ޓާޓާ ފްލެޓުތައް ވިކި ހުއްސްވެއްޖެ

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ

ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ނުވިކި ހުރި ހުރިހާ ފްލެޓެއް ވިކި ހުސްވެއްޖެއެވެ.

ގާކޮށްޓާއި އަރަބިއްޔާ ބިމުން 105 ފްލެޓް ވިއްކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުވައިލިއެވެ. ފުރަތަމަ ބުރުގައި ނުވިކި 47 ފްލެޓު ހުރުމުން އެޗްޑީސީ އިން ވަނީ އެ ފްލެޓުތައް ވިއްކައިލުމަށް ދެވަނަ ފަހަރަށް އިއުލާނުކޮށްފައެވެ.

މިމަހުގެ 10 ވަނަ ދުވަހު ކުރި އިއުލާނުގައި ވަނީ އެއީ ގާކޮށިން 37 ފްލެޓް އަދި އަރަބިއްޔާ ހުރި ބިމުން 10 ފްލެޓް ވިއްކައިލުމަށެވެ. އިއްޔެ އެ ކޯޕަރޭޝަނުން ބުނީ ގާކޮށި އަދި އަރަބިއްޔާ ބިމުގައި ހުރި ފްލެޓުތަކުގެ ތެރެއިން ވިއްކުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ހުރިހާ ފްލެޓެއް ވިކި ހުސްވެފައިވާ ކަމަށެވެ.

ފްލެޓު ގަތުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސައްހަ ލިޔެކިޔުންތައް ހުށަހެޅި ފަރާތްތަކަށް ފްލެޓު ވިއްކުމުގެ ކަންތައް އެ ކޯޕަރޭޝަނުންކުރިއަށް ގެންދާނެ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

comment ކޮމެންޓް