ފާއިތުވި ދެ ދުވަހު ދެކުނުގެ ހިސާބުތަކަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެއްޖެކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ މަސްވެރިކަން ދަށަށް ގޮސްފައި އޮތް ނަމަވެސް، ފާއިތުވި ދެ ދުވަހުގައި ދެކުނުގެ ހިސާބަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުކަމަށެވެ.
މިފްކޯއިން ބުނީ، މަސްވެރިކަން ރަނގަޅުވަމުން ދާއިރު މިފްކޯއިން މަސްވެރިކަމަށް ތައްޔާރު ވެފައިވާކަމަށެވެ. އަދި މިފްކޯގެ ފުލް ކެޕޭސިޓީގައި މަސްވެރިންބާނާ މަސްތައް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ މަސްވެރިކަން ކުއްލިޔަކަށް ރަނގަޅުވަމުން ގޮސް މަސްބާނާ މިންވަރު އިތުރުވެފައިވާތީ މަސްކިރުމާއި މަސްވެރިންނަށް ބޭނުންވާވަރަށް އައިސް ވިއްކުމުގައި ބައެއް ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ. ނަމަވެސް މިފްކޯއިން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިން ބާނާމަސް ތާޒާކަމާއެކު ކިރުވައި މަސްވެރިކަމުގެ ފުރިހަމަ މަންފާ ހޯދައިދިނުމަށް ކަމަށް ބުންޏެވެ.