ލޯކަލް ކޮމިއުނިޓީ އާ ގުޅިގެން ހޮޓެލް ޖެން ގައި "ވައި އާޓް އެގްޒަބިޝަން"ގެ ނަމުގައި އާޓް އެގްޒަބިޝަން އެއް ފަށައިފިއެވެ.
އެމްއޭސީ އާއި ހޮޓެލް ޖެން އާ ގުޅިގެން ކުރިއަށް ގެންދާ އެ އާޓް އެގްޒަބިޝަން ޖެންގެ ލޮބީ ރޫމްގައި ހަފްތާ އެއް ވަންދެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އާޓް އެގްޒަބިޝަންގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ
އާޓް އެގްޒަބިޝަނާ ގުޅޭ ގޮތުން މީޑިއާ އާ މައުލޫމާތު ދެއްވަމުން ހޮޓެލް ޖެންގެ މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ މުހައްމަދު ވިދާޅުވީ އެ އެގްޒިބިޝަންގެ މަގްސަދަކީ ގިނަ ބައެއްގެ ހުނަރު އާންމުންނަށް ދެއްކުމަށް ކަމަށެވެ. އަދި ޑިސްޕްލޭ ކޮށްފައިވާ އާޓް ވޯކްސްތައް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއީ އޯޕަނިން އެއް. މިފަހަރު މި ދައްކާލީ ސީނިއާ އާޓިސްޓުންގެ މަސައްކަތް. ބޮޑަށް އަޅުކަނޑުމެން މިބަލަނީ ލޯކަލް ކޮމިއުނިޓީ އާ ގުޅިގެން ކުރެވޭނެ ކަންތައްތައް. މަހަކު އެއް ފަހަރު މި އެގްޒބިޝަން ކުރިއަށް ގެންދާނަން،" ނީނާ ވިދާޅުވިއެވެ.
ނީނާ ވިދާޅުވީ އާޓްގެ ދާއިރާއަށް ޚާއްސަ ވޯކްޝޮޕްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އާޓްގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ވޯކްޝޮޕްގައި ބައިވެރިވެވޭނެ ކަމަށެވެ.

އާޓް އެގްޒަބިޝަންގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ ކުރިން ވެސް ހޮޓެލް ޖެން އިން ވަނީ ކޮފީ އާޓް ވޯކްޝޮޕްތަކެއް ހިންގާފައެވެ.