"ދަޅްކަން"ގެ ސީކުއަލްއެއް ހަދަނީ؟

ފަވާދު ހާން، ޝްރައްދާ އަދި ސޫރަޖް ---

ދެހާސް ވަނަ އަހަރު ނުކުތް ހިންދީ ފިލްމު "ދަޅްކަން"ގެ ރީމޭކްއެއް ހަދާނެ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފި އެވެ.

ބެލުންތެރިންގެ މެދުގައި މަގްބޫލުވި އަދި މިހާރު ވެސް މަގުބޫލު އެ ފިލްމުގެ ލީޑުގައި ހަރަކާތްތެރިވެފައި ވަނީ އަކްޝޭ ކުމާރު، ޝިލްޕާ ޝެޓީ އަދި ސުނިލް ޝެޓީ އެވެ.

ފިލްމުގެ ރިމޭކްއެއް ހަދަން ނިންމާފައިވާ އިރު ޝިލްޕާގެ ބައިން ފެނިގެންދާނީ ބަތަލާ ޝްރައްދާ ކަޕޫރު ކަމަށާއި ސުނިލް ޝެޓީގެ ބައިން ފެންނާނީ ފަވާދު ހާން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި އަކްޝޭގެ ރޯލުން ފެނިގެންދާނީ ފިލްމު "ހީރޯ" އިން އެކްޓްކުރުމުގެ ހުނަރު ދައްކާލި ސޫރަޖް ޕަންޗޯލީ އެވެ.

ނަމަވެސް މިހާތަނަށް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ފިލްމުގެ ރީމޭކްއެއް ހަދަން އުޅޭ ކަމެއް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.

މައުލޫމާތު: ޓައިމްސް އޮފް އިންޑިއާ

comment ކޮމެންޓް