މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދީފި

ހެންވޭރުގެ ސަރަހައްދަކުން ކަރަންޓް ކެނޑިފައި --- ސަން ފޮޓޯ/ އަހުމަދު އާޒިފް

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑުނުތާ 45 ވަރަކަށް މިނިޓްފަހުން އަލުން ކަރަންޓު ދީފިއެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި ވަނީ މިރޭ 2:50 އެހައިކަންހާއިރުއެވެ. މިރޭ ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި ކަލޮޅާއި ހެންވޭރުގެ ބައެއް ސަރަހައްދުތައް ހިމެނެއެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުމަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑުނެވެ. އަދި މިދިޔަ އަހަރުގެ ތަފާތު އެކި ދުވަސް މަތިން ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ދިމާވެފައެވެ.

comment ކޮމެންޓް