ގޫގުލްއިން އެންމެ ފުރަތަމަ ނެރުނު ޕިކްސެލް ފޯނުތައް އޮންލައިން ސްޓޯރުން ނަގައިފި

ގޫގުލް އިން މޯބައިލް ފޯނުގެ ބާޒާރަށް ނިކުތުމަށް އެންމެ ފުރަތަމަ ވިއްކި ޕިކްސެލް އަދި ޕިކްސެލް އެކްސްއެލް ފޯނުތައް އެކުންފުނީގެ އޮންލައިން ވެބްސައިޓުން ނަގައިފިއެވެ.

ގޫގުލް އިން ބުނީ އެ ދެ ފޯނު ދެން ގަންނަން ނުލިބޭނެ ކަމަށާއި އެ ދެ ފޯނުގެ ޕްރޮޑަކްޝަން ހުއްޓާލާފައިވާ ކަމަށެެވެ.

ނަމަވެސް އެމެޒޯން އަދި ބެސްޓްބައި ފަދަ ވެބްސައިޓުތައް މެދުވެރިކޮށް އެ ދެ ވާޝަންގެ ފޯނުތައް އަދިވެސް ލިބޭނެ ކަމަށް ގޫގުލް އިން ބުނެއެވެ.

ގޫގުލްއިން ވަނީ ޕިކްސެލްގެ ބަދަލުގައި ޕިކްސެލް 2 އަދި ޕިކްސެލް އެކްސް އެލްގެ އަޕްޑޭޓަކަށް ޕިކްސެލް އެކްސްއެލް2 ބާޒާރަށް ނެރެފައެވެ.

ގޫގުލްގެ އެންމެ ފުރަތަމަ ފޯނު އުފެއްދުން ހުއްޓާލާފައިވާއިރު އެކުންފުނިން ވަނީ ޖީބަށް ލުއި ވާނެ އަގުހެޔޮ ޕިކްސެލް ފޯނެއް މިއަހަރު ތެރޭގައި ބާޒާރަށް ނެރޭނެކަން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް