ތިން ވަނަ ފުޑް އެންޑް ބެވަރޭޖް ޝޯވް ފަށައިފި

ތިން ވަނަ ފޫޑް އެންޑް ބެވަރޭޖް ޝޯވް ފެށުން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކާބޯތަކެތީގެ ދާއިރާއަށް އަމާޒުކޮށްގެން ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންޑްބީ ޝޯ)ގެ ތިންވަނަ ޝޯ މިއަދު އާޓްގެލަރީގައި ފަށައިފިއެވެ.

މި އަހަރުގެ އެފްއެންޑްބީ ޝޯގައި 13 ކުންފުންޏަކުން ބައިވެރިވާއިރު އެ ޝޯ ކުރިއަށްގެންދަން ހަމަޖެހިފައިވަނި ތިން ދުވަހުގެ މުއްދަތަށެވެ. އަދި އާންމުންނަށް ޒިޔާރަތް ކުރުމަށް ހުޅުވާލައިފައިވަނީ މެންދުރު 14:00 އިން ރޭގަނޑު 23:00ށެވެ. އަދި ހުކުރު ދުވަހު 16:00 އިން ރޭގަނޑު 23:00 އަށެވެ.

ތިން ވަނަ ފޫޑް އެންޑް ބެވަރޭޖް ޝޯވް ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އާޓްގެލަރީގައި އެފްއެންޑްބީ ޝޯ ހުޅުވައިދެއްވީ މޯލްޑިވްސް ނޭޝަނަލް ޗެންބާ އޮފް ކޮމާސްގެ ރައީސް އިސްމައިލް އާސިފެވެ.

އެފްއެންޑްބީ ޝޯ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އާސިފް ވިދާޅުވީ، ހައިރައިޒަކީ ރާއްޖޭގައި އިވެންޓް ކުރިއަށްގެންދާން އުފެދުނު ކުންފުނިތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި އެންމެ ކުރިއަރާފައިވާ ކުންފުނި ކަމަށެވެ. އަދި ހައިރައިޒަކީި ތަފާތު އެކި ދާއިރާތަކަށް އަމާޒު ކޮށްގެން އިވެންޓްތައް ބާއްވަމުން އަންނަ ކުންފުންޏެއްކަމަށް އާސިފް ފާހަގަ ކުރެއްވިއެވެ.

ތިން ވަނަ ފޫޑް އެންޑް ބެވަރޭޖް ޝޯވް ފެށުން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިހާރު ރާއްޖޭގައި އިވެންޓުތައް ކުރިއަށްގެންދާލެއް ގިނަވެފައި ބާއްވާ ފެއާތައް ގިނަކަމަށާއި ފެއާތައް ބާއްވާނެ ތަންތަން ފުލްކޮށް އުޅޭކަމަށް އާސިފް ވިދާޅުވިއެވެ. އަދި މިހާރު ރާއްޖެވަނީ ރާއްޖެއަށް ލިބިފައިވާ ބިމުގެ ޖާގައަށްވުރެ ބޮޑަށް ތަރައްގީވެފައި ކަަމަށްވެސް އާސިފް ވިދާޅުވިއެވެ.

"މިދިޔަ މަހު އެކަނިވެސް ފަސް ވަރަކަށް އިވެންޓް އެކިއެކި ކަންކަމާއި ގުޅިގެން ކުރިއަށްގެންގޮސްފި. އޭގެ މާނައަކީ ރާއްޖޭގެ އިގްތިސާދީ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް އެބަދާކަން ވިޔަފާރީގެ ދާއިރާއާއި އެހެންވެސް ދާއިރާ ތަކުން،" އާސިފް ވިދާޅުވިއެވެ.

ތިން ވަނަ ފޫޑް އެންޑް ބެވަރޭޖް ޝޯވް ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ހައިރައިޒްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ، މިފަހަރުގެ އެފްއެންޑްބީ ޝޯގައި ރޯދަމަހާ ދިމާކޮށް އެގްޒެބިޓަރުންގެ ފަރާތުން އައު އުފެއްދުންތައް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަންތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށްވެސް ޝާމިން ވިދާޅުވިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެ ޝޯގައި ބައިވެރިވި އެގްޒެބިޓަރެއް ބުނީ، އެފްއެންޑްބީ ޝޯގައި ބައިވެރިވުމަކީ ވިޔަފާރިތަކަަށް ލިބިގެންދާ ވަރަށްބޮޑު އެކްސްޕޯޝާ އެއްކަމަށެވެ. އަދި އެ ޝޯގެ ތެރެއިން އާންމުނަށް އެ މީހުންގެ އުފެއްދުންތަކާ ބެހޭގޮތުން މައުލޫމާތުދީ ޕޮޓެންޝަލް ކަސްޓަމަރުންނާ އޮންނަ ގުޅުންބދަހި ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.

މިއަހަރުގެ އެފްއެންޑްބީ ޝޯގެ ޕާޓްނަރުން

  • ބެވަރެޖް ޕާޓްނަރ: ކޮކާ ކޯލާ
  • ސައުންޑް އެންޑް ލައިޓްސް: ޔުނިކާ
  • ޑިޖިޓަލް ކޮމިއުނިކޭޝަންސް ޕާޓްނަރ: ދިރާގު
  • ޕަބްލިކޭޝަންސް ޕާޓްނަރ: ދަ އައިލެންޑް ޗީފް
  • ޕްރިންޓިންގް ޕާޓްނަރ: މޮނާކް
  • ސެޓަޕް ޕާޓްނަރ: އަސަރީ ސާވިސެސް
  • ސެކިއުރިޓީ ސާވިސެސް: އެސެޕް
  • ބްރޯޑްކާސްޓިންގް ޕާޓްނަރ: ރާއްޖެޓީވީ

އަދި އެފްއެންޑްބީ ޝޯގެ ހަބަރުތަކާއި ރިޕޯޓްތައް އާންމުންނާ ހަމައަށް ގެނެސްދޭ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަން އޮންލައިން އެވެ.

comment ކޮމެންޓް