ސިފައިންގެ ހިދުމަތުގެ އަގު ވަޒަންކޮށް ކާމިޔާބީ ފާހަގަކޮށްފި

ރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ކާމިޔާބީ ހޯދި ސިފައިންގެ މީހަކާއި ލިޔުން ހަވާލުކުރަނީ--ފޮޓޯ/ އެމްއެންޑީއެފް

ސިފައިންގެ ހިދުމަތަށް 126 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ސިފައިންގެ ހިދުމަތުގެ އަގު ވަޒަންކޮށް ކާމިޔާބީ ފާހަގަކޮށްފިއެވެ.

ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުއެވެ.

ރޭ ކުރިއަށް ދިޔަ ޖަލްސާއާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން ބުނީ "މިއުޒިކް އެންޑް އާރޓްސްގެ ދާއިރާއާއި އަސްކަރީ ތާރީހާއި އާދަކާދަޔާއި ސަޤާފަތް ކުރިއެރުވުމުން އަދި ސިފައިންގެއަށް ރީތި ނަން ހޯދައިދެއްވި ފަރާތްތަކަށާއި ސިފައިންނާއި ޢާންމު ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިކުރުމާއި ސިފައިންގެއަށް ރީތިނަން ހޯދައިދިން ސަބް ޔުނިޓްތަކަށާއި އަދި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ސަބް ޔުނިޓްތަކަށް ކޮމަޑޭޝަން ލެޓަރ" ހަވާލުކޮށްފައިވާ ކަމަށެވެ.

މި ޖަލްސާގައި، ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިން މީހުންގެ އެހީތެރިކަން ފާހަގަކޮށްފައިވާއިރު ވޭތުވެދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ، ސިފައިންގެ ތެރޭގައި ހިމެނޭ "އިންޑިވިޖުއަލް މެރިޓޯރިއަސް އެވޯޑް" ލިބުނު ސިފައިންނަށް ވަނީ އެ އެވޯޑްވެސް ހަވާލުކޮށްފައެވެ.

މި ޖަލްސާގައި ޑިފެންސް މިނިސްޓަރު ވަނީ ނިމިގެންދިޔަ އަހަރު ހާސިލް ކުރެވުނު ކަންކަމާއި ކުރިއަށް އޮތް ތަނުގައި ކުރަން ރާވާފައި ހުރި ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

comment ކޮމެންޓް