހާގެ ގައިގައި ޖެހިގެންނެވެ.

އެ ހާދިސާގައި އެ އަންހެން މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.

"ބޮލުގެ ފުއްކިބައިން ދެ އިންޗި ވަރު ތަންގަނޑެއް ވަނީ ޗަސް ޗެފައި،" އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

އެ އަންހެން މީހާގެ ވައަތު ފައިގެ ކުޑަކަޅުވާގެ ތިރިން ކަށިގަނޑުގައި ޖެހޭ ވަރަށް ފުންކޮށް ހަތަރު އިންޗި ދިގުމިނަށް ކަފައިގެން ގޮސްފައިވާ ކަމަށް އާއިލާގެ މެމްބަރު ބުންޏެވެ.

އައިލާގެ މެމްބަރު ބުނީ އެ އަންހެން މީހާގެ ބުރަކަށީގެ ކަނާތްފަރާތު ކޮނޑު ހުޅު ކައިރީ މަށައިގެން ގޮސްފައިވާއިރު، ވައަތު އުޅަނބޮށި ނޫ ފައިގެން ގޮސްފައިވާ ކަމަށެވެ.

އެ އަންހެން މީހާއަށް ލިބުނު ޒަޚަމްތަކަށް ކުޅުދުފުށީ ރީޖިނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. ޑޮކްޓަރާ ހަވާލާދީ އާއިލާ އިން ބުނީ އެ އަންހެން މީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.

comment ކޮމެންޓް