އެކްޓަރު ޝަކްތީ ކައިވެނިކޮށްފި

ޝަކްތީ އާއި ނެހާ--

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޝަކްތީ އަރޯރާ ކައިވެނިކޮށްފި އެވެ.

ޝަކްތީ ކައިވެނި ކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ ނެހާ ސަކްސޭނާ އާ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ދެ މީހުން ކައިވެނިކޮށްފައި ވަނީ މި މަހު ހަ ވަނަ ދުވަހުގަ އެވެ.

އެ ދެމީހުންގެ ކައިވެނި ހަފްލާ އަށް އާއިލާ އާއި ގާތް ރަހުމަތްތެރިން ވަނީ ބައިވެރިވެފަ އެވެ.

އުމުރުން 31 އަހަރުގެ ޝަކްތީ އާއި ނެހާ ވަނީ ސްޓާ ޕްލަސް އިން ގެނެސްދިން ޝޯ "ނަޗް ބަލިޔޭ 7"ގައި ބައިވެރިވެފަ އެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި ޝަކްތީ އާއި ނެހާ އެންގޭޖްވެފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

ދެ މީހުން އެންމެ ފުރަތަމަ ދިމާވެފައި ވަނީ 2010 ވަނަ އަހަރު ގެނެސްދިން ހިންދީ ޑްރާމާ ސިލްސިލާ "ތޭރޭ ލިޔޭ"ގެ ސެޓުންނެވެ.

comment ކޮމެންޓް