Sun Online

ނޭނގި ހިތާ ކުޅެލީ - 39

ނަބީލާއާއި އަރުޖަމަންދު ދެއްކި ވާހަކަތައް އިވުމުން ސަވާނާ އަނބުރައިނުގަތީ ހަމަކިރިޔާއެވެ.

ނަބީލާ ކިޔައިދިނީ އިމާދުއްދީން އޭނައާއިމެދު ކަންތައްކުރި ގޮތެވެ. ލިވިއާގެ މައްސަލާގައި ޒުވާބުކޮށްފައި އޭނަ މަރައިލަންވެގެން ޓެރެސްއިން ކޮށްޕާ ވައްޓާލީއެވެ. އޭނަ މަރުނުވިޔަސް މަރާލަން މަސައްތަކުރީތީ ޝަރީއަތް ހިންގަން ޖެހޭނެއެވެ. އަރުޖަމަންދު ބުނީ އޭނަ ޖަލަށް ލީ މަސްތުވާތަކެތި ވިއްކުމުގެ ސަބަބުން ކަމުގައެވެ. ސަވާނާ ދެލޯ މަރާ ބާރުކޮށްލިއެވެ. އޭނަގެ ބައްޕަ އެހާ ބޮޑު ކުށެއްކޮށްފާނެކަމަކަށް އޭނަ އެއްގޮތަކަށްވެސް ހިޔެއްނުކުރެއެވެ. ލިވިއާއަށްޓަކާ އޭނަގެ މަންމަގެ ފުރާނަ ދުއްވާލަން މަސައްކަތްކުރީއެވެ. ކުއްލިއަކަށް ސަވާނާގެ ހިތުގައި ބައްޕައާއި ދޭތެރޭގައި ފޫހިކަމެއް އުފެދުނެވެ.

ކޮޓަރީގެ ބެލްކަނީ ހުޅުވާލައިގެން ބޭރަށް ނުކުތުމުން ގަދަފިނިކަން އޭނަގެ މުޅި ހަށިގަނޑުގައި ސާލެއް ފަދައިން އޮޅާލައިފިއެވެ. ފިންޏަށް ފަރުވާލެއްނެތި ދުރަށް ބަލަން ހުރީ ޚިޔާލަށް ގެއްލިފައެވެ. އެހެން ހުރެފާ ފޯނު ނަގައިގެން އިންސްޓަގްރާމް ހުޅުވައިލުމުން ސިހުނެވެ. މާތައް ގަންނަނީ ސަވާނާއަށް ދޭންހެއްޔޭ ކިޔާފައި ކައިދަން ކޮށްފައިން ކޮމެންޓަކީ ހަމަ ތެދެއްބާވައެވެ. ދެރަވެފައި ހުރެވެސް ހިނިތުންވެލެވުނެވެ.

"އެކަނި ހުރެ ހެނީ އިމޭޖިނަރީ ފްރެންޑަކާއި ވާހަކަ ދައްކަދައްކާފައި ހެން ހީވާން ފަށައިފި. އެކަމަކު އޭނައަކަށް ނޭގޭ ކުއްޖަކު ފިނިވެގެން ހަލާކުވާއިރު. ހަގްއެއް ދޭންވީ؟ " ލުކުމާން ގަޔާއި ކައިރިކޮށްލަމުން ފުންކޮށް މޫނަށް ބަލައިލައިފިއެވެ.

ލުކުމާންގެ އެފަދަ ކުޑަ އަޅާލުމަކުންވެސް ހިތަށް ލިބިގެންދާ އުފާތައް ލުކުމާންއަށް އެނގޭނެނަމައެވެ. އޭނަގެ ބަނޑުގައިވާ ދަރިފުޅަށްޓަކާ އަޅާލާންވެގެން ކުރާ ކަމަކަށްވިޔަސް ހަމަ އެންމެ ރަގަޅެވެ. އެނގޭހާ އެއްޗަކީ ދަރިފުޅުގެ ސަބަބުން ދެމީހުން ދޭތެރޭގައިވާ ގަނޑުފެނުގެ ފާރު ވިރިގެން ފައިބަން ފަށައިފިކަމެވެ. ސަވާނާ ފޯނު ހުޅުވާލާފައި އޭނަ ބަލަން އިން ފޮޓޯގަނޑުދައްކައިލިއެވެ. ކައިދަންގެ ކޮމެންޓުގައި އިނގިލި ޖެއްސިއެވެ.

"ލޫކް. މިއީ ހަމަ ތެދެއްތަ؟ "

"ހޫމް. ދެން ކުއްޖަކު މާ ދެރަވެފައި ހުންނަތަން ފެނިފާ ސިމްޕަތީވީ. ހިތަށް އެރީ މާ ފޮނުވާނީއޭ. އަހަރެންގެ ފަރާތުން އިތުރު އެއްޗެއް ނުދެވުނަސް އެޓްލީސްޓް އެވަރުގެ ކަމެއްކޮށްލަދޭން ބޭނުންވި ސަބަބެއް ނޭގޭ. އެމާތައް ލިބުމުން ސަވާނާގެ ދެލޮލުން ފެންނަ ވިދުމާއި އުފާވެރިކަން ފެނުމުން އިތުރަށް ފޮނުވަން ބޭނުންވީ......." ލުކުމާން ބެލްކަނީގައި އަތް އަޅުވައިލަމުން ސަވާނާގެ މޫނަށް ބަލަންފެށިއެވެ.

"ތޭންކްސް ލޫކް..." ސަވާނާ ޖަޒުބާތީ ވީވަރުން ދެލޮލުގައި ކަރުނަ ގިނަވެގަތެވެ. ލުކުމާން އާއި ހަތަރުކަޅިހަމަކޮށްލަމުން ހިނިތުންވެލިއެވެ. ބޭރުފުށުން ހަރުކަށި ސިފަތަކެއް ދެއްކިޔަސް ލުކުމާންގެ ހިތުގައި ރަހުމާއި އޯގާތެރިކަން ލައްވާފައިވާކަން ޔަގީންކުރެވިއްޖެއެވެ.

"މަންމަމެން ރޫމްކައިރީ ހުރެ ކޮން ވާހަކައެއް އަހާފައި ރުއީ؟ " ލުކުމާން ކުއްލިއަކަށް ކޮށްލި ސުވާލުން ސިހުނެވެ. ލުކުމާން އެފްބީއައި އެޖެންޓެއްފަދައެވެ.

"ލޫކްގެ ވާހަކަތަކަށް އިތުބާރުކުރަން މަޖުބޫރުވެއްޖެ. ކުރިން ހަމަ ގަބޫލުކުރަން ވަރަށް ދަތިވި. އެކަމަކު މިހާރު ޔަގީން. ލޫކް ހުޅަގުން އިރު އަރައިފިއޭ ބުނާނީވެސް އެރީމަ. އެހާ ޓްރަސްޓްކުރެވިއްޖެ. ސަބަބަކީ ދުވަހަކު ހިތަށް ނާރާ ބައްޕަ އެކަހަލަ ކަމެއްކޮށްފާނެއޭ. ލޫކް. މަންމަ ކޮށްޕާލީ ބައްޕަ ކަމަށް މަންމަ އިއުތިރާފްވެއްޖެ. އައި ކާންޓް އެވާ ފޮގިވް ހިމް ފޯ ދެޓް. މަންމައާއި ވަކިން އުޅެން ޖެހުނީވެސް ބައްޕަގެ ނުލަފާ ކަމާހެދި. މަންމަމެން ދެއްކި ވާހަކަތަކުން ވަރަށް އުދަގޫވި. ލޫކް ކައިރި ބުނަން ނުކެރޭ ވާހަކަތައް ލޫކް މަންމައާއި ބެހޭގޮތުން އެގިއްޖެ. އައިމް ސޮރީ. ބައްޕަގެ ފަރާތުންވެސް މާފަށް އެދެން....އައިމް ރިއަލީ ސޮރީ.............." ސަވާނާ ފުންނޭވައެއް ދޫކޮށްލިއެވެ. ވާހަކަދައްކާ ކޮންމެ ފަހަރަކު ދެމީހުންގެ ނޭވާ އާތްވައްވެގެން ދުންކޮޅެއްގެ ސިފައިގާ ފެތުރެއެވެ.

"ނޮޓް ޔޯ ފޯލްޓް....." ލުކުމާން ސަވާނާގެ އަތުގައި ހިފަހައްޓާލަމުން ކައިރިކޮށްލިއެވެ. ސަވާނާ އެ ވާހަކަދައްކާފައި ރޯންފެށުމުން ކޯތާފަތް ފޮހެދިނެވެ.

"ސަވާނާގެ ބައްޕަ ކުރިކަމެއް ވިއްޔާ އަދަބުލިބޭން ޖެހޭނީ އޭނައަށް. އެކަމުގެ ސަޒާ އޭނައަށް ލިބެމުން އެދަނީ. މުއްސަދިކަމާއި އިއްޒަތުގައި އުޅެން ލިބުނީމަވެސް އެހެންމީހުންނަށް ބޮޑު ދުއްތުރާލަކަށް އޭނަ ވީ. އަހަރެންގެ ކުޑައިރުގެ ވާހަކަތައް ކިޔައިދޭނަން. އޭރުން ޖަޖްކުރަން ބޮޑަށް އެނގޭނެ. ސަވާނާއަށް އެނގޭތަ؟ އަހަންނަކީވެސް ކުށްވެރިއެއް. އަހަރެންގެ ކުށަކީ އޭނަ ކުރި ކަމެއްގެ ސަބަބުން ރިވެންޖް ނެގުމަކީ ހަމައެކަނި އިމާދުއްދީންގެ ފަރާތުން ކުރަން ޖެހޭނެކަމެއްކަމަށް ގަބޫލުނުކުރެވުން. އެކަމުގެ ތެރޭގައި ސަވާނާފަދަ ކުށެއްނެތް ކުދިން ހިމެނުންވެސް އޯކޭ ކަމަށް ގަބޫލުކުރުން. ހޫމް ސަވާނާ. އަހަރެން އުޅުނީ އޭނަގެ ފަރާތުން ބަދަލުހިފަން. އޭނަގެ ވިޔަފާރި ބަގުރޫޓްކޮށް އިދަ ޖައްސާލަން. އޭނަ މަންމަގެ ފައިތިލަ މައްޗަށް ވައްޓާލާ ބެގް ކުރުވަން. އަދި އޭނަގެ ގެއާއި ހުރިހާ މުދަލެއް އޯން ކުރުން. އަދި އޭނަގެ ލޯބިވާ ދަރިފުޅާއި ކައިވެނިކުރަން ރޭވީވެސް ހަމަ އެރޭ ނުގޮސް އެންމެންގެ ކުރިމަތީ ލަދުގަންނަވާލަން. ލިވިއާ ފަހުން ދޮގުހެދީ. މަންމަ މަރުވެގެންނޭ ކިޔާފައި އެ ދޮގުވެރި އަންހެންކުއްޖާ ފަހުން ދޮގުހަދާ އެކަން އޮއްބާލީ......" ލުކުމާން ސަވާނާގެ އަތަށް ބާރުކޮށްލިއެވެ.

"ސަވާނާއާއި ފަހުން ކައިވެނިކުރީ ސަވާނާގެ ބޮލަށް އެރިގެން ގެ ހޯދަން. ފަހުން ހުރީ ވަރިކޮށްލާފައި ގެއިން ނެރެލަން. ނަމަވެސް މަންމަ އެކަމަށް ހުރަސް އެޅީ. ސޮރީ އިފް އައި ހާޓް ޔޫ.........އަހަންނަށް އެނގޭ ސަވާނަ އަހަރެންދެކެ ލޯބިވާކަން. އެންމެ ކުރިން ފެށިގެން މި ދެލޯ އަބަދުވެސް އެކަމަށް ހެކިދޭ. ސަވާނާ އަހަންނާއިމެދު ކަންތައްކުރީ އަހަރެންވެސް ލަދުގަންނަހާ ރަގަޅަށް. އެކަމުގެ އަދަބު ލިބިގަންނަން މިހިރީ. އަހަރެމެންގެ ދަރިފުޅުގެ ސަބަބުން އިރާދަކުރެވިއްޔާ މަރުވަންދެން އަހަރެމެން ވާނީ އެކީގައި. ވީމާ އަހަރެން ބަލާނަން ވީވަރަކުން ސަވާނާގެ ހިތްހަމަޖައްސައިދީ އުފަލުގައި ބަހައްޓަން........." ލުކުމާން ސަވާނާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

"ޑަޒް ދެޓް މީން އައި ކާންޓް ބީ އެނީތިން ލައިކް ލިވިއާ......." ސަވާނާ ތުންފަތުގައި ދަތްއަޅައިލިއެވެ.

"ލިވިއާ؟ ޔޫ އާ މަޗް މޯ ދޭން ދެޓް..........." ލުކުމާން ހީލާފައި ސަވާނާގެ ކޯތާފަތުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ.

"އަހަރެން ބަލަނީ މީހާގެ ބޭރުފުށުގެ ސިފަތަކަށް ނޫން. ހިތަށް. މިހާ ކައިންޑް އަންހެންކުއްޖެއް ދުވަހަކު ނުދެކެން......................" ލުކުމާން ކޮންމެވެސް ވަރަކަށް ހިތުގައިވާ ޝުއޫރުތައް ހާމަކުރިއެވެ.

"މި ސްކާ.......ކިހާ ހަޑި..."

"ނޯ. މީ އަހަންނަށްޓަކާ ސަވާނާގެ ހިތުގައިވާ ލޯބި އަންގާދިން ހެކި. ފުރާނަވެސް ގުރުބާން ކުރަން ތައްޔާރަށް ހުރިކަން އެނގުނީ އެހެންވެ......އައިމް ޕްރައުޑް އޮފް ޔޫ. ވަރަށް ލޯބި ކުއްޖެއް. މިހާ ލޯބި މޫނުކޮޅެއް އަހަރެން ނުދެކެން. މި ލަކުނު ހުރީމަ ވަކިން ސްޕެޝަލް..ބީޔޯ ސެލްފް. ހަމަ މިހެން ހުއްޓާ ދޯ އަހަންނަށް ސަވާނާ ފެނި އެކީ މިއުޅެނީ......................" ލުކުމާން ބުނެލިއެވެ.

"އެކަމަކު ހަމަ ހިތަށް އަރަނީ އަހަރެންގެ ބައްޕަގެ ދަރިއަކު ލޫކްއާއިއެކު އުޅެވޭނެހެއްޔޭ. ވަރަށް ގިލްޓީ އެބަވޭ........ހަމަ އެހެން ހިތަށް އަރަނީ......." ސަވާނާ އިސްޖެހިއެވެ.

"އިނަފް. ދެން އެވާހަކަ ހުއްޓާލާ. ބުނެފީމެއްނު ކުށްވެރިޔަކީ އެހެންމީހެކޭ. ސަވާނާއެއް ނޫން. އައި ކާންޓް ލެޓް ޔޫ ގޯ ނައު. މައިންބަފައިންގެ ކުށުގެ އަސަރު އިނޮސެންޓް ކުއްޖަކަށް ކޮށްގެން ނުވާނެ. ތިންކް އެބައުޓް އިޓް ބޭބީ. އަހަރެމެން ދެމީހުން ދުރުވެގެން ދަރިފުޅަށް އެއްވެސް ހިތާމައެއް ލިބެން އެދޭތަ؟" ލުކުމާން ސަވާނާގެ މޫނަށް ފައިބަމުން ދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލާފައި ލަކުނުގައި ފިރުމައިލިއިރު އެދެލޮލުން ފެނުނީ އޯގާތެރިކަމުގެ އިންތިހާއެވެ. ސަވާނާއަށް އެ ލޮލުގެ ޖާދޫގައި ޖެހިފައި ބަލަން ހުރެވުނީ ދުރުބަލަން ނޭގިފައެވެ. ސަވާނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލަމުން ލުކުމާންގެ ޓީޝާޓުގައި ދެއަތުން ހިފާ ބޮނޑިކޮށްލަމުން ކައިރިވެލިއެވެ. މޫނުގައި އަތް ޖައްސައިލެވުނެވެ. ކޮންފަދަ ރީތި މޫނެއްހެއްޔެވެ.

"އިތުރު އެހެން ކަމަކަށް ބޭނުންވާ ކުދިން ތިގޮތަށް އަތްލާނީ. ތިހެން ބަލައިލާނީ.........މިހެން ބުނާއިރުވެސް އެނގޭ މި އިނޮސެންޓް ކުއްޖާގެ ހިތުގެ ސާފުކަން. ހަމައެކަނި ލޯބިކަން މި ހިތުގައި އޮތީ. ނަތިން ލައިކް ލަސްޓް މްމްމް ސްޓިލް ޔޫ ޝުޑް ނޯ އިޓްސް ޕާޓް އޮފް ލަވް. އައި ކެން ބީ ޕެޝަނޭޓް؟ ރިމެމްބާ ދެޓް ނައިޓް. ......................"ލުކުމާންގެ ޖުމްލައިން ސަވާނާއަށް ޝޮކެއް ލިބި ރަކިވާގޮތްވިއެވެ. އަނގަ ހުޅުވިފާ ހުއްޓާ ލުކުމާން ކޮށްލި މަޖާކަމަކުން އަދި ސަވާނާ ބަސް ހުއްޓުނީއެވެ. އެ ސީރިޔަސް ބީރައްޓެހި ލުކުމާންގެ އެހެން ފަރާތެއް ފެންނާންފެށީއެވެ.

ލުކުމާން ވިސްނީ މިވަގުތުން ފެށިގެން ހުރިހާ އުފަލެއް ސަވާނާއަށް ދިނުމަށެވެ. އެކީގައި ލޯބިން އުޅެ މުޅި ހަޔާތް ސަވާނާއާއިއެކު ހޭދަކުރުމަށެވެ. އޭނަ ބަދަލުހިފަންވެގެން ސަވާނާގެ ހިތަށް ދިންހާ އަނިޔާއެއް ލޯތްބާއި އޯގާތެރިކަމަށް އޭނަ ބަދަލުކުރާނެއެވެ. ހިތުގައި ފުރަތަމަ ފަހަރަށް ސަވާނާއަށްޓަކާ ވިންދުޖެހިއެވެ. އެރީތި ދެލޮލުގައިވާ މައުސޫމްކަން ފެނި ތަފާތު އަސަރުތަކެއް ކުރުވިއެވެ.

ސަވާނާގެ ބަނޑުގައި ރިއްސައިގެން ހޮސްޕިޓަލަށް ގެންދިޔަ ދުވަހަކީ ބަހާރުމޫސުމްގެ ހިތްގައިމު ދުވަހެކެވެ. ލުކުމާން ދުވަހަކު ކަމަކާ ހާސްނުވާވަރަށް ހާސްވިއެވެ. ޑޮކްޓަރު ބަލާފައި ސިޒޭރިއަންއަކަށް ދާން ޖެހޭ ވާހަކަ ބުނުމުން ލައުންޖްގައި އިންއިރު ދެލޮލުން ކަރުނަ އޮހުނެވެ. އިޒިކްއާއި ލުކުމާންގެ ދޮންބައްޕަ އަދި މަންމައާއި ކައިދަންއާއި އާއިލާގެ އެހެންމީހުން ހިތްވަރުދޭން ތިބުމުން ހަމަޔަކަށް އެޅުނެވެ. ނަމަވެސް އެންމެނަށް އެދުވަހު ސާބިތުވީ ލުކުމާންގެ ހިތުގައި ސަވާނާއަށް އޮތް ލޯތްބެވެ. ތިއޭޓަރަށް ވެއްދިވަގުތު ލުކުމާން ސަވާނާގެ ނިތްކުރީގައި ބޮސްދިނެވެ.

"އައިމް ރައިޓް ހިއާ......." ލުކުމާން މަޑުމަޑުން ބުނެލުމުން ސަވާނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ދަރިފުޅު އަތަށް ލިބުމުން ލުކުމާން ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. މަޑު ފިނިފެންމާކުލަ އަރާ މޫނުކޮޅުގައި ބޮސްދިންއިރު ލޮލުން އޮހުނީ އުފާވެރިކަމުގެ ކަރުނައެވެ.

ދަރިފުޅު ފެނުމުން އަރުޖަމަންދު އެކުއްޖާ ދެކެފައި ހަމަ ހައިރާންވިއެވެ. ކުއްޖަކު ބޮޑުބޭބެއާއި މިހާ ވައްތަރުވި ތަނެއް އޭނަ ނުދެކެއެވެ. ހަމަ އިޒިކް ތުއްތުއިރު އޮތްގޮތެވެ.

"މިފުށްގަނޑު އިޒިކްއާއި ތަފާތެއްނެތް. ހަމަ މުށިކުލައިގެ ވަރުގަދަ އިސްތަށިގަނޑު......މައްޗަށް އަރާފައިވާ ބުމަވެސް ތަފާތެއްނެތެއްނު. ދެލޯވެސް އިޒިކްގެ ކާބަން ކޮޕީއެއް..............." މަންމަގެ އެ ޖުމްލައާއިއެކު ލުކުމާންގެ މޫނުގެ ކުލަ ކޮންމެވެސް ވަރަކަށް ފަނޑުވެ އިސްޖެހޭގޮތްވިއެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް އެދެލޮލުން ސިހުން ފެނިފާ އެހާ އަވަހަށް އޭނަ ހީގަތެވެ. ނަމަވެސް ލުކުމާންގެ ހިތުގައި ޝައްކުތަކެއް ހިގާނެކަން ޔަގީންވެ އިޒިކް ހާސްވިއެވެ. ބޮޑުބޭބެއިންނާއި ކުދިން ވައްތަރުވުމަކީ ނުވެދާނެކަމެއް ނޫނެވެ. އެއީ ހަމަ ވުން އެކަށީގެންވާކަމެކެވެ. އެބުނާހެން އެދަރިފުޅުގެ ސިފަތައް އޭނަގެ ކުޑައިރުގެ ފޮޓޯތަކާ ތަފާތެއްނެތެވެ. ވަރުގަދަކަމުން ކޮޅަށް ޖެހިފައިވާ ފަން މުށި އިސްތަށިގަނޑަކީ އެންމެ އަޅައިގަންނަ އެއް ސިފައެވެ. އެކުއްޖާއާއިއެކު އިޒިކްވެސް ސެލްފީނެގިއެވެ. މޫނާއި މޫނު ޖައްސާލައިގެން ހުރެއެވެ. މަންމަ އަރުޖަމަންދުއަށް ލުކުމާންގެ ހިތަށް ކުރާނެ އަސަރެއްނޭގުނެވެ. އިޒިކްއާއި ސަވާނާ އަޅުވާ ކިޔުނުކަމެއް އެނގިފައެއްނެތެވެ. އެހެންވެ އިޒިކްއާއި ވައްތަރޭ ކިޔަކިޔާފައި މަންމަ ނުލާހިކު އުފާވެގެން އެވާހަކަ އިރުއިރުކޮޅާ ފަށައިގަނެއެވެ.

ސަވާނާގެ މޭމަތީގައި ދަރިފުޅު ބާއްވާލައިގެން އޮތެވެ. ލުކުމާން އެނދުގެ މަގަތުގައި އިށީދެލައިގެން ސަވާނާގެ އިސްތަށިގަނޑުގައި އޯގާތެރިކަމާއިއެކު ބީއްސާލަމުން ދިޔައިރު ވާހަކަދެއްކިއެވެ.

"މިހާ އުފާވެރި ދުވަހެއް ހަޔާތަކު ނާދޭ. ތޭންކްސް ބޭބީ. މިހާ ފުރިހަމަ ހަދިޔާއެއް ދިނީތީ....އިޓްސް އެ ޕާފެކްޓް ގިފްޓް......ބަޓް...ހީ ލުކްސް ލައިކް މައި ބްރަދާ...." ލުކުމާން ދަރިފުޅުގެ ވަރުގަދަ އިސްތަށިގަނޑާއި ކުޅެލަމުން ވާހަކަދެއްކިއިރު ވިސްނަން އިންހެން ސަވާނާއަށް ހީވިއެވެ. ޝައްކުކުރީބާވައެވެ. ނޫނެކެވެ. ލުކުމާން ޝައްކެއް ނުކުރާނެއެވެ.

"ޑަޒް ހީ؟ " ސަވާނާ ކުޑަކޮށް ހާސްވެފައި ހިންދިރުވައިލިއެވެ. ބައެއްފަހަރު ކުށެއްނުކުރިޔަސް އަނެއް މީހާ ދިމާކުރަން ފެށީމަ ކުށެއްކޮށްފައިވާހެން ހީވާގޮތަށް އުޅެވޭފަހަރުވެސް އާދެއެވެ. ސަވާނާއަށްވެސް ވީ އެވަރެވެ.

"ކީއްވެ ނާވަސްވީ؟ " ލުކުމާން ސުވާލުކުރިއެވެ.

"ލޫކް އަބަދު އަޅުވާކިޔަމެއްނު. ޕްލީޒް ބިލީވް މީ. ދުވަހަކު ދުވަހަކު އިޒިކް އެހެން ކަހަލަ ނަޒަރަކުން ބަލާލާފައެއްވެސް ނުވާނެ........."

"ނަޒަރަކުން ބަލާނުލިޔަސް އިޒިކް ހަގްކުރަމެއްނު. ކިތަންމެ އިނޮސެންޓްކަމަކަށްވިޔަސް ޔޫ ހަގްޑް ހިމް ބެކް ރައިޓް؟ " ލުކުމާން ތަންކޮޅެއް ސީރިޔަސްވެލިއެވެ. ސަވާނާ ވަގުތުން ހާސްވެ ރޮވޭވަރުވިއެވެ.

"ހަދާނެއްނެތް. ޕްލީޒް ލޫކް ތިގޮތަށް ޝައްކުނުކުރޭ. އިޒިކްއަށް ވަރަށް ގަދަރުކުރަން އިހުތިރާމްކުރަން. އަބަދުވެސް އިޒިކްއާއި މެދު ދެކުނީ ޑޮކްޓަރެއްކަމަށް. އެކަނިވެރިވެ ދުނިޔެއިން މާޔޫސްވެ މަރުވާ ހިސާބަށް ދިޔައިރު ހީ ހެލްޕްޑް އެލޮޓް. ޖިލް ހިތްހަމަނުޖެހުނީމަ ކަން ނޭގޭ ފަހުން އިޒިކް ހުއްޓާލީ.. އިޒިކް ނުބުންޏަސް ފަހުން ރީޒަންއަކީ ޖިލްކަން ވިސްނުނު....................."

"އަހަރެން އާލިމާ ފޮނުވި ފޮޓޯތަކެއް ދެކުނިން. ހާސްނުވޭ ލަވް. އަހަންނަށް އެނގޭ ފާރައަށް ހުންނަ މީހަކު އެކަހަލަ ކޮންމެ އަމަލެއް ވީޑިއޯކުރަން ތައްޔާރަށް ހުންނާނެކަން. މޭބީ ޔޫ ފޮގޮޓް އެވްރީތިން. އެކަމަކު އެއީ ފޭކް ޕިކްއެއްނޫން. އެހާ ވަރަށް ބެލިން. އެޑިޓްކޮށްފައެއްނޫން ހުރީ. އެކަމަކު ވެދާނެ ހަމަ އޭޒް އެ ސިސްޓަ އިޒިކް ހަގްކޮށްލީކަމަށް. ދަނޑިވަޅަކަށް ބަލަ ބަލާ ހުންނަ މީހަކު އެޑްވާންޓޭޖް ނަގާފާނެ. އަދި ބުނެފިއޭ އިޒިކް އަތުލައިގެން ފޮޓޯތައް ޑިލީޓްކޮށްލީއޭ. އެނީވޭސް އަހަރެން އިޒިކް އަދި ސަވާނާއަށްވެސް ޓްރަސްޓްކުރަން. މީހުން ގުޅުން ކަނޑާލަން ބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އަހަންނަށް އެހެނޭ ކިޔާފައި ހުރި އެންމެ ބޭބެއާއި ވައިފްއާއި ގުޅުން ކަނޑައެއްނުލެވޭނެ. އީވެން އިފް ދޭ ހޭޑް އެން އެފެއާ އައި ވުޑް ފޮގިވް......ހެހެ. ރެޑީ ޓު މޫވް އޮން ޕާސްޓް މަތިން އެއްކޮށް ހަދާން ނައްތާލާފައި.........." ލުކުމާންގެ ހިތް ސާފެވެ. ސަވާނާ އެއަށްވުރެ މައުސޫމެވެ. އަދި އޭނަދެކެ ވާ ލޯބި އެދެލޮލުން އަބަދާއަބަދު ހާމައަށްވެއެވެ. އޭނައަށް ބަލާ ތަފާތު ނަޒަރުން އެކަން ސާބިތުކޮށްދެއެވެ. އެހާވެސް ބޮޑަށް އެލޮލުގައި ދީވާނާކަންވެއެވެ. ހަމައެކަނި އޭނައަށްޓަކައެވެ.

އިޒިކް ލުކުމާންއަށް ކޮފީތަށްޓެއް ހަދައިގެން ނުކުތްއިރު ފެންޑާގެ އެއްފަރާތެއްގައި ހުރި މާބްލް ބެންޗެއްގައި އިށީދެގެން ފިކުރެއްގައި ކަހަލަގޮތަކަށް އިނެވެ. އެދިމާލުގައިވާ ޗެރީ ބްލޮސޮމްގަހުގައި ފޮޅިފައިވާ އެތައް ހާސް މާތަކުގެ ސަބަބުން މުޅި ބަގީޗާއަށް ދިރުން ގެނެސްދީފައިވިއެވެ. ޑެފޮޑިލް ޓިއުލިޕް ކާނޭޝަން އަދި ލައިލަކް މާތައްވެސް ހިނިތުންވާފަދައެވެ. ކޮންމެ ދިމާލަކުން ފެންނަނީ ބަހާރުގެ ކުލަތަކެވެ.

"ވަޓްސް އަޕް. ބޭބީ ލިބުމަށްފަހު އަބަދު ފިކުރެއްގައި ހުންނަހެން ހީވޭ. ޔޫ އާ ސަޕޯސްޑް ޓު ސެލެބްރޭޓް......... " އިޒިކް ހުއްޓުނީ ތަބަށް ލެނގިލައިގެންނެވެ.

"އާއްމުކޮށް އިމޯޝަންސްތައް ހައިޑްކުރާތީ އިޒިކްއަށް ނޭގުނީ....."

"އެނގޭ ކީއްވެކަން. ދަރިފުޅު ލިބުމަށްފަހު މަންމަމެން ކިޔަންފެށި އެއްޗަކުން ލޫކް މޫޑީވިކަން އަހަންނަށް އެނގޭ......................." އިޒިކް ލުކުމާންގެ ކޮނޑުގައި ޖަހައިލަމުން ބެންޗުގައިވާ ހުސްތަނުގައި އިށީދެލިއެވެ.

"އަންކަލްއާއި ވައްތަރުވުމަކީ ހަމަ ނޯމަލްކަމެއް.."

"ސްޓިލް ޔޫ ހޭވް ޑައުޓްސް. އަހަންނަށް އެނގޭ. ބިލީވްމީ ލޫކް. އަހަރެން ދުވަހަކު ސަވާނާއާއި ލޯބީގެ އެއްވެސް ގުޅުމެއް ނުބާއްވަން. ލޫކް ނަންނި ދޫކޮށްފައި ދިޔުމުން ސަވާނާ ވަރަށް ސަކަރާތްވި. ހަމަ ނަފްސާނީ ޑޮކްޓަރަކުވެސް ދޭނެހެން ކައުންސެލިންދިނިން . މާ ގަދަޔަށް ރުއީމަ ފަހަރެއްގައި ކޮމްފޯޓްކުރަން ހަގް ކުރި ހަދާނެއްވޭ. ނަމަވެސް ހިތުގައި އެއްވެސް އެއްޗެއްނުވޭ. ގޯޑް ނޯސް. އައި ސްވިއާ އިން ދަ ނޭމް އޮފް ﷲ.................." އެންމެފަހުން އިޒިކް ލުކުމާންއަށް ޔަގީންކޮށްދޭން ހުވާކުރިއެވެ. އެހެންވާނެ ނޫންހެއްޔެވެ؟ ދަރިފުޅާއި އެހާ ވައްތަރުވުމުން އެފަދަ ޝައްކުތަކެއް ކުރެވޭނެއެވެ. އޭނައަށްވެސް ބޭބީ ފެނިފައި ޝޮކެއްލިބުނެވެ. އޭނަ ތުއްތުއިރުގެ ފޮޓޯތައްފަދައިން ވަރުގަދަ އިސްތަށިގަނޑުގެ ލޯލިތައް ސީދާ ކޮޅަށެވެ. އެންމެ އިސްތަށްޓެއް ކޮށާލަންވެސް މަންމަމެންނަނަށް ނުކެރުނެވެ. ރީތިކަމުންނެވެ.

"ދަ ބޭބީ އިޒް މައިން. އިޒިކްއާއިމެދު އެއްވެސް ޝައްކެއްނުކުރަން. ތެދަށް ބުނަންޏާ ދަރިފުޅު ލިބުމުން ޝޮކެއް ލިބުނު. އިޒިކްއާއި ވައްތަރުކަމަށް މަންމަމެން ބުނީމަ. އިޒިކްގެ ދަރިއަކަށްވިޔަސް ހަމަ ލޯބިވެވޭނީ އެއްވަރަކަށް ކަންނޭގޭ. ނަމަވެސް އެކަކަށްވެސް ނޭގެނީ އަހަންނާއި ދަރިފުޅުގެ ބާތުމާކް ސޭމްކަން. ކުޑަ ކުޑަ ހަނދުފަޅިއެއް ގޮތަށް ހަމަ އެއް ތަނެއްގައި. ޓެޓޫއަކާއި ވައްތަރުވާނީ...................." ލުކުމާން ކަންފަތުގެ އެއްފަރާތުގައި އިން އުފަންލައް ދައްކާލަމުން ހީލިއެވެ.

"ދެން ކީއްވެ ފިކުރެއްގައި ތި އިންނަނީ؟ "

"އިޒިކް ވީމަ ބުނެފާނަން. އަހަރެން ހުރީ މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުކިޔަންކަމަށް. އެންމެން ކަންބޮޑުވާނެތީ. ދަރިފުޅުގެ ވެންޓްރިކިއުލާ ސެޕްޓަލް ޑިފެކްޓެއް އިންކަމަށް ޕީޑިއެޓްރިޝަން ބުނި ވަގުތު ނޭގުނު ވީގޮތެއް. ސްމޯލް ޑިފެކްޓް ހުންނަ ގިނަކުދިން އިޓް ވިލް ކްލޯޒް އޮން އިޓްސް އޯވްން ކްލޯޒް ނުވިޔަސް އިތުރަށް ބޮޑެއްނުވާނެކަން އެނގޭ އެކަމަކު ސަވާނާއަށް އެނގިއްޖެއްޔާ ވަރަށް ފިކުރުބޮޑުވާނެ. ސަވާނާއަށް ކޮންވިންސްކުރުވާނެ ގޮތަކީ ނެތްގޮތެއް. އެހެންވެ ޑޮކްޓަރު ކައިރީ ބުނިން ސިއްރުކޮށްދޭށޭ. އަހަރެންގެ ސަބަބުން މުޅި ޕްރެގްނެންސީގައިވެސް ސަވާނާ ހިތާމައިގާ އުޅުނީ. ހިތަށް އަރާ އޭގެ އަސަރުބާވައޭ ދަރިފުޅަށްކުރީ......"ލުކުމާންގެ ލޮލުގައި ރިހުމެއްވިއެވެ. ސަވާނާއާއި ދޭތެރޭ ކަންތައްކުރެވުނު ގޮތުން އޭނަ ވަރަށް ހިތާމަކޮށްފިއެވެ. އަމިއްލަ ނަފުސް ކުށްވެރިކޮށްފިއެވެ.

"ބީ ސްޓްރޯންގް ލިޓްލް ބްރޯ. އޭޒް ޔޫ ނޯ ވީއެސްޑީ އަކީ އެހާ ސީރިޔަސް މައްސަލައެއްނޫން. ސާޖަރީއެއް ހަދަން ވިނަމަވެސް ފެމިލީގައި އެބަތިބި އެކަމަށް އެންމެ އެކަށީގެންވާ ޑޮކްޓަރުން. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ.........." އިޒިކް ލުކުމާންގެ އިސްތަށިގަނޑު ހާވާލީ ގާތްކޮށެވެ. ލުކުމާންގެ ބޭބެކަން އެގުނު ހިސާބުންފެށިގެން އޭނަގެ ހިތުގައި ކޮއްކޮއެއްގެ މަގާމުދެވި ލޯތްބާއި ކުލުނު އުފެދޭކަށް މާ ގިނަދުވަހެއް ނުނެގިއެވެ. އެލޮލުގައި ހުންނަ ނުފިލާ ރިހުން އެއްކޮށް ނައްތާލަން އޭނަވެސް ބޭނުންވެއެވެ.

ދަރިފުޅަށް ހަތްދުވަސްވީ ދުވަސް ކުލަގަދަކޮށް ފާހަގަކުރެވުނެވެ. އަގީގާ ކަތިލާ ފޮނި އެއްޗެހިން ސަދަގާތްކުރިއެވެ. ދަރިފުޅަށް އަދީ ލުކުމާން ކިޔާ ނަންދިނެވެ.

އެއަހަރު އެންމެ އުފާވެރި އެއް ޚަބަރަކަށް ލިބުނީ އަމްރާންއަށް ރައީސްކަން ލިބުމެވެ. ލުކުމާންމެންގެ އެތައް ވަގުތުތަކެއް އެކެމްޕެއިނަށް ހޭދަކޮށްވީ ގުރުބާނީގެ އަގު ހީވެސް ނުކުރާކަހަލަގޮތަކަށް ލިބިއްޖެއެވެ.

ތިން އަހަރު ފަސް

އޮފީލިއާގެ ގޯތިތެރޭ ޕާކްކޮށްލި ދެކާރުން ފޭބީ އެ އާއިލާގެ މެމްބަރުންނެވެ. އަރުޖަމަންދުއާއި ފިރިމީހާއެވެ. ލުކުމާންގެ ދެމަފިރިންނެވެ. އިޒިކްއާއި ސަވާނާގެ މަންމައެވެ. ލުކުމާން ހުރީ އަދީ އުރާލައިގެންނެވެ. އިނގިލި އަނގައިގާ ޖަހައިގެން އޮތްއިރު ރީތިކަމުން ދެކޭ ކޮންމެމީހަކަށް ނަޒަރު ހުއްޓާލަން މަޖުބޫރުކުރުވައެވެ. ދަރިފުޅު އިނގިލި ހުއްޓުވަން ސަވާނާމެން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. ސަވާނާ ގަޔަށް ދޫކޮށް އޮތް ކޯޓެއްފަދަ ހެދުމަކާއި ޖިންސެއްލައިގެން ޝޯލް އަޅާފައި ހުރިއިރު ހިކިކަމާއިއެކު ދޮންކަމުން އިނގިރޭސި ކުއްޖެކޭ ތަފާތެއް ނެތެވެ. ކުރީގެ ޗަބީ ސަވާނާގެ ބަދަލުގައި ހުރި ލޫޅާފަތި އަންހެންކުއްޖާ ފެނުމުން ކުރީގެ އެކުވެރިންނަށްވެސް އޮޅުން އަރާނެއެވެ. ދިގު ދަތުރެއްކަމުން ވަރުބަލިވެފައިވާތީ އަދީވެސް ވަރަށް އަވަހަށް ނިދާލައިފިއެވެ. ސަވާނާ އުޅުނީ ބޮލުގައި ރިއްސާތީއެވެ. ލުކުމާން ސަވާނާގެ ކަނދުރާ މަސާޖުކޮށްލަދޭން ފެށުމުން މަސްތަކަށް ރިލެކްސްވެ ދެލޮލަށް ބަރުވާގޮތްވިއެވެ.

"އެންމެން އައިއިރުވެސް ލޫކް ނައިނަމަ. މާލެދެކެ ފޫހިވޭ.." ސަވާނާ އޭރު އޮތީ ގަޔަށް ފަސޭހަ ކޮޓްން ޓޮޕްކޮޅަކާއި ސޯޓެއްލައިގެންނެވެ.

"މާލެއައީ ކޮންމެހެން އަހަރެންގެ ސްޕޮންޖް ބޮބްއަށް ސަޕްރައިޒެއްދޭންވެގެން. އެހެންނޫންނަމަ އަހަރެންވެސް އެހާވަރަކުން އަންނާކަށް ނެތިން. އޯލްރެޑީ މިސިން އަވާ ހޯމް. އައި ކަންތައް ނިމުނުހާ އަވަހަކަށް ފުރާނަން......."ލުކުމާން ސަވާނާގެ ކުޑަ ނޭފަތުގައި ހިފާލުމުން ރަތްވިއެވެ.

"ސަޕްރައިޒް..............." ސަވާނާ ވިސްނަ ވިސްނާ އެކަމެއް ނޭގުނެވެ. އޭނަގެ އުފަން ދުވަސް ނޫނީ އެނިވާސަރީވެސް އަންނަނީއެއްނޫނެވެ. ދެން ލުކުމާން ދޭން އުޅެނީ ކޮން ސަޕްރައިޒެއްބާވައެވެ. ސަވާނާ ދެލޯ ވަށައިގެން ހިންގާލަމުން ހީލިއެވެ.

"އެހާވަރަށް ނުވިސްނާ ޑާލިން....."

"އެންމެ ލޯބިވާ އިންސާނާއާއިއެކު އުޅޭއިރު ކޮން ސްޓްރެސްއެއް ހުންނާނީ. އައިމް މޯ ދޭން ރިލެކްސްޑް. އަދި ތިގޮތަށް ބޮލުގައި ފިރުމައިލީމަ.....މްމްމް. ރިލެކްސްވެ ނިދޭގޮތްވޭ. ޔޯ ހޭންޑްސް އާ ލައިކް އެ ޑްރަގް ޓުމީ..ވެން ޔޫ ޓަޗް މީ ލައިކް ދިސް އައި ފީލް ލައިކް އައިމް ފްލައިން.......ޓު ހެވެންސް. އާހް.....އިޓްސް ޓޯޓަލީ ރިލެކްސިން..............................." ސަވާނާ ލޯ މަރައިލިއެވެ. ލުކުމާން ހިނި އައެވެ. ބައެއްފަހަރު ސަވާނާގެ އެހުންނަ ޅަކަމާއި މޮޔަކަމުން އަދިވެސް އެންމެ ޅަދުވަސްވަރު ކުރާކަންތައްތައް ކުރުވަން ބޭނުންވެގެން އުޅޭނެއެވެ.

"މިހެން ހަދާލީމަ ފީލްވަނީ ކިހިނެއް....." ލުކުމާން ސަވާނާގެ ބަނޑުގައި އަތް ޖައްސާލާއިރަށް ހީލިކަރުވައިގެން ހެވެންފެށިގޮތަށް އާދޭސްކުރިއެވެ. އެހެން ނަހަދަން އެދުނެވެ. ލުކުމާން ބުނިކޮންމެ ކަމެއްކޮށްދޭން ކަމަށް ވައުދުވީ ގޮތްހުސްވެގެންނެވެ. ހެމުންހެމުންގޮސް ރޮވޭވަރުވިއެވެ.

"އައި ހޭޓް ޔޫ ލުކުމާންގަނޑާ....." ސަވާނާ ތެދުވެ އިސްތަށިގަނޑުން ހުޅިއެއް ޖަހާލާއިރަށް ލުކުމާން ފަހަތުންގޮސް މޮހާލައިފިއެވެ.

"ތުންކޮޅު އޫކޮށްގެން ހުރީމަ ގޮތެއް ހަދާލަން ޖެހިދާނެ..." ލުކުމާން ސަވާނާގެ ތުންކޮޅުގައި އިނގިލިތައް އަޅުވާފައި ދަމާލުމާއިއެކު ސަވާނާގެ ހިނިގަނޑު ފަޅައިގެން ހިގައްޖެއެވެ.

"ބުނީމެއްނު ހޭޓްކުރަމޭ. ދެން ކޮންމެހެން ޑީލް ހަދަން އުޅޭނެކަމެއްނެތް ރުޅިއައިސްފާ ހުރެ ހޭނެކަމެއްނެތް އިނގޭ ސްޕޮންޖްބޮބް..... ސޯ ޕަނިޝްމެންޓެއް އޮންނާނެ......ބީ ރެޑީ......" ލުކުމާން އެއްލޯ މަރައިލިއެވެ.

"ނޯ ނޯ ނޯ..........." ސަވާނާ މަޖަލަކަށް ހަދާފައި ހަޅޭއްލަވައިގަނެފާ ދުއްވައިގަތްތަނާ ކައްސާލާފައި ވެއްޓުނެވެ. ލުކުމާން ވަގުތުން ސަވާނާ އަތްދަނޑިމައްޗަށް އުފުލައިލަމުން މާފަށް އެދުނެވެ.

ގިނަ ރޭތައް ވޭތުވެގެން ދާނީ އެކަހަލަ ސަމާސާތަކާއި ކޯޅުންތަކުންނެވެ. އެކަކު އަނެކަކަށް ގޯނާކުރުމުގެ ހައްދެއް ނުހުރެއެވެ. ސަވާނާ ހައިރާންވަނީ ކިތަންމެ ލޯބިން އުޅުނަސް އަޅާލިޔަސް ލޯބިވާ ވާހަކަ ލުކުމާން މިވީހާތަނަށް ސާފު ބަހުން ބުނެފައި ނުވާތީއެވެ. ލިވިއާއަށްޓަކާ އެހިތުގައި ވި ލޯބި އެހެން މީހަކު ދެކެ ދުވަހަކު ނުވާނީ ބާވައޭ ބައެއްފަހަރު ހިތަށް އަރައެވެ. ދުލުން އެލަފުޒުތައް ބުނުން މުހިއްމުހެއްޔޭވެސް ހިތަށް އަރައެވެ. އޭނަ ކިތަންމެ ފަހަރަކު ލޯބިވާ ވާހަކަ ބުނެފިއެވެ. ލުކުމާން ހީލުމަކުން ފުއްދާލާނީއެވެ. އެކަމާއި ހިތުގައި ޝަކުވާ އޮތަސް އެހެން އަހާކަށް އަދިވެސް ބޭނުމެއްނުވެއެވެ.

ފަތިހު ތެދުވެ ނަމާދުކޮށްލައިގެން އާދައިގެ މަތިން ގުރުއާން ކިޔެވިއެވެ. ލުކުމާން މިސްކިތުން އަންނަންވާއިރަށް ސަވާނާ ހޫނު ކޮފީއެއް ތައްޔާރުކޮށްލުމަށްފަހު ބެލްކަނީގައި ކޮފީ ބޯލަން ތިބިއިރު ދެމަފިރިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިނިތުންވުމުގެ އަސަރުތަކެވެ.

ޖެހިގެން އައި ދުވަހު އޭނަ އޮފީހަށްގޮސް ގެނައި ފޯމެއްގައި ސަވާނާ ލައްވާ ސޮއިކުރުވިއެވެ. އެއީ ކޯންޗެއްކަން ބަލާ ނުލާ އެ ސޮއިކުރެވުނީ ކޮން ލިޔުމެއްގައި ކަމެއް އޭރަކު ސަވާނާއަށް ނޭގުނެވެ. ލުކުމާން އޭނަ ގޮވައިގެން މޭޕްލްވިލާއަށް ގެންދިޔައިރު އެތާ އަޅާފައި ހުރީ ދިހަބުރީގެ އިމާރާތެކެވެ.

"ވާއު........"

"އިޓްސް އޯލް ޔޯސް ބޭބީ ގާލް. މިއޮތީ ގޭގެ ރެޖިސްޓްރީ......." ލުކުމާން ސަވާނާގެ އަތަށް އެ ލިޔުން ހަވާލުކުރުމުން ސަވާނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ލުކުމާން ހާދަ ރަގަޅެވެ. އެގެ ރީތިކޮށް ހަދައިދިނީ އޭނައަށްޓަކައެވެ. މި ތިން އަހަރު ދުވަހު އޭނަ ގޭގެ ނަން ގަނެފައެއްނުވެއެވެ. ނަމަވެސް ލުކުމާން އޭނަގެ މާތްކަން ސާބިތުކޮށްދީފިއެވެ. ގޭގެ ތަންތަން ބަލާހެދުމަށްފަހު އަތު ގުޅުވާލައިގެން ނުކުމެގެން އައީ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. ޕާކްކޮށްފައިވާ ކާރުގެ ކުރީ ސީޓަށް ސަވާނާ އަރުވާފައި ދޮރު ލެއްޕިތަނާ ދަންނަ މީހަކު ގޮވައިލުމުން ލުކުމާން އެނބުރި ބަލާލައިފިއެވެ. އެއްގޮތަކަށްވެސް ފެންނާނެކަމަށް އުއްމީދުކުރި މީހެއް ނޫނެވެ.

" ޗިވެލްރީ ހުރިކަމަށް ހެދެން ކާރުގެ ދޮރު ހުޅުވާލަދެނީ. ތީ ހަމަ ކަންދެއްކުން......" އިމާދުއްދީން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ދެލޯ އަޅާލައިގެން ހުރިގޮތުން އެދެލޮލުން މީހަކު އަންދާ އަޅިއަށް ހަދާލަފާނެކަހަލައެވެ.

"ލުކުމާން. މަގޭ ދަރީގެ ބޮލަށް އެރިގެން މިގެ ފޭރިގަތް މީހާ ތިއީ. ކަލޭ އަދިވެސް މައިތިރިނުވާނީތަ؟ އަހަރެންގެ މުދާ ފޭރިގެން ކަލެއަށް ހަމަޖެހިގެން އުޅެވުނަކަ ނުދޭނަން. ކަލެއަށް އެ މުދާ ހަލާލުވާނެހެން ހީވޭތަ ކަލެއާއި ކަލޭގެ އަންހެނުންވެސް ހަރާމް ކާ އެއްޗެހި ތިކަނީ.........." އިމާދުއްދީން ރުޅިވެރިކަމާއިއެކު ފުންމައިގެން އައިގޮތަށް ލުކުމާންގެ ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ. މަންމައަށް ކުރި އަނިޔާތައް ލުކުމާންގެ ލޮލުގެ ކުރިމަތީގައި ވީޑިއޯއެއްގެ މަންޒަރުހެން ފްލޭޝްވެލިއެވެ. ލުކުމާން ކުޑައިރު މި މީހާގެ ކުރިމަތީގައި އާރެއް ބާރެއް ނެތް ކުޑަކުއްޖަކަށްވިޔަސް މިހާރު އިމާދުއްދީން ބިންމަތިން ހިއްލާލާފައި ބިމަށް ޖަހާލެވޭހާ ބާރު އެމުލައްދަނޑީގައި ވެއެވެ. އެ ހަ އިނގިލީގައި ހިފާ ގަމީހުން ވަކިކުރުވިއިރު އިމާދުއްދީންއަށް ހީވީ އިނގިލިތައް ބިންދައިގެން ދިޔަހެންނެވެ. ހުރިހާ ކަށިކޮޅެއްގައި ރިއްސައިލިއެވެ. އެއީ މިފަހަކަށް އައިސް ލޮކް އެޅުވޭ އިނގިލިތަކެވެ. ޑޮކްޓަރުވަނީ ސާޖަރީ ހަދަން އެޑްވައިސްކޮށްފައެވެ. އެ އިނގިލިތަކުގައި ހިފާ އިދިފުށަށް ލަންބާލާފައި ހޫރުވައިލިއެވެ.

"ޑޯންޓް ޓަޗްމީ ތި މުޑުދާރު އިނގިލިތަކުން........" ލުކުމާން ތަންކޮޅެއް މަޑުން ބުނީ ސަވާނާއަށް އިވިދާނެތީއެވެ. ސަވާނާއަށް އަޑުއިއްވައިގެން އެހާ އިހިތިރާމް ކުޑަވާފަދަ ލަފުޒުތަކެއް ބުނަން ބޭނުންނުވީއެވެ. އޭރު ސަވާނާ ދޮރު ހުޅުވާލާފައި އައިސް އެދެމީހުންނާއި ކައިރީގައި ހުއްޓިއްޖެއެވެ.

"ނަންނި ބުރުގާވެސް އެޅީތަ؟ ހާދަ ވަރަކަށް ޗޭންޖުކޮށްލައިފިއޭ. ދަރިފުޅާ ކިހިނެއް؟ " އިމާދުއްދީން ހިނިތުންވެލަމުން ކުރިއަށް ޖެހިލީ ދަރިފުޅު ގެނެސް މޭގައި ޖައްސައިލުމުގެ ނިޔަތުގައެވެ. ސަވާނާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިގޮތަށް ލުކުމާންގެ އަތުގައި ހިފެހެއްޓިއެވެ. އެއާއިއެކު އިނގިލިތައް ލާމެހުނެވެ.

"ލޫކް ބުނެގެނެއްނޫން ބުރުގާ އެޅީ. އަމިއްލައަށް ފެނިގެން. ދީނުގައި ވާޖިބަކަށްވީތީ.........."

"ދަރިފުޅު އުފަލެއް ނުވޭތަ ބައްޕަ ޖަލުން ނެރުނީމަ. ކުށް ސާބިތެއްނުވި...."

"ފަޑޔާރުންނަށް ރިޝްވަތު ދިނީދޯ......" ލުކުމާންގެ ދެލޮލުން ނަފްރަތު ނޫން އެއްޗެއްނުވިއެވެ. އޭނަގެ އެޖުމްލައިން އިމާދުއްދީން އައީ އަމަށަކު ރުޅިއެއްނޫނެވެ. ހަގީގަތަކީ އޭނަ ޖަލުން ސަލާމަތްވީ އަދި ކިރިޔާއެވެ. ލުކުމާންގެ ސަބަބުން އެތައް އަހަރެއްވާންދެން އޭނަ ޖަލުގައި ނިކަމެތިކަމާއިއެކު ހޭދަކޮށްފިއެވެ.

"ބައްޕަގެ މައްޗަށް ކުށް ސާބިތުވުމާއި ނުވުން އެއީ އެހެންކަމެއް. އަހަރެންނަށް އެކަން ޔަގީންވެއްޖެ. މަންމަ ކޮށްޕާ ވައްޓައިލީ ބައްޕަ. ވީޑިއޯއިންވެސް އެކަން ޔަގީންވެއްޖެ. ގާނޫނުގެ ލޮލަށް ކަންތައް ވަންހަނާވިޔަސް މަންމަ އެމަރު އެތިފަހަރުން ސަލާމަތްވެ އެތައް ދުވަހަކަށް ކޯމާގައި އޮވެފައި ހޭއެރީ ބޭޒާރުވާންވެގެން. ހިތަކަށްވެސް ނާރާ. އެތައް ދުވަހެއްވާންދެން އެ ވާހަކަ ގަބޫލުނުކޮށް ހުރީ ބައްޕަ އެހާ ނުބައިކަމެއް ކޮށްފާނެކަމަށް ގަބޫލުނުކުރާތީ. މަންމަގެ ދުލުން އިވުނީމަ ޔަގީންވީ. އައިމްސޯ ޑިސަޕޮއިންޓެޑް........." ސަވާނާގެ ހިތުގައިވާ ޝުއޫރުތައް ފާޅުކޮށް ނިމުނުއިރު ދެލޯ ފެންކަޅިވެއްޖެއެވެ. ކިތަންމެ ނުރުހުނަސް އެއީ ބައްޕައެވެ. އެހިތުގައިވާ ލޯބި އަބަދަށް ދެމި އޮންނާނެއެވެ. ބައްޕަ ކިތަންމެ ބޮޑު ކުށެއްކުރިޔަސް ބައްޕަވާނީ ބައްޕައަށް ނޫންހެއްޔެވެ.

"އާނ ދަރިފުޅާ ބައްޕައަށް އެކުށް ކުރެވިއްޖެ. ބައްޕައަށް މާފުކުރޭ. އެކަމަކު ދަރިފުޅު އެކީގައި ހަޔާތުގެ ދުވަސްތައް ހޭދަކުރަން ނިންމާފައިވާ ތި އިންސާނާއަކީ ބަދަލުހިފަން އުޅޭމީހެއް. ދުވަހަކު ހިތް ހެވެއްނުވާނެ. އެތެރެ އެތެރެއިން އޭނަ ހުންނާނީ ލަނޑެއްދޭނެ ފުރުސަތަކަށް ބަލަ ބަލާ. އަރުޖަމަންދުގެ ދަރިއަކު ނުވާނެ ރަގަޅެއް. ނަންނި އަށް އެންމެ ރަގަޅުވާނީ ބައްޕަ ހުރި ތަނެއްގައި ހުންނަން. ތިހިރަ ފިރިހެނާއާއިއެކު ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭމެ. ދަރިފުޅާ ކޮންމެވެސް އެކަކު ހޮވާ. ބައްޕަ ނޫނީ ލުކުމާން...... ..." އިމާދުއްދީން ސަވާނާގެ އަތުގައި ހިފައި ގާތަށް ދަމަން އުޅުނެވެ.

(ނުނިމޭ)

infinity loading...
×
DB released 01.