ހުރުމުޒު ކަނޑުއޮޅި ކައިރިއަށް އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓިއްޖެ

އަޕާޗޭ މަރުކާގެ ހެލިކޮޕްޓަރެއް

ވޮޝިންޓަން (9 ޖޫން 2026): އީރާނުން ހުރުމުޒު ކަނޑުއޮޅި ހިސާރުކޮށްފައި އޮތް އޮތުން ބަލައި މޮނިޓާ ކުރަމުގައާއި އަރަބިި ކަނޑުގައިވާ އީރާނުގެ ބަނދަރުތައް ހިސާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމެރިކާގެ އަޕާޗޭ މަރުކާގެ ހެލިކޮޕްޓަރެއް އިއްޔެ ވެއްޓިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުތިރާފުވެވަޑައިގެންފިއެވެ.

ޓްރަމްޕް ވިދާޅުވީ، ހުރުމުޒު ކަނޑުއޮޅިއާ ކައިރީ ހިސާބަކަށް އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވެއްޓުނު ކަމަށާއި އެ ހެލިކޮޕްޓަރުގައި ތިބި ޕައިލެޓާއި ކޯ ޕައިލެޓް ސަލާމަތްކުރެވިފައިވާ ކަމުގައެވެ. އިތުރު ތަފުސީލެއް ޓްރަމްޕް ނުދެއްވައެވެ.

ޓްރަމްޕް މި ކަމަށް އިއުތިރާފުވި ނަމަވެސް މެދުއިރުމަތީގައި ހިންގާ އެމެރިކާގެ އަސްކަރީ ހަރަކާތްތައް ނިސްބަތްވާ ކޮމާންޑް ކަމަށްވާ ސެންޓްކޮމްއިން މި ކަމާ ބެހޭ ގޮތުން އަދިވެސް އެއްޗެއް ނުބުނެއެވެ. ހެލިކޮޕްޓަރު ވެއްޓުނުކަން ނުވަތަ ނޫންކަން އަދި އޭގައި ތިބި ޕައިލެޓުން ސަލާމަތްވިކަން ނުވަތަ ނޫންކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެގެ ވަގުތެއްގައި މި ހެލިކޮޕްޓަރު ވެއްޓުނުކަން ހާމަކޮށްފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ނިޔުޔޯކް ޓައިމްސްއިންނެވެ. ނިޔުޔޯކް ޓައިމްސް ބުނި ގޮތުގައި މިއީ އެމެރިކާ ސިފައިން ބޭނުންކުރާ އެންމެ މޮޅު ހެލިކޮޕްޓަރު ކަމަށްވާ "އަޕާޗޭ އޭއެޗް 64" މަރުކާގެ ހެލިކޮޕްޓަރެކެވެ. މިއީ ހަނގުރާމައިގެ އުނދަނގޫ ދަތި ތަންތަނުގައި ވެސް ވަރަށް ބަރާބަރަށް މަސައްކަތްކުރާ މެނޫވެރަބިލިޓީއާއި ލީތަލިޓީގެ ގާބިލުކަން ލިބިފައިވާ ހެލިކޮޕްޓަރެއް ކަމަށް އެމެރިކާ ސިފަކުރާ ހެލިކޮޕްޓަރެކެވެ. މި ހެލިކޮޕްޓަރު ވައްޓާލީކަން ނުވަތަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވެއްޓުނީކަން ވެސް ސާފުވެފައެއް ނުވެއެވެ.

އެމެރިކާގެ އުދުވާނާ ދެކޮޅަށް ހަނގުރާމަކުރާ އީރާނުން ވެސް މި ހާދިސާއާ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގައި އެމެރިކާގެ 50 އަށް ވުރެ ގިނަ އަސްކަރީ އުޅަނދު އީރާނުން ހަލާކުކޮށްލިކަން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ފައިޓާޖެޓާއި ޖާސޫސީ މަތިންދާބޯޓުތަކާއި އަސްކަރީ ޓްރާންސްޕޯޓް މަތިންދާ ބޯޓުތަކުގެ އިތުރުން ގިނަ އަދަދެއްގެ ޑްރޯންތައް ހިމެނެއެވެ.

އީރާނުން ހުރުމުޒު ކަނޑުއޮޅި ހިސާރުކުރުމާ ގުޅިގެން އެ ސަރަހައްދު މޮނިޓާކުރަމުންދިޔަ އެމެރިކާގެ އަޕާޗޭ މަރުކާގެ ހެލިކޮޕްޓަރެއް ވެއްޓިއްޖެއެވެ. މި ހާދިސާ ހިނގާފައިވާކަން އެމެރިކާގެ ރައީސް ކަށަވަރުކޮށްދެއްވާފައިވާއިރު، ހެލިކޮޕްޓަރުގައި ތިބި ދެ ޕައިލެޓުން ސަލާމަތްކުރެވިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ސެންޓްކޮމް އިންނާއި އީރާނުންވެސް މިކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

  • ހުރުމުޒު ކަނޑުއޮޅި ސަރަހައްދަށް ވެއްޓިފައިވަނީ އެމެރިކާގެ އަޕާޗޭ މަރުކާގެ ހެލިކޮޕްޓަރެކެވެ.
  • ހެލިކޮޕްޓަރުގެ ޕައިލެޓާއި ކޯ ޕައިލެޓް ވަނީ ސަލާމަތްކުރެވިފައެވެ.
  • ހެލިކޮޕްޓަރު ވެއްޓުނީ ޓެކްނިކަލް މައްސަލައަކުން ކަމެއް ނުވަތަ ބަޔަކު ވައްޓާލީ ކަމެއް އަދި ނޭނގެއެވެ.
  • އެމެރިކާގެ ސެންޓްކޮމް އަދި އީރާނުންވެސް މިކަމާ ގުޅޭގޮތުން ބަޔާނެއް ނުދެއެވެ.
  • އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުން.
  • ޕައިލެޓުންގެ ފުރާނަ ސަލާމަތްވުން.
  • ހާދިސާގެ ސަބަބު ކަށަވަރުނުވުން.
  • ރަސްމީ އިދާރާތަކުގެ ހިމޭންކަން.
  • "ސެންޓިމެންޓް": {
  • "އޯވަރޯލް": "ނެގެޓިވް",
  • "ސްކޯރ": 0.85,
  • "އިމޯޝަންސް": [
  • "ކަންބޮޑުވުން",
  • "ޔަގީންކަންނެތުން"
  • ],
  • "ކީވޯޑްސް": [
  • "ހެލިކޮޕްޓަރު",
  • "ވެއްޓުން",
  • "ހުރުމުޒު",
  • "އަސްކަރީ"
  • ]
  • }
comment ކޮމެންޓް