ރައީސް ނާސިރުގެ ކުރީގެ އަނބިކަނބަލުން ފަސްދާނުލައިފި

ރައީސް އިބްރާހިމް ނާސިރު އަދި މަރިޔަމް ސައީދު ---

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މ. ބަގީޗާގޭ މަރިޔަމް ސައީދު ދީދީ ފަސްދާނުލައިފިއެވެ.

މަރިޔަމް ސައީދު ފަސްދާނުލައިފައިފައިވަނީ އެކަމަނާގެ ބައްޕާފުޅު އަދި ރާއްޖޭގެ ކުރީގެ ފަނޑިޔާރުކަން ކުރެއްވި، އަދި ކުޅަދާނަ ޝާއިރު ހުސައިން ސަލާހުއްދީނާއި އަދި އެކަމަނާގެ ބޭބޭފުޅު އަދި ކުރީގެ މަޝްހޫރު ޅެންވެރިޔާ އިބްރާހިމް ޝިހާބްވެސް ފަސްދާނުލެވިފައިވާ ސްރީލަންކާގެ ކުޕިޔަވައްޓެގެ މުސްލިމް ބެރިއަލް ގްރައުންޑްގައެވެ.

މަރިޔަމް ސައީދު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އެކަމަނާ ދިރިއުޅުއްވަމުން ގެންދެވީ ސްރީ ލަންކާގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

މަރިޔަމް ސައީދަކީ ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް އެތައް ޅެމެއް ދޫކުރައްވައިފައިވާ ކުޅަދާނަ ޝާއިރެކެވެ.

އެގޮތުން، ދިވެހި ޅެންވެރިކަމުގެ ބަޗީގާގައި "ނިސްރީން" އަދި "ނީލް" ގެ ގޮތުގައި ފާހަގަކޮށްފައިވާ އެކަމަނާ އަށް ޅެންވެރިކަމުގެ ގޮތުން އާންމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު 1983 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

މަރިޔަމް ސައީދު ހެއްދެވި ޅެންތަކުގެ ތެރެއިން، އެެންމެ ހާއްސަ އެއް ޅެމަކީ "އަސްރުދިޔައީ ގެއްލިގެން" ނެވެ. އެ ޅެން، ލަވައެއްގެ ސިފައިގައި މިހާރު ގެނެސްފައިވަނީ ހޮޅުދޫ އަބްދުﷲ ހަސަންގެ އަޑުންނެވެ.

comment ކޮމެންޓް