ފާއިތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރޯދަމަހަށް ޚާއްސަކޮށްގެން ސަން ޓީވީން ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެއް ކުރިއަށް ގެންދަން ނިންމައި މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ދެ މުބާރާތަކީ ވެސް ކުޑަކުދީންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ދެ މުބާރާތެވެ.
ސަން ޓިވީން މައުލޫމާތު ދިން ގޮތުގައި މި ދެ މުބާރާތުގައި ބައިވެރިވުމުގެ ގަވައިދާއި ފޯމު ސަން މީޑިއާ ގުރޫޕުގެ އިދާރާއިން މިހާރު ލިބެން ހުންނާނެ އެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00އަށެވެ.
މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށެވެ.
ސަން ޓީވީން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ދެ މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7970374 ނަންބަރަށް ގުޅުމަށް ސަން ޓީވީން އެދެއެވެ.
މިއަހަރުގެ ޤުރުއާން މުބާރާތަށް 300 ފުރުސަތު ހުޅުވާލާފައި ވާއިރު، މަދަހަ މުބާރާތުގައި ބައިވެރިކުރާން ހަމަޖެހިފައި ވަނީ 200 ބައިވެރީންނެވެ.
ސަން ޓީވީން މިދިޔަ އަހަރު ވެސް ސަން ޤުރުއާން މުބާރާތާއި މަދަހަ މުބާރާތާއި ކުރިޔަށް ގެންދިޔައެވެ.