މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
"މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018: ގެސްޓްހައުސް އެޑިޝަން"އަކީ މި އަހަރުގެ ޓްރެވަލް އެވޯޑްސްގެ އެންމެ ފުރަތަމަ ހަރަކާތެވެ.
މަޓާޓޯ އިން މިއަދު ބުނީ، ގެސްޓްހައުސްތަކަށް 15 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެވޯޑަށް ކުރިމަތިލެވޭނީ، މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށެވެ.
މަޓާޓޯ އިން ބުނީ އެވޯޑަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެވޯޑުތަކަށް ކުރިމަތިލާފައިވާ ހުރިހާ ފަރާތެއް ޖޫން މަހުގެ ފުރަތަމަ ދުވަހު އިއުލާނުކުރާނެ ކަމަށާއި އެވޯޑުތަކަށް އާންމުން ވޯޓުލުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް މަޓާޓޯ އިން ބުނެ އެވެ.
ޓްރެވަލް އެވޯޑްސްގެ މިއަހަރުގެ ގެސްޓްހައުސް އެޑިޝަން އޮންނާނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭގަ އެވެ.
މަޓާޓޯ އިން ބުނީ އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅަނީ ޓްރިޕްއެޑްވައިޒާގައި އެ ޕްރޮޕަޓީއަކަށް ލިބިފައިވާ ރޭޓިންގް އިން 40 ޕަސަންޓު، އަދި އާންމުންގެ ވޯޓުން 60 ޕަސަންޓުން ކަމަށެވެ.
މިދިޔަ އަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނުން ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބުނީ ކ. މާފުށީގެ އެރީނާ ބީޗު ހޮޓެލްސްއަށެވެ.
ގެސްޓްހައުސް އެޑިޝަންގެ އެވޯޑްތައް ދޭ ކެޓަގަރީތަކަކީ:
ގެސްޓްހައުސް ކެޓަގަރީތައް:
- ލީޑިންގް ގެސްޓްހައުސް
- ލީޑިންގް ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް
- ލީޑިންގް ގެސްޓްހައުސް - ޑައިވިންގް އެންޑް ވޯޓާސްޕޯޓްސް
- ލީޑިންގް އީކޯ-ފްރެންޑްލީ ގެސްޓްހައުސް
- ލީޑިންގް ބިޒްނަސް ގެސްޓްހައުސް
- ލީޑިންގް ހެރިޓޭޖް ގެސްޓްހައުސް
- ލީޑިންގް އެޑްވެންޗާ ގެސްޓްހައުސް
- މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް
އައިލެންޑް، ބްރޭންޑް އަދި ސާވިސް ކެޓަގަރީތައް:
- ލީޑިންގް ގެސްޓްހައުސް ބްރޭންޑް
- ލީޑިންގް ޓްރާންސްޕޯޓު ސާވިސް ޕްރޮވައިޑާ
- ލީޑިންގް ގެސްޓްހައުސް އައިލެންޑް
- ލީޑިންގް ބީޗު އައިލެންޑް
މަޓާޓޯއިން ދޭ އެވޯޑުތައް:
- ލީޑިންގް ބިޒްނަސް ޑިވެލޮޕްމަންޓް ޕާޓްނާ ފޯ ދަ ގެސްޓްހައުސް އިންޑަސްޓްރީ
- ނިއު ކަމާ އޮފް ދަ އިޔާ
- މޯސްޓް ސަޕޯޓިވް ގެސްޓްހައުސް