ގައްޒާގައި ކަރަންޓް ފޯރުކޮށްދޭ ހަމައެކަނި އިންޖީނުގެ ބަންދުކޮށްފި

ކަރަންޓު ނެތިގެން ގައްޒާގައި ދަރު އަންދަނީ --

ގައްޒާގައި ކަރަންޓުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން އައި ހަަމައެކަނި އިންޖީނުގެ ބަންދުކޮށްފިއެވެ.

ގައްޒާ އިލެކްޓްރިކް ޑިސްޓްރިބިއުޝަން ކޮމްޕެނީގެ ޑައިރެކްޓާ އޮފް ޕަބްލިކް ރިލޭޝަންސް އެންޑް އިންފޮމޭޝަން، މުހައްމަދު ތަބީތު ވިދާޅުވީ އިންޖީނުގެ ބަންދުކުރަން ޖެހުނީ ތެލަށް ޖެހިގެން ކަމަށެވެ.

"މިހާރު ގައްޒާއަށް އިސްރާއިލުން ފޯރުކޮށްދެނީ 120 މެގަވޯޓުގެ ކަރަންޓު. މިސްރުން ފޯރުކޮށްދެމުން އައި ކަރަންޓު މީގެ ތިން މަސްކުރިއްސުރެ ނުލިބޭ. އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން މިބަލަނީ ހަތަރު ގަޑިއިރު ކަރަންޓު ފޯރުކޮށްދެވޭތޯ،" ތަބީތު ވިދާޅުވިއެވެ.

ތަބީތު އިތުރަށް ވިދާޅުވީ އެ ކުންފުންޏަށް މާލީގޮތުން ވެސް ވަރަށް ބޮޑެތި ދަތިތަކެއްް ދިމާވެފައިވާ ކަމަށެވެ. އަދި ކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ ފަރާތްތަކަށް ފައިސާ ދެއްކުމާއި އަދި ކުންފުނީގެ ހިންގުމުގެ ހަރަދު ވެސް ރަނގަޅަށް މެނޭޖު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައްޒާއަށް ދިމާވެފައިވާ އިގްތިސާދުގެ ދަތިކަމާއި އަދި އެހެނިހެން މައްސަލަތަކުގެ ސަބަބުން ހިދުމަތް ނުދެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އަދި އޭގެ ސަބަބުން ސިއްހީ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާނެ ކަމަށްވެސް ތަބީތު ވިދާޅުުވިއެވެ.

ތަބީތު ވިދާޅުވީ ގައްޒާއަށް އިންސާނީ މުސީބާތެއް ޖެހިފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގައުމުތަކުން ގައްޒާއަށް އެހީވުމަށް ތަބީތު ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް