ވަޒީރުންގެ ހެލްތު އިންޝުއަރެންސަށް އަހަރަކު 24000 ދޭން މަޖިލީހުން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ވަޒީރުންނާއި ވަޒީރުންގެ އާއިލާއަށް ދެމުން އައި ހެލްތު އިންޝުއަރެންސް ބޮޑުކޮށް އަހަރަކު 24،000 ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިންޝުއަރެންސް ލިބެނީ ވަޒީރުންނާނީ ވަޒީރުންގެ އަނބިން ނުވަތަ ފިރިން އަދި އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށެވެ. މީގެ ކުރިން އަހަރީ ހެލްތު އިންޝުއަރެންސް އަހަރީ ޕްރިމިއަމްއެއްގެ ގޮތުގައި ދެމުން އައި 19،000 ރުފިޔާ އެވެ.

އެ އަދަދު 24،000 އަށް ބޮޑު ކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވަޑައިގެން މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ވޯޓާ އެކު އެވެ. ޖަލްސާގައި ބައިވެރިވެ ވަޑައިގަތީ 37 މެމްބަރުންނެވެ.

ވަޒީރުންގެ ހެލްތު އިންޝުއަރެންސްގެ އަދަދު ބޮޑު ކުރަން މަޖިލީހުން ނިންމީ އެލައިޑް އިންޝުއަރެންސުން މީގެ ކުރިން 19000 ރުފިޔާއަށް ދެމުން އައި ކޯޕަރޭޓް ޕްލެޓިނަމް ޕެކޭޖްގެ އަގު އޭރު ދެމުން އައި އަގުގައި ނުލިބޭތީ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންގެ ތެރެއިން އެންއައިސީއަށް އައްޔަން ކުރެވޭ މެމްބަރުން ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް