އޯޓިޒަމް އެސޯސިއޭޝަނަށް ފަންޑް ހޯދުމަށް ހަރަކާތެއް ހިންގައިފި

އޯޓިޒަމް އެސޯސިއޭޝަނަށް ފަންޑް ހޯދުމަށް ހިންގި ހަރަކާތުގެ ބައިވެރިން ކޮންސްޓެންސް މޫފުށި އައިލެންޑް ރިސޯޓްގެ ބީޗުގައި --

ކޮންސްޓެންސް މޫފުށި އައިލެންޑް ރިސޯޓްގެ މެނޭޖްމަންޓުން އިސްނަގައިގެން އޯޓިޒަމް އެސޯސިއޭޝަނަށް އެހީތެރިވުމަށް ފަންޑް ރައިޒިންގް އިވެންޓެއް ބާއްވައިފިއެވެ.

އޯޓިޒަމް އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހު އެ ރިސޯޓްގައި ހިންގި ހަރަކާތުން ގާތްގަނޑަކަށް 50،000 ރުފިޔާ ހޯދުނު ކަމަށެވެ. ނަމަވެސް އެ ފައިސާ އަދި ރަސްމީކޮށް އެސޯސިއޭޝަނާ ހަވާލު ނުކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެ ޖަމިއްޔާއިން ބުނީ އެ ފައިސާ އެ ރިސޯޓްގެ ފަރާތުން ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ.

އެ ހަރަކާތް ފެއްޓީ މޫފުށި ރިސޯޓް ވަށައިގެން ބޭއްވި ދުވުމުގެ ޙަރަކާތަކުންނެވެ. އެ އިވެންޓްގައި އެ ރިސޯޓްގެ މުވައްޒަފުންނާއި އަދި ރިސޯޓްގައި ތިބި ގިނަ ޢަދަދެއްގެ ޓޫރިސްޓުން ބައިވެރިވި ކަމަށް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އެ ދުވުމުގެ ޙަރަކާތުގައި އޯޓިޒަމްއަށް އެވެއާ ކުރުމުގެ ގޮތުން ތޮތްޕާއި އަދި އިސްޓާކީން ބޭނުންކުރި ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އަދި އެ އިވެންޓްގައި ވަނީ އޯޓިޒަމް ސެންޓަރަށް އެހީތެރިވުމުގެ ގޮތުން ފަންޑުފޮއްޓެއް ވެސް ބަހައްޓައިފައެވެ.

ދުވުމުގެ ޙަރަކާތް ނިމުމަށް ފަހު، އޮކްޝަން އެއްވެސް ބޭއްވި ކަމަށް ބުންޏެވެ. އެއަށް ފަހު އޭގެއިން ލިބުނު ފައިސާ ރަމްޒީކޮށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާ ޙަވާލުކުރި ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އޯޓިޒަމް ސެންޓަރުގެ ތެރަޕީތަކާއި އެހެނިހެން ފެސިލިޓީސް ކުރިއަރުވަން ކަމަށް ވެސް އޯޓިޒަމް އެސޯސިއޭޝަނުން ބުންޏެވެ.

comment ކޮމެންޓް